ޚުތުބާ އަޑު އަހަނީ-
ދީން
05 Jul 2024 | 14:12
ހިޖުރައިގެ ހާދިސާއިން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ الله އަށް ވަކީލުކުރުމުގެ މުހިންމުކަން: ޚުތުބާ

ހިޖުރައިގެ ހާދިސާއިން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ الله އަށް ވަކީލުކުރުމުގެ މުހިންމުކަން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

އަންނަ އާދީއްތަ ދުވަހަކީ ހިޖުރީ އާ އަހަރެއް ފެށޭ ދުވަސް ކަމަށްވުމާއެކު، ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާންވެއްޖެ ކަމެއް ކަމުގައި ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ހިޖުރައިގެ މާނައަކީ، ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާ ފުޅާ މާނައެއް އޮތް ކަމެއް ކަމަށާއި، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުން ކަމުގައި ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއް ވާކަމަށާއި، ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށް ޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމުގައިވެސް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ހިޖުރައިގެ ދަތުރުފުޅަށް މައްކާއިން ނުކުމެވަޑައިގަންނަވަމުން ކީރިތި ރަސޫލާ صلى الله عليه وسلم ވިދާޅުވި ބަސްފުޅު މުސްލިމުން ހަނދާންކުރަން ޖެހޭކަމަށާއި، އެ ބަސްފުޅުގައި މައްކާއަކީ الله ގެ ޙަޟްރަތުގައި އެންމެ މާތް އަދި އެންމެ ލޮބުވެތިކަން ބޮޑު ބިންކަމުގައި ވިދާޅުވެފައިވާކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އެކަލޭގެފާނު ވިދާޅުވި ބަސްފުޅު މުސްލިމުން ހަނދާންކުރާން ޖެހެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (وَاللهِ إِنَّكِ لَـخَيْرُ أَرْضِ اللهِ، وَأَحَبُّ أَرْضِ اللهِ إِلَى اللهِ، وَلَوْلَا أَنِّيْ أُخْرِجْتُ مِنْكِ مَا خَرَجْتُ) މާނައީ: "الله ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަ ބިމަކީ الله ގެ ޙަޟްރަތުގައި އެންމެ މާތް ބިމެވެ. އަދި اللهގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބިމެވެ. ތިމަންކަލޭގެފާނު ތިޔަ ބިމުން ނެރެ ނުލެވުނު ނަމަ، ތިމަން ކަލޭގެފާނު ތިޔަ ބިމުން ނުކުމެވަޑައެއްނުގެންނެވީމުހެވެ." 

ހުކުރު ޚުތުބާ

ހުތުބާގައި ބުނެފައިވާ ގޮތުން، ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބުވުމަށް އެ ކަމެއް ފެށުމުގެ ކުރިން ރަނގަޅަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައެޅުމުގެ މުހިންމުކަމެވެ. މިގޮތުން އަބޫބަކުރުގެފާނު ހިޖުރަކުރެއްވުމުގެ 4 މަސް ކުރިން ދަތުރުގެ ސަވާރީ ސިއްރިޔާތުގައި ތައްޔާރުކުރައްވަން ފެއްޓެވި ކަމަށާ، ހިޖުރަކުރެއްވި ރޭ ޢަލީގެފާނު ރަސޫލާގެ އެނދުގައި އޮށޯވެވަޑައިގަތީ އިސްލާމްދީން ދިފާޢުކުރެއްވުމަށްކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. 

މައްކާއިން ނުކުމެ ވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އެ ބޭކަލުން (ރަސޫލާ ޞޢވ އާއި އަބޫބަކުރުގެފާނަ) ތިއްބެވި އިރު ފަރިއްކޮޅު އެރުއްވުމުގެ ކަންތައް ކުރައްވާން ޙަވާލުވެވަޑައިގަތީ އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ رَضِيَ اللهُ عَنْهَاއެވެ. އެ ކަމަނާ ކާތަކެތި ހިއްޕަވައިގެން ވަޑައިގެން އެ ފަރުބަދައަށް އަރައިވަޑައިގެން އެ ބޭކަލުންނަށް ފަރިއްކޮޅުއެރުއްވުމަކީ ވެސް ބުރަ އަދި އެހާމެ އުނދަގޫ، ބިރުވެރިކަން ބޮޑު ކަމެކެވެ. އޭރު މައްކާގައި ކަން ހިނގަމުން ދިޔަ ގޮތުގެ ޚަބަރުތައް ރަސޫލާ ޞޢވ އާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދު اللهއެވެ. އަދި ތިން ރޭވަންދެން އެބޭކަލުންގެ އަރިހުގައި ކޮންމެ ރެއަކުވެސް ފަތިސްވަންދެން އެކަލޭގެފާނު އިންނަވައެވެ.

ހުކުރު ޚުތުބާ

ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުން، ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ޘާބިތުކަމާ އެކު ތިބޭނެކަމުގެ ފިލާވަޅު ހިމެނެއެވެ.

“ރަސޫލާ ޞޢވ އާއި އަބޫބަކުރުގެފާނު ޘައުރުފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި އިރު އަބޫބަކުރުގެފާނު ރަސޫލާ ޞޢވ އަށް ދެންނެވިއެވެ. اللهގެ ރަސޫލާއެވެ. މައްކާގެ މުޝްރިކުންގެ މީހަކު އެ މީހެއްގެ ދެ ފައިތިލައަށް ބަލައިލި ނަމަވެސް ތިމަންބޭކަލުން މި ތިއްބެވި ތަން ފެންނާނެއެވެ. ފަހެ އެހިނދު ރަސޫލާ z ޙަދީޘް ކުރެއްވިއެވެ. (يَا أَبَا بَكْرٍ، مَا ظَنُّكَ بِاثْنَيْنِ اللهُ ثَالِثُهُمَا) މާނައީ: "އޭ އަބޫބަކުރުގެފާނެވެ. ތިމަންމެން ދެބޭކަލުން އެކަނި ތިއްބެވި ކަމަށް ހީފުޅުނުކުރައްވާށެވެ! ތިންވަނަ ފަރާތެއްގެ ގޮތުގައި الله ތިމަން ބޭކަލުންނާ އެކު ވޮޑިގެންވެއެވެ."

ޚުތުބާގައި ވަނީ، މިފަދަ ބަސްފުޅުތަކުން ޢިބްރަތް ލިބިގަނެ، ހުރިހައި ވަގުތެއްގައި ވެސް އިސްލާމްދީން މަތީގައި ތެދުވެރިކަމާ އެކު، ދެމިތިބުމަށް ޢަޒުމު ކަނޑައަޅައި ތިމާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރެވޭތޯ ވެވުނުހައި މަސައްކަތެއް ކުރާން ނަސޭހަތްތެރިވެފައެވެ. 

ކަންކަމުގައި اللهއަށް ވަކީލުކުރާން ޖެހޭކަމީ، ހިޖުރައިގެ މި މަތިވެރި ޙާދިޘާއިން އަޅަމެންނަށް ލިބޭ އެންމެ މުހިންމު އެއް ފިލާވަޅެވެ. اللهއަށް ވަކީލުކުރުމަކީ، އެއްވެސް ޙާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުމެއް ނޫނެވެ. ވަކީލުކުރުމަކީ، ކަންކަން ކުރުމަށްޓަކައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، اللهގެ ޙަޟުރަތުން ރައްކާތެރިކަން ލިބޭނޭކަމަށް ޔަޤީންކޮށްގެން ތިބުމެވެ.

ހުތުބާ

މީގެ އިތުރުންވެސް ޚުތުބާގައި ވަނީ، ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ.

މާތް ނަބިއްޔާ ޞޢވ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު ޢާޝޫރާދުވަހު ރޯދަ ހިފުމަށް މުސްލިމުންނަށް އަމުރު ކުރެއްވިއެވެ. އަލްއިމާމު އިބްނުލް ޤައްޔިމު رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. "އެދުވަހުގެ ކުރިން އެއް ދުވަހު ނުވަތަ ފަހުން އެއް ދުވަހު ރޯދަހިފުން ސުންނަތް ވެގެންވެއެވެ." ވީމާ، މިސުންނަތް ޙާޞިލުކުރާން އެދޭ މީހާއަށް އޮތީ، މުޙައްރަމް މަހުގެ ދިހަވަނަ ދުވަހާއި، އެ ދުވަހުގެ ކުރީން ނުވަތަ ފަހުން އެއް ދުވަހު ރޯދަހިފުމެވެ. މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (صِيَامُ يَوْمِ عَاشُوْرَاء، إِنِّيْ أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِيْ قَبْلَهُ) މާނައީ: "ޢާޝޫރާ ދުވަހުގެ ރޯދައަކީ، ފާއިތުވެ ދިޔައަހަރުކުރެވިފައިވާ ކުދި ފާފަތަކުގެ ކައްފާރާއެއްކަމުގައި ލެއްވުމަށް ތިމަންކަލޭފާނު އުންމީދު ކުރައްވަމެވެ." ހުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ