ކުއްޖާގެ ފުރަތަމަ 1000ދުވަހަށް އަމާޒުކޮށްގެން ތައްޔާރު ކުރެވިފައިވާ "ތުއްތު ދަރިފުޅުގެ "މިންހެޔޮ ކާނާ ފޮތް" ލޯންޗްކުރުން: ފޮޓޯ/ މިނިސްޓްރީ
ހަބަރު
04 Jul 2024 | 13:24
ތުއްތު ކުދިންނަށް ދޭނެ މިންހެޔޮ ކާނާގެ މަޢުލޫމާތު ހިމެނޭ ފޮތެއް ނެރެފި

ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެން ތައްޔާރު ކުރެވިފައިވާ "ތުއްތު ދަރިފުޅުގެ "މިންހެޔޮ ކާނާ ފޮތް" ލޯންޗް ކޮށްފިއެވެ.

މި ފޮތް ލޯންޗްކޮށްދެއްވީ މިކަމަށްޓަކައި މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބުދުالله ޚަލީލް އެވެ. 

މި ރަސްމިއްޔާތުގައި ޔުނިސެފް އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ ރެޕްރެޒެންޓެޓިވް، އިސީ ފޭންގޯލްޑްއާއި، ކަމާގުޅުންހުރި ބައެއް ވުޒާރާތަކާއި ޞިއްޙީ ޚިދުމަތްތެރިންނާއި އަމިއްލަ ޖަމްޢިއްޔާތަކުގެ ބޭފުޅުންނާއި އަދިވެސް ގުޅުންހުރި އެހެނިހެން އިދާރާތަކުގެ ބޭފުޅުން މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކުއްޖާގެ ފުރަތަމަ 1000ދުވަހަށް އަމާޒުކޮށްގެން ތައްޔާރު ކުރެވިފައިވާ "ތުއްތު ދަރިފުޅުގެ "މިންހެޔޮ ކާނާ ފޮތް" ލޯންޗްކުރުން: ފޮޓޯ/ މިނިސްޓްރީ

ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ ފޮތަކީ ކުޑަކުދިންގެ ނިއުޓްރިޝަންގެ ޙާލަތު ރަނގަޅުކޮށް، ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކޮށްގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޔުނިސެފް ގުޅިގެން އެކުލަވާލެވިފައިވާ "ސޯޝަލް އެންޑް ބިހޭވިއަރ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" ގެ ދަށުން ކުރެވޭ މުހިއްމު މަސައްކަތެކެވެ.

މިފޮތް "ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ" ތައްޔާރު ކުރެވިފައި މިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ޔުނިސެފް އަދި އެޑްވަކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގުޅިގެން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. 

ކުއްޖާގެ ފުރަތަމަ 1000ދުވަހަށް އަމާޒުކޮށްގެން ތައްޔާރު ކުރެވިފައިވާ "ތުއްތު ދަރިފުޅުގެ "މިންހެޔޮ ކާނާ ފޮތް" ލޯންޗްކުރުން: ފޮޓޯ/ މިނިސްޓްރީ

ފޮތުގައި ހިމެނޭ ބައެއް މަޢުލޫމާތުތައް : 

o އަލަށް ކާންދޭ ފަށާއިރު ބަލަންވީ ކަންކަން.

o ތަފާތު ކާނާގެ ބާވަތްތަކާއި ލިބޭ ފައިދާ އަދި ކާންދިނުމުގައި އިތުރަށް ސަމާލުވާންވީ ކަންކަން.

o ކާނާ ރައްކާތެރި ކަމާއެކު ތައްޔާރުކޮށް ރައްކާ ކުރުން.

o ދަރިފުޅު ނުކާން އުޅުން ނުވަތަ ވަކި ކަހަލަ ކާނާ އެއް ނުކާން އުޅޭނަމަ ހަދާނެ ގޮތާއި ބަލިވެ އުޅޭ ދުވަސްވަރު ކާންދޭނެގޮތް

o މާބޮޑަށް ބަރުދަން ލުއިވެ ނުވަތަ މާ ބަރު ވަމުންދާނަމަ ކާންދިނުމުގައި ގެނެވިދާނެ ބަދަލުތައް.

ކުއްޖާގެ ފުރަތަމަ 1000ދުވަހަށް އަމާޒުކޮށްގެން ތައްޔާރު ކުރެވިފައިވާ "ތުއްތު ދަރިފުޅުގެ "މިންހެޔޮ ކާނާ ފޮތް" ލޯންޗްކުރުން: ފޮޓޯ/ މިނިސްޓްރީ

ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުން، މިންހެޔޮ ކާނާ ފޮތުގެ އިތުރުން ކުޑަކުދިންގެ ނިއުޓްރިޝަން ހާލަތު ރަނގަޅު ކުރުމަށް، ކުއްޖާގެ ފުރަތަމަ 1000 ދުވަހަށް އަމާޒު ކޮށްގެން މާބަނޑު ދުވަސްވަރު ސަމާލުކަން ދޭންވީ ކަންކަމާއި ކުއްޖާގެ ކެއިން ބުއިމާއި އިޖުތިމާޢީ ހުނަރުތައް ތަރައްޤީ ކުރާނެ ގޮތާއި އެހެނިހެން މުހިއްމު މަޢުލޫމާތުތަކުގެ މައްޗައް ތައްޔާރު ކުރެވިފައިވާ ވީޑިއޯތަކުގެ އިތުރުން ސޯޝަލް މީޑިއާ އިންފޯރގްރަފިކްސް ވެސް ޢާއްމު ކުރެވޭނެއެވެ.

ކުޑަދަރިފުޅު ހެދިބޮޑުވުމަށް އެންމެ މުހިއްމު ދުވަސްވަރަކީ، ދަރިފުޅު މައިމީހާގެ ރަޙިމުގައި ގަރުބަގަތީއްސުރެ ޢުމުރުން ދެއަހަރު ވަންދެން ނުވަތަ ހަޔާތުގެ ފުރަތަމަ 1000 ދުވަހެވެ.

މި ދުވަސްވަރަކީ ކުއްޖާ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ހެދިބޮޑުވަމުން އަންނައިރު ހާއްސަ ގޮތެއްގައި ވަރަށް އަވަސް މިނެއްގައި ސިކުނޑި ތަރައްގީ ވަމުން އަންނަ ދުވަސް ވަރެކެވެ. މި 1000 ދުވަހުގެ ތެރޭގައި ކުޑަދަރިފުޅު ހެދިބޮޑުވުމަށް ބޭނުންވާ ފައިދާ ހުރި ކާނާއާއި ލޯތްބާއި އަޅާލުން އެންމެ އެކަށީގެންވާ ގޮތުގައި ނުދެވިއްޖެނަމަ ކުއްޖާ ހެދިބޮޑުވުމުގައި ތަފާތު ޞިއްޙީ މައްސަލަތަކާ ދިމާވެއެވެ. 

ކޮމެންޓް
ހިޔަލަ ޕެއާ
ސެމްނޭޒްގެ ތުއްތުކުއްޖާ ހާލުގައި ޖައްސާފައި މޮޔައިޒް ދެކޮޅުނުޖެހޭ
04 Jul 2024
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.