އިންޑިއާގެ ގައުމީ ކްރިކެޓު ޓީމުން ޓީ20 ވޯލްޑް ކަޕު ކާމިޔާބުކުރުން-- ފޮޓޯ: ރޮއިޓާސް
ހަބަރު
08 Jul 2024 | 15:29
އިންޑިއާގެ ކްރިކެޓް ޓީމްގެ ކާމިޔާބީ ފާހަގަކުރަން ރާއްޖެ އައުމަށް ދަޢުވަތުދީފި

އިންޑިއާގެ ގައުމީ ކްރިކެޓު ޓީމުން ޓީ20 ވޯލްޑް ކަޕު ކާމިޔާބު ކުރުމާއިގުޅިގެން، އެކާމިޔާބީ ފާހަގަކުރަން ރާއްޖެ އަށް އައުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެން ދައުވަތުދީފިއެވެ.

އެމްއެމްޕީއާރުސީން ނެރުނު ބަޔާނެއްގައި ބުނީ، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރު އިންޑިއާ ޓީމަށް މަރުހަބާ ވިދާޅުވެފައިވާ ކަމަށާއި، އެ ޓީމަށް  ހޯސްޓް ކުރުމަށް ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ދިގު މުއްދަތެއްގެ ވަރުގަދަ ސަގާފީ އަދި ކުޅިވަރުގެ ގުޅުމަށް ވެސް މި ދައުވަތުގައި އަލިއަޅުވާލާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި އޮތް އިންޑިއާއިން މިއަހަރު ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތްވަނީ ދަށަށް ގޮސްފައެވެ. މިކަމާއި ގުޅިގެން، އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް
ފާފު
ވަރަށް ރަގަޅުނިންމުމެއް ތީ ތިކަހަލަ ކަންކަމަކީ މުޅި މީޑިއާތަކުގަ ރާއްޖެ އިސްތިހާރުވެގެން ދާނެކަމެއްކަން ޔަގީން ޔަގީނުންވެސް ފޯނުތަކުގެ ލެންސް އެބުރި ސޯސަލް މީޑިއާގަ ރާއްޖޭގެ ނަން އެއްއަޑަކުން ކިޔާލާނެ
08 Jul 2024
ފެސް
ގިޔަރު މެކުހައް. ކޮބާއިންޑޔާ އައުޓް ބިލް.އަހަރެމެއް އަނގަބަންދުކުރިބިލް. ވެރިޔާ ނިދާފަތޯ
08 Jul 2024
ޙަސަނާބެ
ދަށަށް ދިޔަސަބަބަށްވެސް ކުޑައިކޮށް އަލި އަލޫވާލިނަމަ ވަރަށް ފުރިހަމަވީސް. އާނފަހެ މިދިޔައަހަރު 1 ވަނައިގައޮތްބަޔަކުވިއްޔާ
08 Jul 2024
علي وحيد
މިސަރުކާގެ ވެރިން ފައިސާކޮޅަކަށް އަނބިމީހާވެސް ވިއްކާލަފާނެ އިންޑިއާގެ ކުޅިވަރު ޓީމުތައް އެއުޅެނީ އުފާފާޅުކުރަން ދާނެތަނެއް ނުލިބިގެންތަ
09 Jul 2024
ކިލަމަންޑާ
އައުޓް އޯރ އިން،ޑިޔާ ޕްރިޒިޑޭންްޓް ވަޓް އިޒް ދިސް؟ އައި ޑޫނޮޓ އަނޑަރސްޓޭނޑް !!!
10 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.