"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން: ފޮޓޯ/ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ހަބަރު
03 Jul 2024 | 09:47
"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން 1000 އަށް ވުރެ ގިނަ ގެއަށް ޒިޔާރަތްކޮށްފި

"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން 1000 އަށް ވުރެ ގިނަ ގެއަށް ޒިޔާރަތްކޮށްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، އެ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން 2024 މެއި 30 އިން ޖުލައި 1 އެއް ގެ ނިޔަލަށް 1015 ގެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، އެ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން 2024 މެއި 30 އިން ޖުލައި 1 އެއް ގެ ނިޔަލަށް 1015 ގެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކަށްވާއިރު މި ޕްރޮގްރާމުގެ މަޤްޞަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުން ކަމަށް އެ ވޔޒާރާއިން ބުނެއެވެ. 

"ޕޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން: ފޮޓޯ/ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ


ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މާލެ ސަރަޙައްދުގައި ފަށާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާބާދުވެފައިވާ ހިޔާ ފްލެޓުތަކުންނެވެ. އަދި އަތޮޅުތަކުގައި މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަނީ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތައް ޤާއިމްކުރެވިފައިވާ ރަށްތަކުގައެވެ.

މިހާތަނަށް އެއްކުރެވުނު މަޢުލޫމާތުތަކުގެ މައްޗަށް ބަލާއިރު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބޭސްފަރުވާ ހޯދުމުގައި ހުރި ދަތިކަމުގެ މައްސަލަތައް ކަން ވޔޒާރާއިން ފާހަގަ ކުރެއެވެ. މީގެ ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ދިމާވާ ދަތިކަން ހިމެނެއެވެ.

މީގެ އިތުރުން، އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލައާއި، ގިނަ ޢާއިލާތަކެއް އެއްތަނެއްގައި އުޅެން ޖެހުމުން ދިމާވާ ދަތިތަކާއި، އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ވަޒީފާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދުމުގައި ދިމާވާ ދަތިތައްވެސް ރައްޔިތުން ފާހަގަކޮށްފައިވާކަމަށް ވުޒާރާއިން ބުނެފައިވެއެވެ.


"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން: ފޮޓޯ/ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

އާއިލާއާ ބެހޭ ވުޒާރާގެ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މިފަދަ މައްސަލަތައް ޙައްލުކުރުމަށް އެ ވުޒާރާއިނަ ގެންދަނީ ކަމާ ގުޅުންހުރި ފަރާތްތަކާއެކު ގާތުން މަސައްކަތް ކުރަމުން ކަމަށާ އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުގެ ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދައި، ވަޒީފާގެ މާހައުލަށް އެކުދިން އަހުލުވެރިކުރުމަށް ތަފާތު އިދާރާތަކާއި ގުޅިގެން މަސައްކަތްތައް ކުރެވެމުންދާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. 

ހަމައެއާއެކު، ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ގެންދަނީ ކަމާގުޅުންހުރި ވުޒާރާތަކާއި އިދާރާތަކާއެކު މަޝްވަރާކުރަމުން ކަމަށްވެސް ބުންޏެވެ. 

އެގޮތުން ވޭތުވެދިޔަ ހަފްތާގައި އެ ވުޒާރާއިން ވަނީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި އެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ. 

އޭގެ އިތުރުން ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެލަވަންސް ފޯރުކޮށްދިނުމުގެ މަސައްކަތުގެ އިތުރުން ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭސްތައް ހޯދުމުގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ވެސް މި ޕްރޮގްރާމުގެ ދަށުން  ފޯރުކޮށްދެމުންދާކަން ފާހަގަކޮށްފައިވެއެވެ. 

"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން: ފޮޓޯ/ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ހަމަ އެހެންމެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރެވެމުންދާކަމަށާ މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމިއްލަ ފަރާތްތަކާއި ޖަމުއިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުން ވެސް ކެނޑިނޭޅި ލިބެމުންދާކަމަށް ވުޒާރާއިން ބުންޏެވެ. 

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން އަވަސް އެހީތެރިކަން ބޭނުންވާ ފަރާތެއް ހުރިކަމުގައި ވާނަމަ، މިނިސްޓްރީގެ ކޯލްސެންޓަރ 1433 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުމަށް އެދިފައެވެ. 

މާލެ އާއި އަތޮޅުތެރޭގައި ވެސް މި ޕްރޮގްރާމު ކުރިއަށް ދާއިރު، ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށާއި، މިނިސްޓްރީގެ ޓީމުތަކަށް ރައްޔިތުންގެ ގެތަކުން ކިޔާ ހޫނު މަރުހަބާ އުފަލާއެކު ފާހަގަކޮށް ހުރިހާ ރައްޔިތުންނަށް ވެސް އެކަމަށްޓަކައި އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.