ލަމީން ޔަމާލް ފްރާންސް ކޮޅަށް ލަނޑުޖެހުމަށްފަހު ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ
ކުޅިވަރު
10 Jul 2024 | 02:45
16 އަހަރުގެ ޔަމާލްގެ މޮޅު ކުޅުމާއެކު ފުރާންސް ކަޓުވާލުމަށްފަހު ސްޕެއިން ފައިނަލަށް

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ 2024 ގެ ސެމީފައިނަލް ފުރަތަމަ މެޗުގައި އަންގާރަދުވަހުގެ ރޭ 2-1 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށް 2012 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ސްޕެއިން މުބާރާތުގެ ފައިނަލުން ޖާގަހޯދައިފިއެވެ.

މިދެޓީމު އެންމެ ފަހުން ކުޅުނު 2021 ވަނަ އަހަރުގެ ޔުއެފާ ނެޝަނަލް ލީގު ފައިނަލުގައި ފުރާންސް އަތުން 2-1 ގެ ނަތީޖާއަކުން ސްޕެއިން ބަލިވެފައިވާއިރު، މިއީ 2017 ވަނަ އަހަރުގެ ފަހުން ފުރާންސް އަތުން އެޓީމު މޮޅުވި ފުރަތަމަ މެޗެވެ. 

ފުރާންސް މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 5-4 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އަދި ސްޕެއިން ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި 2-1 ގެ ނަތީޖައަކުން ޖަރުމަނު ބަލިކުރުމަށްފަހުއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފުރާންސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ނުއަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކޯލޯ މުއާނީ އެވެ. މިއީ އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލު ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސްޕެއިނުން މެޗުގެ މަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ލަމީން ޔަމާލްއެވެ. މިއީ ފްރާންސްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ކައިރީގައި ތިބި ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު އުމުރުން އެންމެ 16 އަހަރުގެ ޔަމާލް ވެގެންގޮސްފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީޚްގައި ލަނޑުޖެހި ކުޅުންތެރިއާ އަށެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން ސްޕެއިންގެ މިޑްފީލްޑަރު ޑެނީ އޮލްމޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެމިގެންދިޔައިރު، މިހާފުގައި ފުރާންސް ޓީމުގެ ކެޕްޓަން އެމްބާޕޭގެ އިތުރުން ޑިފެންޑަރު ހެނާންޑޭޒަށް މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ވަނީ ވަރަށް ހުސް ދެފުރުސަތު ލިބި ބޭނުންނުކުރެވިފައެވެ. އަދި މިހާފުގައި ސްޕެއިން ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ޔަމާލް އަށެވެ. ނަމަވެސް އެނާ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-1 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕެއިންގެ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ.

މިމަހުގެ 15 ވަނަ ދުވަހު ކުޅެވޭ ފައިނަލްގައި ސްޕެއިން ވާދަކުރަން ޖެހޭނީ މާދަމާރޭ ކުޅެވޭ ސެމީގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް އިންގްލެންޑާއި ނެދަލޭންޑްސް ވާދަކުރާ މެޗުން މޮޅުވާ ޓިމަކާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.