ޒުވާން ގައުމީ ޓީމާއި ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ކުޅިވަރު
06 Jul 2024 | 15:44
އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ޒުވާން ގައުމީ ހޭންޑްބޯލް ޓީމާތަކުގެ ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްފި

އިންޑިއާގައި ޖުލައި މަހު 10-14 އަށް ބާއްވާ އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޒުވާން ޓީމާތަކާއި ޖާޒީ ހަވާލުކޮށްފި އެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތެއްގައި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަބްދުالله ރާފިއު އެވެ.

ޖާޒީ ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ, މެޑަލާއި ވަނަތައް ހޯދުމަށް އެތުލީޓުންނަކީ އަހުލާގު ރަނގަޅު ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އެގޮތުން, ކޯޗުންގެ އިރުޝާދުތައް އަޑުއަހައި, ގަޑިއަށް ސަމާލުކަންދިނުން ފަދަ އެތުލީޓުގެން ގައިގައި ހުންނަން ޖެހޭ ކަންކަން ފުރިހަމަވާ ބަޔަކަށް ވާންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ރާފިއު އިތުރަށް ވިދާޅުވީ, ގައުމީ ޓީމު ޖާޒީގެ މޭމަތީގައި ޖަހާފައިވާ ގައުމީ ދިދައަށް އިހުތިރާމްކޮށް, އެންމެން އެއް އަޒުމެއްގައި ވާދަވެރިޓީމުތައް ބަލިކޮށް މުބާރާތުގައި ކާމިޔާބު ހޯދުމަށް އަޒުމް ކަނޑައަޅަންޖެހޭކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޭޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖްތަބާ ވިދާޅުވީ, އައިއެޗްއެފް ޓްރޮފީއަށް ހޭންޑްބޯލް ޓީމް މިފަހަރު ދަނީ މެޑަލެއް ހޯދުމުގެ އުއްމީދުގައި ކަމަށެވެ. އަދި މިއަހަރުގެ މުބާރާތާއެކު އަންނަ އަހަރުގެ މުބާރާތުގެ ތައްޔާރީތައްވެސް މިހާރު ފަށާފައިވާ ކަމަށް މުޖްތަބާ ފާހަގަކުރެއްވި އެވެ.

ޖުލައި މަހު 10-14 އަށް އިންޑިއާގައި ކުރިއަށްދާ މި މުބާރާތުގައި 20 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމާއި, 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމް ވާދަކުރާނެއެވެ. މި މުބާރާތުގައި ވާދަކުރުމަށް ގައުމީޓީމް އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8ވަނަ ދުވަހު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.