އެސްޓީއޯ-- ފޮޓޯ: އަވަސް
ހަބަރު
30 Jun 2024 | 16:14
ތުރުކީގެ ކާޑު އޭޕްރީލް މަހުން ފެށިގެން ލިބެމުންދާކަމަށް އެސްޓީއޯއިން ބުނެފި

ތުރުކީ އިން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކާޑުގެ ބާވަތްތައް އޭޕްރީލް މަހުން ފެށިގެން ލިބެމުންދާކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ކާޑުގެ ބާވަތްތަކަށް ވަކި ގައުމަކަށް ބަރޯސާވުން ދޫކޮށްލުމުގެ ގޮތުން، ދިވެހިރާއްޖެއަށް ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީވިލާތާއެކު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ތުރުކީން ގެންނަ ކާޑުގެ ބާވަތްތައް ކޮބައިތޯ ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ. މިގޮތުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އުނގޫފާރު ދާއިރާގެ މެމްބަރުކަން ކުރެއްވި މުހައްމަދު ވަހީދު (ވައްޑެ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެންމެ ދިމާލަކަށް ބަރޯސާނުވާން ތުރުކީން ގެންނަ ބާވަތްތައް މިހާރު އަތުވެއްޖެތޯ ބުނެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން، އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހް ވިދާޅުވީ، ތުރުކީން ރާއްޖެ އަށް ގެނައުމަށް ހަމަޖެހިފައިވާ ކާޑު އޭޕްރިލް މަހުގެ 20 ވަނަ ދުވަހު މާލެއަށް އައިސްފައިވާ ކަމަށެވެ.

ތުރުކީ އިން ރާއްޖެ އަށް ގެނައި ކާޑު-- ފޮޓޯ: އެކްސް؛ @lucasjalyl

ޔޫސުފް ޝާހް އިތުރަށް ވިދާޅުވީ، ތުރުކީން ރާއްޖެއަށް ގެނައި ފުށުގެ ފުރަތަމަ ޝިޕްމަންޓް ދެމަހެއް ކުރިން ރާއްޖެ ގެނެސް ވިކިފައިވާ ކަމަށާއި، އެ ޝިޕްމެންޓް  އައިއިރު 20،008 ފުށް ބަސްތާ ގެނައި ކަމަށެވެ.

ކާޑުގެ ބާވަތްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ކައިރި އެހެން ގައުމުތަކުން ގެނައުމަކީ އެކި ގައުމުތަކުން ކުރާ ކަމެއްކަން ފާހަގަކުރައްވަމުން އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާރު ވެސް މިފަދަ ޝިޕްމަންޓުތަކަށް އޯޑަރު ޖަހާފައިވާ ކަމަށެވެ.

ކޮމެންޓް
އިއްބެ
ފައިސާމިހައިދަށްއިރު ތުރުކީންގެންނަކާޑުގެއަގު ގައިއެއްވެސްތަފާތުކަމެއްހުރިތޯބަލަންޖެހެއެވެ އަގުގައިތަފާތުހުރިނަމަ އަގުހެޔޮނަމަ ރައްތިތުންމަރުހަބާކިޔާނެއެވެ
30 Jun 2024
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.