ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަމީޒް --- ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
13 Jul 2024 | 22:29
މާރަންދޫ ކައުންސިލްގެ ނައިބު ރައީސް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ހއ. މާރަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަމީޒް (40) އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ މިއަދު ހަވީރު މާރަންދޫގައި ކުޅުނު ފުޓުބޯޅަ މެޗަކަށް ފަހު ހާލު ސީރިއަސްވުމުންނެވެ.

މާރަންދޫ ކައުންސިލް މެމްބަރު ހުސެން އާދަމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ހަވީރު މާރަންދޫއާއި ހދ. ނެއްލައިދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅުނެވެ. މި މެޗުގެ ފަހު ހާފުގައި ރަމީޒް ކުޅުއްވި ނަމަވެސް، މާބޮޑަށް ވަރުބަލިވުމާ ގުޅިގެން ދަނޑުން ފައިބާ ބެންޗްގައި މަޑުކުރެއްވިއެވެ.

"ބެންޗުގައި އިނދެފައި ވެސް ހޮޑުލި. ދެން މާބޮޑަށް ހާލު ދަށްވާތީ ރަށުގެ ސިއްހީ މަރުކަޒަށް ގެންދިޔައީ. ވަކި ހިސާބަކުން ހޭ ވެސް ނެތުނު،" ހުސެން އާދަމް ވިދާޅުވިއެވެ.

ހާލު އިތުރަށް ގޯސްވުމާ ގުޅިގެން ރަމީޒަށް ފަރުވާ ދިނުމަށް ދިއްދޫ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، މިރޭ 8:00 ގެ ފަހުން އޭނާ އަވަހާރަވެފައިވާ ކަމަށް ހުސެން ވިދާޅުވިއެވެ.

އަވަހާރަވި އިރު ރަމީޒްގެ އަނބިކަނބަލަކާއި ތިން ދަރިން ދުނިޔޭގައި ތިއްބެވިއެވެ. އޭނާގެ ހަށިކޮޅު ވަޅުލުމުގެ އިންތިޒާމުތައް މިހާރު ކުރިއަށްދާ ކަމަށް މާރަންދޫ ކައުންސިލުން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.