ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު: ފޮޓޯ/ މިނިސްޓްރީ
ހަބަރު
04 Jul 2024 | 10:37
ކައުންސިލްތައް ޖަވާބުދާރީ ކުރުމަށް ރައްޔިތުންނަށް ލިބިފައިވާ ބާރުގެ ބޭނުން ކުރައްވާ: އާދަމް ޝަރީފް

ރައްޔިތުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ކައުންސިލްތައް ޖަވާބުދާރީ ކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އެދިވަޑައިގެންފި އެވެ.

އެ މަނިކުފާނު މިގޮތަށް އެދިވަޑައިގަތީ ރ. ކިނޮޅަހު ކައުންސިލުގެ ފަރާތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ އިމާދުއްދީނު ސުކޫލުގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ޝަރީފް ވިދާޅުވީ، ޤާނޫނުއަސާސީގެ ހަތަރުވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ވެރިކަން ކުރުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އެ ވެރިކަން ދެމެހެއްޓުމުގެ ބާރު ރައްޔިތުންގެ އަތްޕުޅުގައި އޮންނަ ކަމަށެވެ. އަދި މިއަދު ރައްޔިތުންނަށް ކުރައްވާ އިލްތިމާސަކީ ކައުންސިލްތައް ޖަވާބުދާރީ ކުރުމުގައި، ކައުންސިލްތައް ހަމަމަގަށް އެޅުވުމުގައި، ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ބާރުގެ ވާޖިބު އަދާކުރުމުގެ ބޭނުން، ހުރިހާ ބޭފުޅުން ވެސް ރަނގަޅަށް އަދާކުރައްވައިގެން މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

“ހަގީގީ މާނައިގައި ލާމަރުކަޒީ ހުރިހާ ބާރެއް ރަނގަޅު ކުރުމުގެ ފުރުސަތު ލިބިފައިވަނީ ރައްޔިތުންނަށް، ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ވެރިކަން ކުރުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އެ ވެރިކަން ދެމެހެއްޓުމުގެ ބާރު ރައްޔަތުންގެ އަތްޕުޅުގައި އޮންނައިރު މިއަދު އަޅުގަނޑު ރައްޔިތުންނަށް ކުރާ އިލްތިމާސަކީ ކައުންސިލުތައް ޖަވާބުދާރީ ކުރުމުގައި، ކައުންސިލުތައް ހަމަމަގަށް އެޅުވުމުގައި، ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ބާރުގެ ވާޖިބު އަދާކުރުމުގެ ބޭނުން، ހުރިހައި ބޭފުޅުން ވެސް ރަނގަޅަށް އަދާކުރައްވައިގެން މަސައްކަތް ކުރެއްވުން”

ވަޒީރު އާދަމް ޝަރީފު ޢުމަރު 

މިނިސްޓަރ އިތުރަށް ވިދާޅުވީ ކޮންމެ ނިޒާމެއްގައި ވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށާއި، އެ ކަންކަން ރަނގަޅު ނުވެ ހުރި ސަބަބު ވިސްނާ ފިކުރު ކުރަންޖެހޭ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަ ކުރެއްވުމަށް ވެސް ގިނަގުނަ ބަދަލުތައް ގެނެވިދާނެ ކަމަށް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ޤައުމީ ޔުނިވަރސިޓީން ހަދާ ރިސާޗާއި، ރައްޔިތުންގެ މަޖިލީހާއި، އާންމުންގެ ޚިޔާލާއި، ތަޖުރިބާކާރުންގެ ލަފާ ހޯއްދަވައިގެން ޤާނޫނަށް އިޞްލާޙު ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.