ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމު : ފޮޓޯ/ މަޖިލިސް
ހަބަރު
01 Jul 2024 | 11:45
ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި، ފިސްކަލް ހަމަތަކާ ގުޅޭ ގާނޫނެއް ހެދުމަށް ފިސްކަލް ޒިންމާގެ ބިލް މަޖިލީހަށް!

ޚަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ބަދަލުގައި, ދައުލަތުގެ ފިސްކަލް ހަމަތަކާއި ގުޅޭ ގާނޫނެއް ހެދުމަށް ފިސްކަލް ޒިންމާގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމު ހުށަހަޅުއްވާފައިވާ މި ބިލު ހުށަހެޅުމުގެ މަގުސަދަކީ އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވޭނެ ފިކްސަކް ހަމަތަކާއި ގުޅޭ އާ ނިޒާމެއް ތައާރަފުކޮށް، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ އެ ޑިސިޕްލިން ހާސިލު ކުރެވޭނެ ގޮތަކަށް ދެމެހެއްޓެނިވި ދެ ފުށްފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރު ކުރުމުގެ ގޮތުން ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލު ބަޔާން ކުރުން ކަމަށް ނަސީމް ވިދާޅުވިއެވެ. 

އަދި މި ބިލާއެކު މިހާރު އަމަލު ކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ އުވިގެންދާނެ ކަމަށް އޭގަައި ބުނެފައިވެއެވެ. 

ފިކްސަލް ޒިންމާގެ ބިލުގައިވާ ބައިތަކުގެ ތެރޭގައި، ފިސްކަލް ޕޮލިސީގެ ހަމަތަށް ކަނޑައަޅާފައިވާ ގޮތާއި، މަރުކަޒީ ބޭންކުން އެޑްވާންސް ފައިސާ ނެގުމުގެ ހަމަތަކާއި، ފިސްކަލް ޒިންމާގެ ޗާޓާއި، ފިސްކަލް ޒިންމާގެ ޗާޓުގެ ހަމަތަކާއި، ފިސްކަލް އަމާޒުތައް ކަނޑައެޅުމާއި ގުޅޭ ކަންކަން ހިމެނުފައި ވެއެވެ.

މި ބިލުގައިވާގޮތުން، ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރުން ދަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް އަދި ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް އެޑްވާންސެއްގެ ގޮތުންނެވެ. އެގޮތުން އެ ފައިސާ ނެގޭނީ، މިދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖު އާމްދަނީގެ 2.5 އިންސައްތަ އިތުރުވާނެ ގޮތެއްގެ މަތީންކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ބިލުގައި ވާގޮތުން، ފިކްސަލް ޕޮލިސީ ކަނޑައަޅަން ވާނީ ދައުލަތުގެ މާލިއްޔާއިން ކުރެވޭ އެންމެހައި ހޭދައެއް ހިމަނައިގެން އެ ގާނޫނަކަށްވާ ހާލަތެއްގައި ބަޔާން ކުރާ ގޮތުގެ މަތީންނެވެ.

އެގޮތުން، ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓުގެ ނިސްބަތުން ދައުލަތުގެ ޖުމްލަ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުމާއި، މެދުރާސްތާއެއްގައި ހިފެހެއްޓުމާއި، މެދުރާސްތާއެއްގައި އޯވަރޯލް ފިކްސަލް ބެލެންސް ދެމެހެއްޓެނިވި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުން އަދި މެދުރާސްތާގައި އޯވަރޯލް ފިސްކަލް ބެލެންސް ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓެވި މިންގަނޑެއްގައި ހިފެހެއްޓުން ހިމެނެއެވެ. 

ހަމައެއާއެކު، މި ބިލުގައި ދައުލަތުގެ ރިކަރަންޓު ހަރަދު އިތުރުވާ މިންވަރު ދައުލަތުގެ އާމްދަނީ އިތުރުވާ މިންވަރަށް ވުރެ ދަށުގައި ބެހެއްޓުމާއި، ދައުލަތުން ކުރާ ހަރަދާއި ހަރަދުތަކުން ހާސިލު ކުރެވޭ ނަތީޖާއާއި ބައްދަލުވުން ވެސް ހޮމެނިފައިވާއިރު، ދައުލަތުން ދަރަންޏަށް ނަގާ ފައިސާ އަނބުރާ ދައްކަން ވާނީ އެ އިރެއްގައި މާކެޓް އިންޓްރެސްޓު ރިއާޔަތްކޮށް ކަމަށްވެސް ބުނެފައިވެއެވެ. 

މި ބިލާއެކު، މިހާރަށްވުރެ ބޮޑަށް ދައުލަތުގެ ފިސްކަލް ޒިންމާތައް ހަރުދަނާވެ، ދައުލަތަށާއި ރައްޔިތުންނަށް އެކަމުގެ މަންފާ ލިބިގެންދާނެ ކަމަށް ނަސީމް ވިދާޅުވުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.