ހީނާ ވަލީދު--
ހަބަރު
03 Jul 2024 | 16:44
އައްޑޫ ސިޓީގައި އެންސްޕާގެ އޮފީހެއް ގާއިމުކުރަނީ

 އައްޑޫ ސިޓީގައި ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންސްޕާގެ ސީއީއޯ ވަލީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ރޭ ދެއްވި އިންޓަވިއުއެއްގައި ހީނާ ވިދާޅުވީ، އައްޑޫގައި 1000 ވަރަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެންސްޕާގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާއިރު، ދަފްތަރު މޮނީޓާ ކުރުމާއި އަޕްޑޭޓް ކުރުމާއި އިވެލުއޭޓް ކުރުމުގައި ގޮންޖެހުންތައް ހުރިކަމަށެވެ.

އެހެންކަމުން، އައްޑޫ ސިޓީ ކައުންސިލާއި ސްޓޭކްހޯލްޑާސްއާއި ބައްދަލުކޮށް، މިފަދަ ކަންކަން ހަރުދަނާ ކުރެވޭނެ ކަންކަމާއި ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އައްޑޫ ސިޓީގައި އެންސްޕާގެ އޮފީހެއް ގާއިމުކުރުމަށް ވިސްނާކަމަށް ހީނާ ވިދާޅުވިއެވެ.

"އެހެންވީމަ، އަޅުގަނޑުމެން ކައުންސިލާއި ސްޓޭކްހޯލްޑާސްއާއި ބައްދަލުކޮށް، މީޓިންތައް ބާއްވާ، މިކަމުގައި ހަރުދަނާ ކުރެވޭނެ ކަންކަމާއި ގުޅޭ މަޝްވަރާތައް ކުރަމުން މިދަނީ. އެހެންވީމަ، އަޅުގަނޑުމެންގެ ވިސްނުމެއް އެބައޮތް ކުރިއަށް އޮތް ތަނުގައި އައްޑޫ ސިޓީގައި އެންސްޕާގެ އޮފީހެއް ގާއިމުކުރަން"

ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ، މިކަމުގެ ސަބަބުން އައްޑޫއާއި ކައިރީގައި އޮންނަ ފުވައްމުލަކާއި އެހެން ރަށްރަށުގައި ތިބި އެންސްޕާގެ މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މައުލޫމާތުތައް އަޕްޑޭޓް ކުރެވިގެންދާނެ ކަމަށާއި، އެންސްޕާގެ ބެެފިޝަރީސްގެ ހިދުމަތްތައް ބަލާ މޮނީޓާ ކުރުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

އައްޑޫގައި އެންސްޕާ އޮފީހެއް ހިންގުމާއި ގުޅޭ ގޮތުން އެ ސިޓީގެ ކައުންސިލާއި އެކު ބައްދަލުވުމެއް ބާއްވާފައިވާއިރު، ކުރިއަށް އޮތް ތަނުގައި މި މަސައްކަތް ކުރާނެ ތަނެއް ބޭނުންވާކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް