އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް-- ފޮޓޯ: މިފްކޯ
ހަބަރު
02 Jul 2024 | 12:33
އޭއެފްސީގެ އޮޕަރޭޝަން އަލުން ފަށައިފި؛ މުވައްޒަފުންގެ ހިތްވަރަށް މިފްކޯގެ ތައުރީފް!

ޖޫން މަހުގެ 21 ވީ ހުކުރު ދުވަހު، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ސަރަހައްދުގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ހުއްޓާލައި، އޭއެފްސީ އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ.

މިކަމާއި ގުޅިގެން މިފްކޯއިން ބުނީ، ޖޫން މަހުގެ 21 ވީ ހުކުރު ދުވަހުގެ 15:19 ގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ސަރަހައްދުގައި 15 ވަރަކަށް މަސް ދޯނީގެ މަސްވެރިންތަކެއް ފެށި މުޒާހަރާ އިއްޔެ ނިންމާލީ އެ ދޯނިފަހަރުގެ ވެރީންނަށް އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ފައިސާ ޖަމާވާން ފެށުމުންކަމަށެވެ.

މި މުޒާހަރާގެ ސަބަބުން އޭއެފްސީގައި މަސައްކަތްކުރާ 125 އެއްހާ މުވައްޒަފުންގެ ވަޒީފާގެ މާހައުލު ގެއްލި، އިންސާނީ އަސާސީ ޙައްޤުތައް ހަނިވެގެން ދިޔަކަމަށާއި، މުޒާހަރާގެ ފުރަތަމަ ދުވަހު، ހުރިހާ މުވައްޒަފުން ވަގުތީ އެކޮމޮޑޭޝަނަކަށް ބަދަލުކޮށް، ނިދުމާއި، ފާޚާނާ ކުރުމާއި، ކެއިން ބުއިމާއި އެނޫންވެސް ޒަރޫރީ ކަންކަން ހަމަޖައްސަން ޖެހުނުކަމަށް މިފްކޯއިން ބުނެއެވެ.

މީގެ އިތުރުންވެސް މިފްކޯއިން ބުނީ، އޭއެފްސީގައި މަސައްކަތްކުރާ 7 ސީނިއަރ މުވައްޒަފުންނަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ކުރިމަތިވި ދުއްތުރާތަކުގެ ސަބަބުން މުޅި އޮޕަރޭޝަން ހުއްޓި، އޭއެފްސީން ކަރަންޓު ކަނޑާލަން ޖެހުކަމަށެވެ. އެވަގުތު އެ ފެސިލިޓީގައި ރައްކާކޮށްފައި ހުރި މަހުގެ ޓަނޭޖުގެ އަދަދު 390 އާ ގާތްކުރާކަމަށް މިފްކޯއިން މަޢުލޫމާތު ދެއެވެ.

މުޒާހަރާގެ ބައިވެރިން، މުވައްޒަފުންގެ މެސް ރޫމުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ކައިބޮއި ހަދާފައިވާ ކަމަށާއި، މިފްކޯގެ ދިދަ ޕޯސްޓަށް ނަގާފައިވާ ދިދަ ބޭލުމަށްފަހު ތަން ހިސާރުކޮށް، އޭއެފްސީގެ ފަހަތުން ވަންނަ ދޮރުވެސް މުޒާހަރާގެ ބައިވެރިން ބަންދުކުރިކަން މިފްކޯއިން ފާހަގަކުރިއެވެ.

މުޒާހަރާގެ ބައިވެރިންގެ ބިރުދެއްކުމާއި އިންޒާރުތައް އިތުރުވުމާ ގުޅިގެން، ސީނިއަރ މުވައްޒަފުންނަށް ޖެހުނީ ފުލުހުންގެ ހިމާޔަތް ހޯދަންޖެހުނެވެ. މީގެ އިތުރުން ހަމަނުޖެހުން ބޮޑުވެ، އޭއެފްސީގެ މުވައްޒަފަކަށްވެސް ވަނީ އަނިޔާވެފައިވާ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނީ، މި ދަތި ހާލަތުގައި މުވައްޒަފުން ދެއްކި ހިތްވަރާއި ކެތްތެރިކަމަކީ ތަޢުރީފު ޙައްޤު ކަމެއް ކަމަށެވެ. އަދި އޭއެފްސީގެ އޮޕަރޭޝަން އަލުން ފެށުމަށް މުވައްޒަފުން ކުރި މަސައްކަތަށް ޝުކުރު އަދާކުރިއެވެ.  

އެ ހާލަތުގައި ވެސް އޭއެފްސީގެ މުވައްޒަފުންގެ ކިބައިން ފެނިގެންދިޔައީ ކެތްތެރިކަމާއި ހިކުމަތްތެރިކަން ކަމަށާއި، ޚާއްޞަކޮށް އިސް މުވައްޒަފުން ވަނީ އަމިއްލަ އިސްނެގުމުގެ މަތިން އެހެން މުވައްޒަފުންގެ ހައްޤުގައި ކަންކަން ތަރުތީބުކޮށް، ފުލުހުންނާ ގުޅިގެން ހާލަތު ހަމަޖެއްސުމަށް މަސައްކަތްކޮށްފައިކަން މިފްކޯއިން ފާހަގަކުރިއެވެ.

މިފްކޯއިން ބުނީ، މުވައްޒަފުން ދެއްކި ހިތްވަރާއި ކެތްތެރިކަމަކީ ތަޢުރީފު ޙައްޤު ކަމެއް ކަމަށާއި، އަދި އަމިއްލަ މަޞްލަޙަތަށްވުރެ ކުންފުނީގެ މަޞްލަޙަތު އިސްކޮށް، މުޒާހަރާގެ ބައިވެރިންނާ މުޢާމަލާތްކޮށް، ފެސިލިޓީ ބެލެހެއްޓުމުގައި މުވައްޒަފުން ދެއްކި ހިތްވަރު ފާހަގަކުރާ ކަމަށެވެ.

މިފްކޯއިން އިތުރަށް ބުނީ، 10 ދުވަހުގެ މުޒާހަރާއާ ގުޅިގެން އޭއެފްސީއަށާއި ކުންފުންޏަށް ލިބުނު ގެއްލުން ދެނެގަތުމަށް އެސެސްމަންޓެއް ހަދަމުންދާ ކަމަށާއި، އޭގެ ތަފްޞީލު ރިޕޯޓު ވީހާވެސް އަވަހަކަށް ހާމަކުރާނެ ކަމަށެވެ. އަދި މިހާލަތުގައި ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަންވެސް މިފްކޯއިން ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް