ކުރީގެ އިކަޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް: ފޮޓޯ/ ވޮއިސް
ހަބަރު
08 Jul 2024 | 12:12
ކައުންސިލްތަކާއި މަޖިލިސް މެންބަރުންގެ އަދަދު މަދު ކުރުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭ: ފައްޔާޒު

ކައުންސިލްތަކާއި މަޖިލިސް މެންބަރުންގެ އަދަދު މަދުކުރުމުގެ ކުރިން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަންޖެހޭ ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު ޢިސްމާޢިލް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކައުންސިލްތަކާއި މަޖިލިސް މެންބަރުންގެ އަދަދު ކުޑަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ސިސްޓަމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި، ނަމަވެސް މިފަދަ ބަދަލުތައް ގެނައުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުން މުހިންމު ކަމަށެވެ. އަދި މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުމަށް އިސްކަން ދޭންޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފައްޔާޒު ވިދާޅުވީ ސަރުކާރުން ވިޔަފާރިތަކާއި ކިޔަވަން ބޭރުގައި ތިބި ދަރިވަރުންނަށް ދޭންޖެހޭ ފައިސާ ދޭނެ ގޮތެއްގެ ވާހަކަ ހާމަކުރަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ މުވައްޒަފުންގެ އަދަދާއި، ރަށްރަށުގެ ކައުންސިލަރުން މަދުކުރުމުގެ ކުރިން ސިޔާސީ މުވައްޒަފުން ވަޢުދާ އެއްގޮތަށް މަދުކުރާކަން ހާމަކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

‏މާލިއްޔަތު ރަނގަޅު ކަމަށް ވަޒީރުން ވިދާޅުވާއިރު އާންމު ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކަ ދެއްކީމައި މާލިއްޔަތު އަދި އިގްތިސާދު ރަނގަޅަށް އޮތަސް ރައްޔިތުން އަދި އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ގޮސްދާނެ. ގެންނަށް ހުށަހަޅާފައި ހުރި ބަދަލުތަކުގައި އިހްލާސްތެރިކަމެއް ހުރިކަމަކަށް ނުފެނޭ

ފައްޔާޒު އިސްމާޢީލް

ފައްޔާޒު އިތުރަށް ވިދާޅުވީ، އެމްޑީޕީއިން ރައްޔިތުން ބަލައިގަންނާނެ ހަރުދަނާ ބަދަލުތަކަކަށް މަރުޙަބާ ކިޔާނެ ކަމަށާއި، ނަމަވެސް މާލީ ހާލަތު 'ވާނުވާ' ގައި ބާއްވައިގެން ޤައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް ކަމަށެވެ. އަދި ގެންނަން ހުށަހަޅާފައި ހުރި ބަދަލުތަކުގައި އިޚްލާޞްތެރިކަމެއް ހުރިކަމަކަށް ނުފެންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ދައުލަތުގެ ޚަރަދު ކުޑަ ކުރުމަށް، ގައުމަށް ކަތާވަރަށް ގައުމުގެ ނިޒާމު ބައްޓަންކުރާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން، ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މަޖިލިސް މެންބަރުންގެ އަދަދުގެ ގޮތުގައި އެންމެ ރަނގަޅު އަދަދަކީ 77 ކަމަށެވެ. ހަމައެހެންމެ، ކުދިކުދި ރަށްތަކުގައި ކައުންސިލަރުންގެ ގޮތުގައި ރައީސްއަކާއި ނައިބު ރައީސުން ތިބުމުން ފުދޭނެ ކަމަށާ އާބާދީ ބޮޑެތި ރަށްތަކަށް އެއަށްވުރެ ގިނަ ކައުންސިލަރުން އިންތިހާބު ކުރުން އެންމެ ރަނގަޅު ކަމަށެވެ. އަދި އަތޮޅު ކައުންސިލްތައް މިހާރު އޮތް ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ދިވެހި ޒުވާނުން
ވެރިކަމެއް ދެދައުރަށް ހިފަހައްޓަން ނޭގޭ ބަޔަކީ ސިޔާސީ ބައެއްނޫން. އަދި ބުނަން ތިކަމުގާ ރައްޔިތުންގެ ވޯޓެއް ނަގާކަށްނުޖެހޭ ބޭނުންވަނީ ހެޔޮ ބަދަލުތައްގޮތުގާ ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންކަން އަވަހަށް ހިގައިގަންނަން
08 Jul 2024
ވަރުވާބެ
ކަލޭމެންނައް ރަނގަޅުވާނީ ވީހާވެސް ގިނަވި ވަރެއް
08 Jul 2024
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.