ޖޯން ލަންޑައު-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
10 Jul 2024 | 13:19
ޓައިޓޭނިކާއި އަވަޓަރ ފިލްމް ގެ ޕްރޮޑިއުސަރު ކެންސަރު ޖެހިގެން މަރުވެއްޖެ

ޓައިޓޭނިކާއި އަވަޓަރ ފަދަ ކާމިޔާބު އެތައް ފިލްމެއް ޕްރޮޑިއުސް ކުރި ޖޯން ލަންޑައު މަރުވެއްޖެއެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސްވަންދެން ކެންސަރާއި ހަނގުރާމަ ކުރުމަށްފަހު މިދިޔަ ހުކުރު ދުވަހު ލަންޑައު މަރުވިއިރު، އޭނާގެ އުމުރަކީ 63 އަހަރެވެ.

ލަންޑައު މަރުވިކަން ކަށަވަރުކޮށްދެމުން އޭނާގެ ކޮއްކޮ ޓީނާ ލަންޑައު ބުނީ، މިއީ ލިބުނު ވަރަށް ބޮޑު ހިތާމަ އެއް ކަމަށާއި އެއީ ކޮއްކޮއަކަށް ލިބޭނެ އެންމެ ރަނގަޅު ބޭބެކަމަށެވެ. ޓީނާ ސޯޝަލް މީޑިއާއަށް ދޫކޮށްލި މެސެޖްގައި އިތުރަށް ބުނީ،  އޭނާ ދަންނަ އަދި އޭނާގެ ފިލްމުތައް ބަލާ އެންމެންނަށް ދިން ލޯތްބާއި ހަދިޔާތަކަށްޓަކައި ފަޚުރުވެރިވެ، ޝުކުރުވެރިވާ ކަމަށެވެ.

ލަންޑައު އަކީ ހޮލީވުޑްގެ ފިލްމް ޕްރޮޑިއުސަރުންކަމުގައިވާ އެލީ އަދި އީޑީ ލަންޑައުގެ ދަރިފުޅެވެ.

ފިލްމު ޕްރޮޑަކްޝަން ކުންފުނި 20 ސެންޗަރީ ފޮކްސްގެ އެގްޒެކެޓިވްއެއްގެ މަގާމު އަދާކުރި ލަންޑައު ޕްރޮޑިއުސް ކުރި ފިލްމުތަކުގެ ތެރޭގައި "ދަ ލާސްޓް އޮފް ދަ މޮހިކަންސް" އަދި "ޑައި ހާޑް 2" ހިމެނެއެވެ.

ހަމައެއާއިއެކު، ކެނެޑާގެ ފިލްމްމޭކަރ އެއް ކަމަށްވާ ޖޭމްސް ކެމަރޮންއާ އެކު، އޭނާ 1997 ވަނަ އަހަރުގެ ހިޓް ފިލްމު "ޓައިޓެނިކް" އުފެއްދިއިރު، މިއީ ދުނިޔޭގެ ބޮކްސް އޮފީހުގައި 1 ބިލިއަން ޑޮލަރު ހޯދި ފުރަތަމަ ފިލްމެވެ.

އޭގެ ފަހުން،ލަންޑައު 2009 ވަނަ އަހަރު ޕްރޮޑިއުސް ކުރި "އެވަޓާ" އާއި 2022 ވަނަ އަހަރު ޕްރޮޑިއުސްކުރިއެވަޓާ: ދަ ވޭ އޮފް ވޯޓަރ"، ވަނީ ޓައިޓެނިކްގެ ރެކޯޑު މުގުރާލާފައެވެ.

ލަންޑައުއަކީ 2025 ވަނަ ނެރުމަށް ފަސްކުރި އަވަޓަރ ގެ ތިން ވަނަ ފިލްމް ގެ ވެސް ޕްރޮޑިއުސަރެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކާމިޔާބު އެތައް ފިލްމެއް ޕްރޮޑިއުސް ކުރި ލަންޑައުގެ މަރާއިއެކު، އެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ ގިނަ ފަރާތްތަކެއް ވަނީ އެކަމުގެ ހިތާމަ ފާޅުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.