ވިޔަފާރި
10 Jul 2024 | 10:33
އެމްއައިބީ ސަރވިސް ސެންޓަރުތަކުގައި ސެލްފް ސަރވިސް ކިއޮސްކްސް ތަޢާރަފުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އެ ބޭންކުގެ ސަރވިސް ސެންޓަރުތަކުގައި ސެލްފް ސަރވިސް ކިއޮސްކްސް ތަޢާރަފުކޮށްފިއެވެ.

މި ކިއޮސްކްތައް ބެހެއްޓިފައިވަނީ ވެރިރަށް މާލެ އާއި ކައިރީގައިވާ ހުޅުމާލޭގައި ހުރި އެމްއައިބީގެ ސަރވިސް ސެންޓަރުތަކުގައެވެ.

އަދި ރާއްޖޭގެ އެކި އަތޮޅުތަކުގައިވެސް ކިއޮސްކް ޚިދުމަތްތައް ތަޢާރަފުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ބޭންކުން ޔަގީންކޮށްދީފައިވެއެވެ.

މިއީ ކަސްޓަމަރުންނަށް ސަރވިސް ސެންޓަރުތަކުގައި އަމިއްލައަށް ބޭންކުގެ ޚިދުމަތްތައް ބޭނުންކުރެވޭނެކަން ކަށަވަރުކުރުމަށް ބެހެއްޓިފައިވާ ކިޔޮސްކްސް ކަމަށް އެމްއައިބީއިން މައުލޫމާތު ދެއެވެ.

އެމްއައިބީ އިން ބުނެފައިވަނީ އެ ބޭންކުގެ މުވައްޒަފުން ސަރވިސް ސެންޓަރުތަކުގައި ތިބޭނެ ކަމަށާއި، ކިއޮސްކްތަކުން ލިބެންހުރި ޚިދުމަތްތައް ބޭނުންކުރުމުގައި ކަސްޓަމަރުންނަށް އެހީތެރިވުމަށް ތައްޔާރަށް ތިބޭނެ ކަމަށެވެ.

ޚިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ފަސޭހަ ބޭންކިންގ ނިޒާމެއް ފޯރުކޮށްދިނުމުގެ ގޮތުން، އެމްއައިބީ އިން ވޭތުވެދިޔަ އަހަރުތަކުގައި ގިނަ އޮފަރތަކާއި ޚިދުމަތްތައް ތަޢާރަފުކޮށްފައިވެއެވެ. ބޭންކުގެ ގިނަ ޚިދުމަތްތައް އޮންލައިންކޮށްވެސް ލިބެން ހުރުމުން، ރާއްޖޭގެ ކޮންމެ ކަންކޮޅަކުން ވެސް ކަސްޓަމަރުންނަށް މި ޚިދުމަތްތައް ލިބިގަނެވެއެވެ.

މީގެ އިތުރުން، ބޭންކުން ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރވިސް ސެންޓަރުތައް ޤާއިމުކޮށްފައެވެ. އަދި އިތުރު ތަންތަނަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެމްއައިބީގެ ރިމޯޓް ސޭލްސް ޓީމުގެ މުވައްޒަފުން ވިޔަފާރިތަކަށާއި އަމިއްލައަށް ބޭންކަށް ޒިޔާރަތްކުރަން ނުކުޅެދޭ ކަސްޓަމަރުންނަށްވެސް ޒިޔާރަތްކުރެއެވެ.

އެމްއައިބީގެ އިންޓަރނެޓް ބޭންކިންގ ޚިދުމަތްތައް ލިބިގަނެވޭނީ އެ ބޭންކުގެ ފައިސާނެޓް މެދުވެރިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ