ޣައްޒާ އަށް ޔަހޫދީން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައި-- ފޮޓޯ: އެމްއެސްއެފް
ދުނިޔެ
06 Jul 2024 | 14:25
ޣައްޒާގެ ގަތުލުއާއްމު ހުއްޓާލުމުގެ މަޝްވަރާތައް އަނެއްކާވެސް ފަށަނީ

ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ޔަހޫދީން ކުރިއަށްގެންދާ އުދުވާން ހުއްޓާލުމާއި ގުޅޭ މަޝްވަރާތައް އަންނަ ހަފްތާގައި ފަށާނެ ކަމަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ ނެރުނު ބަޔާނެއްގައި ބުނީ، ގަތުލުއާއްމުގެ މަޝްވަރާތަކަށް އެގައުމުގެ ވަފުދެއް ފޮނުވާނެ ކަމަށެވެ.

މިމަޝްވަރާތަކަށް ނަތަންޔާހޫ ފޮނުވަން ނިންމި ޓީމާއި އަރިސް ފަރާތަކުން ބުނީ، މި މަޝްވަރާތަކުގެ ތެރެއިން ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭ އެއްބަސް ވުމަކަށް އާދެވިދާނެ ކަމުގެ ޔަގީންކަން މިފަހަރު އެބަ އޮތް ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ހަމާސްގެ ތަރުޖަމާނު ޖިހާދް ތާހާ ވިދާޅުވީ، ޣައްޒާގައި ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން އެންމެ ފަހުން ހުށަހެޅި ޕްލޭނަށް ހަމާސުން ހުށަހެޅި އިސްލާހުތަކަށް ރަނގަޅު ރައްދެއް ލިބިފައިވީނަމަވެސް، މިކަމާއި މެދު އިސްރާއީލުން ދެކޭގޮތް އަދިވެސް ސާފު ނުވާ ކަމަށެވެ.

ހަމާސް އާއި އިސްރާއީލާއި ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް އަދި ތާރީޚެއް ކަނޑައަޅާފައި ނުވާ ކަމަށްވެސް ޖިހާދް ތާހާ ވިދާޅުވިއެވެ

މީގެ ކުރިންވެސް ހަނގުރާމަ ހުއްޓާލުމަށް ހަމާސް އިން އެއްބަސްވާނެ ކަމަށް ބުނި ނަމަވެސް އަނިޔާވެރި ޔަހޫދީން ބުނަނީ ހަމާސް ނައްތާލުމުގެ ކުރިން ހަނގުރާމަ ނުހުއްޓާނެ ކަމަށެވެ. އެހެންނަމަވެސް، ދެ ފަރާތުން ދިން މި ސިގްނަލާއިއެކު، މިއީ ޣައްޒާގެ ގަތުލުއާއްމު ހުއްޓުމަށް އެމެރިކާ އާއި، ގަތަރާއި މިސްރުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބޭ ކުރިއެރުމެއްކަމަށް ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.