އިނގުރައިދޫ ދައިރާގެ މެމްބަރު އިބްރާހިމް ފަލާހް-- ފޮޓޯ: މަޖިލިސް
ހަބަރު
03 Jul 2024 | 14:53
އެމްޑީޕީ ސަރުކާރުގެ ޕްލޭނަކީ ވެރިކަން ލިބުނުނަމަ އެއާޕޯޓު ވިއްކާލަން ސޮއިކުރުން: ފަލާހް

އެމްޑީޕީ ސަރުކާރަށް މިފަހަރު ވެރިކަން ލިބުނު ނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ވިއްކާލަން ރޭވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދައިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ދައުލަތުގެ ދަރަންޏަށް ޒިންމާވުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުގެ ވެރިކަމުގެ އެންމެ ފަހު ދެމަހަށް ވީއިރު، ވަޒީރުން ވަނީ އޭރު ވެރިކަމުގައި ހުންނެވި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެއާޕޯޓު ވިއްކާލުމަށް ލަފާދީފައެވެ.

މިއީ ކުރިންވެސް އެއްފަހަރު ވިއްކާލާފައިވާ އެއާޕޯޓެއް ކަން ފާހަގަކުރައްވަމުން ފަލާހް ވިދާޅުވީ، އެފަހަރު ވެސް ވީއައިއޭ ސަލާމަތްކުރީ ޕީޕީއެމްގެ ވެރިކަމެއްގައި ކަމަށެވެ.

ފަލާހް ވިދާޅުވީ، މިފަހަރުވެސް އެމްޑީޕީއަށް ވެރިކަން ލިބިއްޖެ ނަމަ، ރާވާފައިއޮތީ ވެރިކަން ލިބޭ ފުރަތަމަ މަހު އެއާޕޯޓު ވިއްކާލަން ސޮއި ކުރަން ކަމަށާއި، އެކަމަށް ފައިސާ ވެސް ނެގި ކަމަށެވެ.

"މިފަހަރުވެސް ޕްލޭނަކީ ވެރިކަން ލިބުނުނަމަ ފުރަތަމަ މަހު، ހަމަ ވެރިކަން ލިބޭ މަހު ވިއްކާލަން ސޮއި ކުރުން. ލާރިވެސް ނެގި ކަމަށްވަނީ." 

ފަލާހް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ފަލާހް ވަނީ އެމްޑީޕީގެ ސަރުކާރުން ދައުލަތަށް ލިބެނީ އެއް ރުފިޔާކަމަށްވާނަމަ، ދެ ރުފިޔާ ހޭދަކުރި ނަމަވެސް މި ސަރުކާރަށް ރުފިޔާއެއް ލިބޭނަމަ މި ސަރުކާރުން ހަރަދުކުރާނީ ބައި ރުފިޔާ ކަމަށް ވެސް ވިދާޅުވެފައެވެ.

ސަރުކާރުގެ ފަރާތުން މިފަދަ ބިލުތައް ހުށަހެޅުމުގެ ބޭނުމަކީ ވެސް ދައުލަތުގެ ދަރަނި މެނޭޖުކުރުމުގައި އިގުތިޞާދާއި މުސްތަގުބަލުގައި އަންނަން އޮތް ޖީލްތަކަށް މިގައުމު އެންމެ ރަގަޅު ގޮތުގައި ވާސިލް ކުރުމަށް ފަލާހް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
ޔާމީންގެ ފާޑު ވިދާޅުވުން؛ މަގާމަށް ހޮވުނީމަވެސް މުންޑު އަނދެގެން ނަޝީދު އޮތީ ގޭގައި
"ރައީސް ނަޝީދު އެމްޑީޕީގެ ޗެއާމަން ކަމަށް ކުރިމަތިލައިގެން އުޅުނުއިރު ވިދާޅުވި ތިމަންނަ މިކަން ކުރީމަ ދެން [ރައީސް] މުޢިއްޒު އޮންނަން ޖެހޭނީ މުންޑު އަނދެގެން ގޭގަ އޭ. ދެން މިއަދު އަޅުގަނޑު ސުވާލުކޮށްލަން ކާކުތޯ މުންޑު އަނދެގެން އޮތީ ގޭގައި," ޔާމީން ވިދާޅުވި އެވެ.
30 Jun 2026
މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގީ އޭސީ އިންޑޯ ޔުނިޓްގައި ރޯވެގެން: އެންޑީއެމްއޭ
އަލިފާން ރޯވި އެޕާޓްމަންޓަކީ މިވަގުތަށް ހުސްކޮށްފައިހުރި މީހުން ދިރިނޫޅޭ ތަނެކެވެ
30 Jun 2026
ސަލްޓަން ޕާކްގެ އީ-ސްޕޯ ޓްސް އޭރިއާއެއް، މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
އެހެންކަމުން އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
30 Jun 2026
2100 އަށްވުރެ ގިނަ ޕޭޕާލް ވޮލެޓް އެކްޓިވޭޓް ކޮށްފި
2100 އަށްވުރެ ގިނަ މީހުން ޕޭޕާލްގެ ވޮލެޓް އެކްޓިވޭޓް ކޮށްފައިވާ ކަމަށާ، ޕޭޕާލްގެ އިތުރު އޮޕްޝަންތައްވެސް ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
30 Jun 2026
މަގުތައް ހަދާ ނިމޭއިރު ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބޭނެ: މިނިސްޓަރު
މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
30 Jun 2026
ވޯލްޑް ކަޕުން ކެޓުމާ އެކު އުރުގުއޭއާއީ ޓީމުގެ ޗާޓާ ފްލައިޓް ކެންސަލްކޮށްފި
ގްރޫޕް ސްޓޭޖުން ކެޓުމުން އުރުގުއާއީ ފުޓުބޯޅަ ފެޑެރޭޝަނުން ޤައުމަށް ދިއުމަށް ހަމަޖައްސައިފައިވި ޗާޓާ ފްލައިޓް ކެންސަލްކޮށް ކުޅުންތެރިންނަށް ކޮމާޝަލް ފްލައިޓްތަކުން ދަތުރުކުރަން ޖެހުނެވެ.
30 Jun 2026
ތޯރިގް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ސަފީރު ކަމަށް އައްޔަނުކުރެއްވުމަށް ތޯރިގަށް މަޖިލީހުން ރުހުން ދެއްވުމުން އެ މަގާމަށް އައްޔަނު ކުރެއްވީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
30 Jun 2026
އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން ފާސްކޮށްފި
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަކީލް އީސީގެ ރައީސް ކަމަށް އައްޔަންކުރަން ފެންނަ ކަމަށް 51 މެމްބަރުން ވޯޓުދީފައިވާއިރު ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.