ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް: ފޮޓޯ/ ވޮއިސް
ހަބަރު
05 Jul 2024 | 18:47
އެމްޑީޕީ އަކީ އެއްވެސް އުރަތްޕެއް ނެތް، ހުސްވެފައި އޮތް ފޯސްއެއް"؛ އިދިކޮޅު ޕާޓީއަކީ ޕީއެންއެފް: ރައީސް ޔާމީން

މިހާރު އިދިކޮޅު މައި ޕާޓީ އަކީ އެމަނިކުފާނު އިސްވެ އުފެއްދެވިޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް، ޕީއެންއެފް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ރޭ ޕީއެންއެފްގެ ފްރަންޓް އޮފީހުގައި ބޭއްވުނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ޔާމީން ވިދާޅުވީ، ޕީއެންއެފްގެ ޅަފަތުގައިވެސް، ޕާޓީ ފުޅާވެ، އިދިކޮޅު ޕާޓީ ކަމަށް ލޭބަލް ކުރެވިފައިވާ ކަމަށެވެ. 

"ވަރަށް ޅަފަތުގައި އަޅުގަނޑުމެންގެ ޕާޓީ ވަރަށް ޅަފަތުގައި އޮއްވާ އިދިކޮޅު ޕާޓީ ކަމަށް ލޭބަލް ކޮށްފި

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް 

ރޭގެ ޖަލްސާގެ ތެރެއިން: ފޮޓޯ/ ވޮއިސް

ޔާމީން ވިދާޅުވިގޮތުގައި، ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ އެންމެ ގަދައަށް ދައްކާ ކަމަށް އެމްޑީޕީއިން ވަކާލާތު ކުރި ނަމަވެސް، ކޮންމެ ފަހަރަކު ވެސް ވެރިކަން ލިބުމުން ބަހާއި އަމަލާ ދިމާނުވާ ކަމަށެވެ.

އަދި އެމްޑީޕީން މިހާރު އެއްވެސް ކަމެއް ކުރާ ތަނެއް ފެނިވަޑައި ނުގަންނަވާ ކަމަށާ، އެންމެ ފަހުންވެސް ފެނި ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ އިގްތިޞާދަށް ގެއްލުންވާ ކަންކަން ކުރެއްވުމުން ވެސް އެމްޑީޕީން އެއަށް ތާއީދު ކުރަމޭ ބުނިތަން ކަމަށް ޔާމިން ވިދާޅުވިއެވެ.

"އެމްޑީޕީ އަކީ މިހާރު އެއްވެސް އުރަތްޕެއް ނެތް، ހުސްވެފައި އޮތް ފޯސްއެއް. އެއްވެސް ކަމެއް ކުރާ ތަނެއް ނުފެނޭ. އެންމެ ފަހުން މި ފެނުނީ ރައީސުލްޖުމްހޫރިއްޔާ، ހަރަދު ކުޑަކުރުމުގެ ގޮތުން ދިވެހިން ފަނާކޮށްލާ ވަރުގެ، މުޅި ދިވެހި އިގްތިސާދު ސުންނާފަތިވެގެންދާ ފަދަ ކަންކަން ކުރީމަ، ތިމަންނާމެން (އެމްޑީޕީއިން) އެއަށް ތާއީދު ކުރަމޭ. އެހެންތާ ވާނީ؟ މީހަކު ގޯހެއް ހަދައިގެން ރައްޔިތުންގެ ތާއީދު ގެއްލޭ ކަމަށް ވާނަމަ، އެ މީހުން [އެމްޑީޕީއިން] ތިބޭނެ އެއަށް ތާއީދު ކުރަން.

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް 

ރައީސް ޔާމީން މިހެން ވިދާޅުވެފައި ވާއިރު، އެމްޑީޕީން ދާދިފަހުން ވަނީ އިގުތިސާދު ރަނގަޅު ކުރުމަށް ސަރުކާރުން މަޖިލީހަށް ވައްދާ މައިގަނޑު ތިން ބިލަކަށް ތާއީދުކޮށް ވާހަކަދައްކާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.