ޖަމީލް ސަޖިދައިގައި 4 ގަޑިއިރު ވަންދެން އޮތް--
ހަބަރު
29 Jun 2024 | 18:10
ހަރަކާތެއް ނެތި ޖަމީލު ސަޖިދައިގައި 4 ގަޑިއިރު، ނިތްކުރި ނޫފައިގެންފައި ވަނީ ގިނައިރު އެއް ގޮތަކަށް އޮތުމުން: ފުލުހުން

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ގައިދީއެއް ކަމަށްވާ މުޙައްމަދު ޖަމީލް ހަރަކާތެއް ނެތި 4 ގަޑިއިރު ވަންދެން ސަޖިދައިގައި އޮތް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ޖަމީލުގެ މަރާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ޖަމީލްގެ އަނގައާއި ނޭފަތުން ފޮނު ޒާތުގެ ތަކެތި ފާހަގަކުރެވިފައިވާ ކަމަށާއި، ގޮޅިންނާއި ހަށިގަނޑުން ވެސް އޭނާ އަށް ކުޑަކަމުދެވިފައި ހުރި ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެއްވެސް ފަރާތަކުން ގޯނާއެއް ކޮށްފަ ހުރި ކަމުގެ އެއްވެސް އަލާމާތެއް މިހާތަނަށް އަޅުގަނޑުމެންނަށް ފާހަގައެއް ނުކުރެވޭ."

ފުލުހުން ބުންޏެވެ.

އޭނާގެ ނިތްކުރިއާ މޫނުމަތި ނޫފައިގެންފައި ވަނީ ގިނަ އިރުތަކެއް ވާންދެން އެއް ގޮތަކަށް އޮތުމުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، އޮޓޮޕްސީ ހަދަން ނިންމީ،ނިޔާވެފައި އޮންނަ މީހެއްގެ ހަށިގަނޑު އޮންނަ އޮތުމުން ހަށިގަނޑުގެ ކުލައަށާއި އައިސްފައި ހުންނަ ބަދަލުތައް އެއީ ބަޔަކު އަނިޔާކޮށްގެން ދީފައިވާ ގެއްލުންތަކެއްކަން ދޭހަވާ ގޮތަށް ވާހަކަތައް ދެކެވެން ފެށި ހިސާބުން ކަމަށެވެ. 

އެހެންނަމަވެސް، އޮޓޮޕްސީ ހެދުމަށް ޖަމީލުގެ އާއިލާއަށް އާދޭސް ދެންނެވުމުންވެސް، އާއިލާއިން އެކަން ކުރަން ބޭނުން ނުވާ ކަމަށާއި ޖަމީލުގެ މަރުވީ ގަސްތުގައި މީހުން ގެއްލުންދީގެން ކަމަށް ގަބޫލުނުކުރާ ކަމަށާއި ޕޯސްޓްމޯޓަމް ހަދައިގެން ހަށިގަނޑަށް އިތުރަށް ގެއްލުންދޭން ބޭނުން ނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފައިވާކަން ވަޒީރު އިހުސާން ފާހަގަކުރެއްވިއެވެ.

ހަމައެއާއިއެކު، ވަޒީރު ވަނީ  އާއްމު އުސޫލުގެ ދަށުން ގައިދީއަކު އަޅުކަމުގައި އުޅޭނަމަ އޮފިސަރުން އެ ބަޔަކަށް އުދަނގޫ ނުކުރާ ކަމަށާއި، މީގެ ކުރިން ވެސް ގައިދީން ނަމާދުކުރުމުގައި ހާއްސަކޮށް، ސުޖޫދުގައި ވަރަށް ގިނައިރު ހޭދަކުރާކަން ފާހަގަކޮށްފައެވެ.

"މީގެ ކުރިންވެސް ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބައެއް ގައިދީން ނަމާދުކުރުމުގައި ހާއްސަކޮށް، ސުޖޫދުގައި ވަރަށް ގިނައިރު ހޭދަކުރޭ"

ވަޒީރު އިހުސާން ވިދާޅުވިއެވެ.

އެހެންނަމަވެސް، މީގެ ފަހުން ކަރެކްޝަނަލް ސާވިސް އިން އެއް ގަޑިއިރު ތެރޭގައި ކޮންމެ ގައިދީއަކު ބަލާނެ ކަމަށާއި، އަޅުކަމުގެ ހަރަކާތެއްގައި އޮތަސް އެ މީހާ ފުރާނަ ހުރިތޯ ނުވަތަ ހަރަކާތް ކުރޭތޯ ބަލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
Ibrahim Aboobakuru
މިހާ ސާބިތުކަންކުޑަ ފޮޓޯ ޖަހައިގެން ދޮގުޚަބަރު ނުފަތުރولله اعلم
29 Jun 2024
ސަޢީދު
ކޮންހާދޮގެއްހަދާކައްތަޅާމެރީ ސަޖިދާގައިއޮންނަ މީހަކުގެނޭފަތުގެނެދުގައިފާރުގަޑެއްހުރީކޯއްވެ ލޯމަތިރަތްވެފައިވަނީކީއްވެ
29 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.