މުހައްމަދު އިސްމާއީލް-- ފޮޓޯ: މަޖިލިސް
ހަބަރު
01 Jul 2024 | 15:20
މިދިޔަ 5 އަހަރު ނެގި ބޮޑު ދަރަނިން ކުރިކަމެއް ފެންނާކަށް ނެތް: މުޙައްމަދު އިސްމާއީލް

މިދިޔަ 5 އަހަރުގެ ތެރޭގައި އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުން ނެގި ދަރަނިން ކުރިކަމެއް ފެންނަން ނެތް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ހުށައަޅުއްވާފައިވާ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، މި ބިލުގެ ވާހަކަދައްކަންވީ މިއަދު ނޫންކަމަށާއި، މިއީ މާކުރިން ދައްކަން ޖެހިފައިވާ ވާހަކައެއް ކަމަށެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ، ސަރުކާރުތަކެއް އެކުލެވިގެން މިއަދާއި ހަމައަށް އައިރު، މިފަދަ ބިލުތައް ގާނޫނުތަކަށް ވެފައި އޮތްނަމަ، މިއަދު މި ވާހަކަތައް ދައްކަން ނުޖެހޭނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ނެގި ދަރަނިތަށް ހެޔޮ ގޮތުގައި ބޭނުންކޮށްފައި ހުރިކަން ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލަށް ބަލާލުމުން ހާމަވެގެންދާނެ ކަމަށް ވެސް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

އޭގެ ފަހުން، ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެން، އެވެރިކަމުގައި ކުރި ކަންކަން ރައްޔިތުންނަށް ފެންނަން ހުރި ކަމަށާއި، ކޮވިޑުގެ ނުރައްކަލުން ސަލާމަތްވުމަށް ލޯނު ނެގި ކަމަށް ބުނި ނަމަވެސް، ކުރީ ސަރުކާރުން ކުރި ކަންތައްތައް ރައްޔިތުންނަށް މިއަދު ފެންނަން ހުރި ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

"އެ ލޯނު ނަގައިގެން ޒިންމާދާރު ކަމާއި އެކު ރައްޔިތުންނަށް ހެޔޮ ގޮތުގައި އޭގެ ބޭނުން ކުރެވިފައި ހުރިތޯ، އެކަން ބެލުމަށްޓަކައި ކަންތައްތަކެއް އެބަ ކުރަންޖެހޭ. މިއަދު ގޮސް އަރާ އެއްފަރާތެއްގައި ތިބެ، މިދިޔަ 5 އަހަރު ގައުމަށް ދެވުނު ގެއްލުން، ނެގި ބޮޑ ދަރަނިން ކުރިކަމެއް އަޅުގަނޑުމެންނަށް ފެންނާކަށް ނެތް."

މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ، ދައުލަތް 100 އެތައް ބިލިއަން ރުފިޔާއިން ދަރާފައިވާއިރު، ރައީސް ޞާލިހުގެ ސަރުކާރުން ކުރި ކަމެއް ފެންނަން ނެތް ކަމަށާއި، މިވާހަކަތައް ދެއްކެނީ ކުރީ ސަރުކާރުން އެކި އެކި ގޮތްގޮތަށް އަޅުވާލައިގެންނާއި ރާވައިގެން ކަންކަން ކޮށްފައި ހުރުމުން ކަމަށެވެ.

ހަމައެއާއިއެކު،ގިނަ ޕާޓިތަކެއް އެކުލެވޭ ވެރިކަންތަކެއް ރާއްޖޭގައި އުފެދި، 20 ވަރަކަށް އަހަރު ފާއިތުވެގެންދާއިރު، އޭގެ ތެރެއިން އެންމެ އަނިޔާވެރި ވެރިކަމެއް ކޮށްފައިވަނީ ކޮންބައެއްތޯ ރައްޔިތުން އިލްމީ ގޮތުން ދިރާސާ ކުރަން ޖެހޭ ކަމަށް ވެސް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.