ޔަހޫދީންގެ އިންޒާރާއިއެކު ޚާން ޔޫނިސް ދޫކޮށް އާއްމުން ދަނީ-- ފޮޓޯ: ބްލޫމްބާގް
ދުނިޔެ
03 Jul 2024 | 13:08
ޣައްޒާގެ ދެކުނުން މީހުން ހުސްކުރުމަށް އަނެއްކާވެސް ޔަހޫދީން އަމުރުކޮށްފި

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ދޫކޮށް ޣައްޒާގެ އާއްމުން ދިޔުމަށް ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން އަނެއްކާވެސް އަމުރުކޮށްފިއެވެ.

ޚާން ޔޫނިސް ސުންނާފަތިކޮށްލުމަށްފަހު، ޔަހޫދީ ސިފައިން އެ ސަރަހައްދު ދޫކޮށް ދިޔައީ މިދިޔަ އޭޕްރިލް މަހުއެވެ. ނަމަވެސް އަނެއްކާވެސް ޚާން ޔޫނިސް ހުސްކުރުމަށް އަމުރުކުރުމާއިއެކު، އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ 250,000 ގިނަ މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް އދ އިން ބުނެއެވެ.

ޔަހޫދީން މިފަދައިން އަމުރުކޮށްފައިވާއިރު، މިދިޔަ ހޯމަ ދުވަހު ފަލަސްތީނުގެ މުޖާހިދުން ވަނީ އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައެވެ. ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ މުޖާހދުން އިސްރާއީލަށް އަމާޒުކޮށް ޖުމްލަ 20 ރޮކެޓް ފޮނުވާލިއިރު، އެ ހަމަލާތަކުގައި ޔަހޫދީ ފައުޖުގެ އެކަކު މަރުވެ، އަނިޔާވި 9 މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ބޭރު ދުނިޔޭގެ ހަބަރުތަކުން ރިޕޯޓް ކުރެއެވެ.

މިއާއި ވިދިގެން ޚާން ޔޫނިސް ދޫކޮށް ޣައްޒާގެ އާއްމުން ދިޔުމަށް ޔަހޫދީން އަމުރުކުރުމަށްފަހު، އެ ދުވަހުގެ ރޭގަނޑު އެމީހުން ވަނީ އެ ސަރަހައްދަށް އަމާޒުކޮށް ލާއިންސާނީ އެތައް ހަމަލާއެއް ދީފައެވެ. މި ހަމަލާތަކުގައި ޣައްޒާގެ 8 މީހަކު ޝަހީދުވެފައިވާއިރު، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް އަރައިގަނެ، ހިންގަން ފެށި ގަތުލުއާއްމަށް 9 މަސް ވެފައިވާއިރު، އަދިވެސް މި އުދުވާން ހުއްޓާނެ ކަމުގެ އިޝާރާތެއް ލިބިފައެއް ނުވެއެވެ. ޔަހޫދީންގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ޣައްޒާގެ 37,925 މީހުން ޝަހީދުވެފައިވާއިރު، 87,141 މީހުން ވަނީ ޒަހަމްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.