ޣައްޒާއަށް ޔަހޫދީން ދިން ހަމަލާގައި ޝަހީދުކޮށްލި މީހެއް-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
13 Jul 2024 | 10:22
ގަތުލުއާއްމުގައި ޝަހީދުކޮށްލި 60 އަށްވުރެ ގިނަ މީހުންގެ ހަށިތައް ޣައްޒާއިން ފެނިއްޖެ

ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާއްމުގައި ޝަހީދުކޮށްލި 60 އަށްވުރެ ގިނަ މީހުންގެ ހަށިތައް ޣައްޒާގެ ބައެއް ސަރަހައްދުތަކުން ފެނިއްޖެއެވެ.

މިގޮތުން، ޣައްޒާގެ ތަލް އަލް-ހަވާ ސަރަޙައްދުން ގިނަ އަދަދެއްގެ ޝަހީދުންގެ ހަށިތައް ފެނިފައިވާކަމަށް ޣައްޒާގައި މަސައްކަތްކުރާ އެހީތެރިން ވަނީ ބުނެފައެވެ.

ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބަސަލް ވިދާޅުވީ، ޣައްޒާގެ ސިވިލް ޑިފެންސް ޓީމުން އެ ސަރަހައްދުގައި ސަލާމަތުން ތިބި މީހުން ސަލާމަތްކުރުމަށް ދިޔަކަމަށާއި، އެ މަސައްކަތުގެ ތެރެއިން އެމީހުންނަށް ހަމަލާތަކުގައި ޝަހީދުވެފައިވާ ގިނަ އަދަދެެއްގެ މީހުންގެ ހަށިތައް ފެނުނު ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އާއިލާތަކާއި، އަންހެނުންނާއި ކުޑަކުދިންކަމަށާއި، ޝަހީދުވެފައިވާ ބައެއް މީހުންގެ ހަށިތައް ކުއްތާތަކުގެ ޝިކާރައަކަށް ވެފައިވާކަމަށް ވެސް މަޙްމޫދު ބަސަލް ވިދާޅުވިއެވެ.

ބަސަލް ވިދާޅުވީ، އެމީހުން ގުނިއިރު، ޝަހީދުވެފައިވާ 60 ހަށިގަނޑެއް ފެނިފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ހަށިތައް އެތަނުގައި ވަޅުލައި، އަނެއް ބައި ހަށިތައް ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންދެވުނު ކަމަށެވެ. އަދިވެސް ގިނަ ބައެއްގެ ހަށިތައް ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ހުރި ކަމަށާއި، ޔަހޫދީން އެ ސަރަހައްދާއި ކައިރީގައި ތިބެ، މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ހުރަސް އަޅަމުންދާކަމަށް ވެސް ބަސަލް ވިދާޅުވިއެވެ.

މި ސަރަހައްދުގެ އިތުރުންވެސް، ޣައްޒާގެ ޝުޖާއިއްޔާ ސަރަޙައްދުން ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފޭބުމާއިއެކު، މިދިޔަ ބުރާސްފަތި ދުވަހު އެ ސަރަހައްދަށް ދިޔަ ޣައްޒާގެ ސިވިލް ޑިފެންސް ޓީމުތަކުން ވަނީ ޝަހީދުވެފައިވާ ގިނަ އަދަދެއްގެ ހަށިތައް ހޯދާފައެވެ. މި ސަރަހައްދު އެއްކޮށް ސުންނާފަތިކޮށްލާފައިވާއިރު، ބަސަލް ވިދާޅުވީ، އެ ސަރަހައްދަކީ މިހާރު ދިރިއުޅެން ކުޅަދާނަ ސަރަހައްދެއް ނޫންކަމަށެވެ.

ބަސަލް ވިދާޅުވީ، އެ ސަރަޙައްދުގައި ތިބި ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީން ބަޑިޖަހާފައިވާކަން ލިޔެކިޔުމުން ފެންނަން ހުރި ކަމަށެވެ.

ޣައްޒާ ސިޓީގެ އިތުރުން ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސަށް ވެސް ޔަހޫދީ ފައުޖުން ވަނީ ލާއިންސާނީ ހަމަލާތަކެއް އަމާޒުކޮށް، އެތައް ބަޔަކު ޝަހީދުކޮށްލާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް އަރައިގަނެ، ހިންގަމުން އަންނަ ގަތުލުއާއްމަށް ނުވަ މަސް ވެފައިވާއިރު، މި އުދުވާންގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 38,345 އަށް އަރާފައެވެ. އަދި ހަމަލާތަކާއި ގުޅިގެން  88,295 މީހުން ވަނީ މިހާތަނަށް ޒަހަމްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.