ޑރ. ޢަލީ ނަޞީރު މުޙައްމަދު-- ފޮޓޯ: ޚާރިޖީ ވުޒާރާ
ހަބަރު
13 Jul 2024 | 10:04
ފަލަސްތީނަށް އެހީވުމަށް ރާއްޖެއިން 1.29 މިލިއަން އަށްވުރެ ގިނަ ޑޮލަރު ހަދިޔާކުރަނީ

ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީވުމަށް ރާއްޖެއިން 1.29 މިލިއަން އަށްވުރެ ގިނަ ޑޮލަރު ހަދިޔާކުރަން ހަމަޖެހިއްޖެއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އދގެ މައި އޮފީހުގައި މިއަދު ބޭއްވުނު ޔޫއެންއާރްޑަބްލިޔޫއޭ ގެ ޕްލެޖިންގ ކޮންފަރެންސްގައި ދިވެހިރާއްޖެއިން 1.29 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދެއް ފަލަސްޠީނަށް އެހީގެ ގޮތުގައި ދޭނެކަމަށް އިޢުލާނުކޮށްފައިވާ ކަމަށެވެ.

މިކަން ހާމަކޮށްފައިމިވަނީ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު ދެއްވި ބަޔާނެއްގައެވެ. ރާއްޖޭން މި އެހީ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ޔޫއެންއާރްޑަބްލިޔޫއޭ މެދުވެރިކޮށެވެ.

ޑރ. ޢަލީ ނަޞީރު މުޙައްމަދު ދެއްވި ބަޔާނުގައި އެބޭފުޅާ ވިދާޅުވީ، ދިވެހި ސަރުކާރުން ކޮންމެ އަހަރަކުވެސް ޔޫއެންއާރްޑަބްލިޔޫއޭއަށް ދޭ އެހީ 5،000 ޑޮލަރުން 50،000 ޑޮލަރަށް އިތުރުކުރަން ނިންމާފައިވާކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ އިރުޝާދުގެ ދަށުން، ފަލަސްޠީނުގެ ރައްޔިތުންނާއިއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމަށްޓަކައި ގައުމީ ފެންވަރުގައި ބޭއްވި "ފަލަސްތީނާއިއެކު ދިވެހިން" ޓެލެތޯނުން އާންމު ރައްޔިތުންގެ ފަރާތުން 18.4 މިލިއަން ދިވެހި ރުފިޔާ އާއި 49،800 އެމެރިކާ ޑޮލަރު އެއްކުރެވި، މި ފައިސާ ޔޫއެންއާރްޑަބްލިޔޫއޭ މެދުވެރިކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކުރެވޭނެ ކަމަށް ވެސް ޑރ. ޢަލީ ނަޞީރު މުޙައްމަދު ވިދާޅުވިއެވެ.

މި ކޮންފަރެންސްގެ ތެރެއިން، ޑރ. ޢަލީ ނަޞީރު މުޙައްމަދު ވަނީ ޣައްޒާގައި އިންސާނީ ހާލަތު ވަރަށް ނާޒުކުވެފައިވާ ދަނޑިވަޅެއްގައި، ފަލަސްޠީނުގެ ރައްޔިތުންނަށް މުހިންމު ޚިދުމަތްތަކާއި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޔޫއެންއާރްޑަބްލިޔޫއޭ އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، މި މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް  ޔޫއެންއާރްޑަބްލިޔޫއޭއަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަދާކުރަންޖެހޭ މާލީ އަދި ސިޔާސީ ޒިންމާތައް އަދާކުރުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.