މަޖިލިސް-- ފޮޓޯ: މަޖިލިސް
ހަބަރު
03 Jul 2024 | 16:01
މެމްބަރުންގެ އަދަދު މަދުކުރުމާއި ބެހޭ ގަރާރު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

ކޮންމެ 5 އަހަރަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވަމުންދާތީ، އެކަމާއި ގުޅޭގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާޢު މަޖިލީހަށް ހުށަހެޅި މި ގަރާރު ކޮމިޓީއަށް ފޮނުވާފައިވަނީ 78 މެންބަރުންގެ އިއްތިފާގުންނެވެ.

މި ގަރާރުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން، ކޮންމެ ފަސް އަހަރަކުން މަޖިލީހަށް މެންބަރުންގެ ޢަދަދު އިތުރުވަމުންދާކަމަށް ބަޔާންކޮށްފައިވާއިރު، ގައުމުގެ އާބާދީ އާ އަޅާ ބަލާއިރު ރާއްޖޭގެ މަޖިލީހަށް އިންތިހާބުކުރަން ޖެހޭ މެންބަރުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި މިކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ސުޖާއު ވިދާޅުވިއެވެ.

މި ގަރާރުގައި، މެންބަރުންގެ ޢަދަދު މަދުކުރުމަށް ނުވަތަ ވަކި ޢަދަދެއްގައި ހިފެހެއްޓުމަށް ޤާނޫނު އަސާސީގެ 71 އަދި 72 ވަނަ މާއްދާއަށް މުހިންމު އިސްލާހުތަކެއް ގެންނަންޖެހޭކަމަށާއި، މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނަށްވެސް ބަދަލު ގެންނަން ޖެހޭކަމަށް ސުޖާއު ވަނީ ވިދާޅުވެފައެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހާއި ހަމައަށް 16 މެންބަރުން އިތުރުވެފައިވާކަމަށް މި ގަރާރުގައި ބުނެފައިވެއެވެ.

މިގޮތުން، 17 ވަނަ މަޖިލީހުގައި 77 މެންބަރުން ތިއްބެވިއިރު 18 ވަނަ މަޖިލީހުގައި 85 މެންބަރުން، 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބެވިއެވެ. އަދި މިހިނގަމުންދާ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.