އޫރުތަކެއް-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
07 Jul 2024 | 11:38
އިންޑިއާގެ ކެރެލާގައި އޫރު ރޯގާ ފެތުރެނީ!

ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބަޔެއް ކަމަށްވާ އޫރު ރޯގާ، ނުވަތަ އެފްރިކަން ސްވައިން ފީވަރ އިންޑިއާގެ ކެރެލާގެ ތްރިސޫރުގައި ފެތުރެންފަށައިފިއެވެ.

ކޭރަލާގެ ތުރިއްސޫރު ސަރަޙައްދުގެ ރަށެއްގައި ހުރި ފާމެއްގައި އޫރު ބަލި ފެތުރިފައިވާކަން އެގައުމުގެ އޮފިޝަލުން ވަނީ ކަށަރުކޮށްދީފައެވެ.

ތުރިއްސޫރު ސަރަޙައްދުގެ މަދައްކަތާރާ ޕަންޗާޔަތުގައި ހުރި އަމިއްލަ މީހެއްގެ ފާމެއްގައި ގެންގުޅޭ 310 އޫރަކުން މި ބަލި ފެނިފައިވާ ކަމަށާއި، އެ އޫރުތައް މަރާލައި ވަޅުލުމަށް ސަރަޙައްދުގެ އެނިމަލް ހަސްބަންޑްރީ އޮފިސަރަށް އަންގާފައިވާ ކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

މި އޫރުތައް ފެނުނު ފާމާއި 1 ކިލޯމީޓަރުގެ ސަރަޙައްދު އާއްމުންނަށް ބަންދުކޮށްފައިވާއިރު، މި ފާމުން ފެށިގެން 10 ކިލޯމީޓަރުގެ ސަރަޙައްދަކީ ބަލީގެ އިތުރު ވޭދަނަ ތަކެއް ފެނިދާނެ ސަރަހައްދުތަކެއް ކަމަށް އެގައުމުން ވަނީ ކަނޑައަޅާފައެވެ.

ޓްރިވެންޑްރަމާއި 277 ކިލޯމީޓަރު ދުރުގަައި އޮންނަ ޑިސްޓްރިކްޓުން ފެނުނު މި ބައްޔަކީ އޫރުތަކުގެ ޒަރީއާއިން އެހެން ޖަނަވާރުތަކުގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔެއް ނަމަވެސް، މި ބަލި އިންސާނުންގެ ތެރޭގައި ފެތުރުމުގެ ފުރުސަތު ކުޑައެވެ. އެހެންނަމަވެސް، އިންސާނުންގެ ގައިން މި ބަލީގެ ކޭސްތަކެއް މީގެ ކުރިން ވަނީ ފެނިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.