ފުލުހުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ: ވޮއިސް
ހަބަރު
11 Jul 2024 | 18:22
ޕްރޮޖެކްޓަކަށް މުދާ ސަޕްލައި ކުރަން ކަމަށްބުނެ ކުންފުންޏެއްގެ އެކައުންޓުން 1.9 މިލިއަން ރުފިޔާ ފޭރިއްޖެ

ޕްރޮޖެކްޓަކަށް މުދާ ސަޕްލައި ކުރަން ކަމަށްބުނެ ކުންފުންޏެއްގެ އެކައުންޓުން 1.9 މިލިއަން ރުފިޔާ ފޭރިގެންފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ 1.9 މިލިއަން ރުފިޔާގެ ސްކޭމްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަން ހާމަކޮށްފައެވެ.

މިއީ  18 ޖޫން 2024 ވަނަ ދުވަހު ވިޔަފާރި ކުންފުންޏެއްގެ ހިއްސާދާރަކަށް ކާކުކަން ނޭނގޭ ފަރާތަކުން ގުޅައި ވައިބަރ އަދި ވަޓްސްއަޕް މެދުވެރިކޮށް ޕްރޮޖެކްޓަކަށް މުދާ ސަޕްލައި ކުރަން ބޭނުން ކަމަށް ބުނެ އެ މުއާމަލާތުގެ ތެރޭގައި އޮޅުވާލައިގެން ވެންޑާ ރަޖިސްޓްރީ ކުރުމަށް އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދައި އީމެއިލް ކޮންޕްރޮމައިޒްކޮށް އިންޓަނެޓް ބޭންކިންގެ އެކްސެސް މެދުވެރިކޮށް ވިކްޓިމްގެ އެކައުންޓަށް އެކްސަސްވެ އެކައުންޓުން ގާތްގަނޑަކަށް 25000 ރުފިޔާ އަދި ވިޔަފާރީގެ އެކައުންޓުން 1،897،016 ރުފިޔާ ފޭރިގަތް މައްސަލައެކެވެ.

މިފައިސާގެ ތެރެއިން ޖުމްލަ 548،865 ރުފިޔާ ރިކަވަރ ކުރެވި، މިފައިސާ ގެއްލުންވި ފަރާތަށް ރައްދު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެކަކު ހައްޔަރުކޮށްފައެވެ.

"މިމައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ 2024 ޖޫން 18 ވަނަ ދުވަހުގެ ގާތްގަނޑަކަށް 17:15 ހާއިރު. މިކަން ހިނގިއިރު ކުންފުނީގެ އެކައުންޓުގައި ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާ ހުރި. ކުންފުނީގެ ހިއްސާދާރަށް އެކައުންޓުގައި ފައިސާ މަދުކަން ފާހަގަކުރެވި އެކަން ބޭންކަށް އަންގައި ސްކޭމް ހުއްޓުވުނުއިރު އެކައުންޓުން ގާތްގަނޑަކަށް ސަލާމަތް ކުރެވުނީ އަށްލައްކަ ރުފިޔާ. މިއީ ގާތްގަނޑަކަށް 32 އިންސައްތަ"

ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލު ދެއްވަމުން، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އެދުވަހުގެ 17:15 ގައި ކަމަށާއި، ބޭންކަށް އަންގާފައިވަނީ 15:58 ގައި ކަމަށެވެ.

ނަވީދު ވިދާޅުވީ، މިފައިސާ ކުންފުނީގެ އެކައުންޓުން ބޭރުކުރުމަށް ޖުމްލަ 56 ޓްރާންސެކްޝަނެއް ހަދާފައިވާ ކަމަށާއި، ފައިސާ 50 އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

އެގޮތުން، މި 50 އެކައުންޓްގެ ތެރެއިން 36 އެކައުންޓެއް އެކައުންޓަށް ޖަވާމި ފައިސާ އޭޓީއެމް މެދުވެރިކޮށް ނަގާފައިވާ ކަމަށާއި، މި 50 އެކައުންޓްގެ ތެރެއިން 36 އެކައުންޓަށް ޖަވާމި ފައިސާ އޭޓީއެމް މެދުވެރިކޮށް ނަގާފައިވާކަމަށް ނަވީދު ވިދާޅުވިއެވެ. އަދި ބޭންކްގައި ދައުރުވި ފައިސާގެ ތެރެއިން އެއްލައްކަ ރުފިޔާ ހޯލްޑް ކުރެވިފައިވާކަން ވެސް ނަވީދު ފާހަގަކުރެއްވިއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.