ރިޓަޔާޑް އަބްދުއްރަހީމް އަބްދުލްލަތީފް އަދި މުހައްމަދު ތޯހާ--
ހަބަރު
30 Jun 2024 | 16:21
ތުރުކީ ސަފީރުކަމަށް އަބްދުއްރަހީމް އަދި ޕާކިސްތާނު ސަފީރުކަމަށް ތޯހާ އައްޔަންކުރަން ރުހުން ދީފި

ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ސަފީރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް، ރިޓަޔާޑް އަބްދުއްރަހީމް އަބްދުލްލަތީފް އަދި ޕާކިސްތާނު ސަފީރަކަށް ފޮރިންގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ތޯހާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މި ދެބޭފުޅުން މި މަގާމަށް އައްޔަނުކުރެއްވުމަށްޓަކައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު، އެ ދެ ބޭފުޅުންގެ ނަން މިދިޔަ މޭމަހުގެ 11 ވަނަ ދުވަހު މަޖިލިހަށް ފޮނުއްވާފައިވާއިރު، އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ހާރިޖީ ކޮމިޓީން ވަނީ އެ ދެބޭފުޅުން އެ މަގާމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ނިންމާފައެވެ.

އެއާއިއެކު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ނިންމާފައިވަނީ 82 މެމްބަރުންގެ ވޯޓުންނެވެ.

ރާއްޖެއިން ތުރުކީ އަށް ކަނޑައަޅުއްވާ ސަފީރު، އަބްދުއްރަހީމް އަކީ  ސިފައިންގެ ގާނޫނުގައި ބުނާ ގޮތުން އުމުރުން 60 އަހަރު ފުރުމުން، 39 އަހަރަށް ފަހު، އެމްއެންޑީއެފްގެ ހިދުމަތުން ރިޓަޔާ ކުރެއްވި ބޭފުޅެކެވެ. 

މިދިޔަ އަހަރުގެ ޑިސެންބަރުމަހު ތުރުކީ އަށް ރައީސް ޑރ.މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި އެގައުމުގައި އެމްބަސީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފައިވާއިރު، އެމްބަސީ ގާއިމުކޮށްފައިވާކަން ސަރުކާރުން އިއުލާނު ކުރީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.