ހުރާ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނަޢީމް : ފޮޓޯ/ މަޖިލިސް
ހަބަރު
02 Jul 2024 | 12:03
މަޖިލީހުގެ މެންބަރުންގެ ވަކި ކޮލިފިކޭޝަނެއް އޮންނަންޖެހޭ: އަނާރާ

ދިވެހިރާއްޖެއަކީ ތަޢުލީމަށް ލޯބިކުރާ ބަޔަކު އުޅޭ ތަނަކަށްވާއިރު، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތިބޭ މެމްބަރުންގެ ވަކި ކޮލިފިކޭޝަނެއް އޮންނަންޖެހޭ ކަމަށް ހުރާ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުތު ތަކުގެ ތެރޭގައި، އެކަމަށް ކުރިމަތިލާ މީހުންގެ ޢިލްމީ ޤާބިލްކަން މިނެ ކިރުމަށް ޚާއްސަކޮށް އެއްވެސް ޝަރުތެއް ހިމަނާފައެއް ނޯވެއެވެ. މިހާރު އޮތް ގޮތުން އެއްވެސް ވަރަކަށް ތަޢުލީމް ހާސިލް ނުކޮށް ހުރި މީހަކަށްވެސް މެންބަރަކަށް ވެވޭނެއެވެ. 

އެކަމާއި ގުޅިގެން ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް އިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރެއްވަމުން އަނާރާ ވަނީ މެންބަރުންގެ އަދަދު މަދު ކުރާ ވާހަކަ ދައްކާއިރު މެންބަރުންގެ ތައުލީމީ ފެންވަރަށް ބެލުމުގެ މުހިންމު ކަމަށްވެސް އަލިއަޅުވާލަން ޖެހޭކަން ފާހަގަކުރައްވާފައެވެ. 

މަޖިލީހުގެ މެންބަރުންގެ ވަކި ކޮލިފިކޭޝަނެއް އޮތުމުގެ މުހިންމުކަން. ދިވެހިރާއްޖޭގެ ބޮޑު ނިސްބަތެއް މިއީ ވަރަށް ތަޢުލީމީ ބައެއް. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މަޖިޅިހަށް މެންބަރުން ހޮވުމުގައި ރައްޔިތުންވެސް އެބަ ބަލަންޖެހޭ ރައްޔިތުންގެ ހައްގުގައު ވަކާލާތު ކުރެވޭނެ މެންބަރުން ހޮވުމަށް 

ހުރާ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނަޢީމް

އަނާރާ ވިދާޅުވީ 20 ވަނަ މަޖިލީހުގެ މެޖޯރިޓީ އަކީ ރަނގަޅަށް ވަކާލާތު ކުރަން އެނގޭ މެންބަރުން ކަމަށެވެ. އެހެން ނަމަވެސް، ކުރިއަށް އޮތް ތަނުގައުވެސް، ތަޢުލީމީ، އަދި ވަކާލާތު ކުރުމުގެ ހުނަރު ހުރި ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށް މަޖިލީހުގެ މެންބަރުންގެ ވަކި ތައުލީމީ ފެންވަރެއް ހުންނަން ޝަރުތު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވުއެވެ. 

ތައުލީމީ ގޮތުން ވަކި ޝަރުތު ތަކެއް ހަމަވާންޖެހޭތޯ. މިސާލަކަށް، ނިޒާމީ ތަޢުލީމް އެންމެ ކުޑަމިނުން. ނިޒާމީ ތައުލީމް އެއީ ގްރޭޑް 10 އާއި ހަމައަށް ކިޔެވުން. ނިޒާމީ ތަޢުލީމް ފުރިހަމަވެފައި ހުންނަންޖެހޭތޯ، މިކަން ކަމަކީ ބަހުސް ކުރުން މުހިންމު ކަންކަން. 

ހުރާ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނަޢީމް

އަނާރާ މިހެން ވިދާޅުވެފައިވާއިރު، މަޖިލިސް މެންބަރު ކަމަށް ކުރިމަތިލާ މީހުންގެ  ތަޢުލީމީ ފެންވަރު ބަލަންޖެހޭ ކަމަށް އާއްމުންގެ ތެރެއިން ގިނަ ބަޔަކު އަބަދުވެސް ވަކާލާތު ކުރެއެވެ.  

ަ

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ