އެންޑީއޭގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި، އިމާދު -- ފޮޓޯ/ އަވަސް
ހަބަރު
06 Jul 2024 | 07:43
އެންޑީއޭގެ ސީއީއޯ ކަމުން އިމާދު ވަކިކޮށްފި

ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯކަމުން އިމާދު ސޯލިހު ވަކިކޮށްފި އެވެ.

އިމާދު މަގާމުން ވަކިކުރަން ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި އެ އެޖެންސީގެ ބޯޑު ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާދު މަގާމުން ވަކިކުރީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެންޑީއޭ އިން ކުރަން ލާޒިމުކޮށްފައިވާ މަސައްކަތްތައް ކޮށްފައި ނުވާތީއެވެ.

އިމާދު މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް ބޭފުޅަކު އަދި އައްޔަނެއް ނުކުރެ އެވެ. 

އިމާދު އެ މަގާމަށް އައްޔަންކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ނޮވެމްބަރު 1، 2022 ގަ އެވެ. އޭނާ އަކީ މިހާރު އެމްޑީޕީ މެންބަރެއްވެސް މެއެވެ. 

މިދިޔަ ސަރުކާރުގައި އެންޑީއޭ ހިންގަމުން އައީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެތަން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ހަމަޖައްސަވާފަ އެވެ.

ކޮމެންޓް
ހަސަނު
މީނަވެސް މީ ރިހަބައް އައިސް ކުލައިންޓުން ކައިރީ ހާދަ ގިނަ ދޮގުތަކެއް ހަދާފަ ހުރި ނުލަފާ މީހެއް
06 Jul 2024
އެނެމީ
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެންޑީއޭ އިން ކުރަން ލާޒިމުކޮށްފައިވާ މަސައްކަތްތައް ނުކުރެވޭނެއެއްނު. މީނާ އުޅެނީ އަންހެނުން ނުހޯދިގެން. ރާކަނިމަސް ކެވިއްޖެއެއްނު 🤣🤣🤣🤣
06 Jul 2024
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.