ޓްރަމްޕް ގަޔަށް ބަޑިޖެހި ރެލީގެ ތެރެއިން:ފޮޓޯ/ އެމްބީސީ
ދުނިޔެ
14 Jul 2024 | 05:34
ޓްރަމްޕު ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަޔަށް ބަޑި ޖަހައި އޭނާ މަރާލަން އުޅެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ، ޕެންސިލްވޭނިއާގެ ބަޓްލޭގައި ބޭއްވުނު އޭނާގެ ރެލީއެއްގައެވެ. 

އެގޮތުން، އެ ރެލީގެ ތެރެއިން، ޓްރަމްޕް ސްޓޭޖުގައި ޗާޓެއް ދައްކަމުންދަނިކޮށް  އޭނާގެ ކަނާއަތު ކަންފަތަށް މީހަކުވަނީ ބަޑި ޖަހައިފައެވެ. އެއާއެކު، ސީކްރެޓް ސަރވިސްގެ އޭޖެންޓުން ސްޓޭޖަށް އަރައި، ސްޓޭޖުގެ ފަހަތަށް ޓްރަމްޕް ގެންދެވުފައިވާތަން ވީޑިއޯއިން ފެނުނެވެ.

ޓްރަމްޕް ކެމްޕޭން އޮފީހުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ "ރަނގަޅު" ކަމަށެވެ.

މީގެ އިތުރުން، ބަޑިޖެހި މީހަކާއި އެ ރެލީއަށް ދިޔަ މީހަކު މަރުވެފައިވާކަމަށް ބަޓްލަރ ކައުންޓީގެ ޑިސްޓްރިކްޓް އެޓަރނީ ބުނެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. 

މި ހާދިސާއާއި ގުޅުގެން އެކިއެކި ސިޔާސީ ލީޑަރުން އަންނަނީ ޓްރަމްޕަށް ހިތްވަރުދީ މެސެޖުތައް ފޮނުވަމުންނެވެ.

އެގޮތުން، އެމެރިކާގެ ރައީސް ބައިޑެން ވަނީ "މިފަދަ އަނިޔާވެރިކަމަށް އެމެރިކާގައި ޖާގައެއް ނުދެވޭނެ" ކަމަށް ބުނެފައެވެ.

މި ރެލީއަކީ އަންނަ ހަފްތާގައި ވިސްކޮންސިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޕަބްލިކަން ނެޝަނަލް ކޮންވެންޝަނުގެ ކުރިން ޓްރަމްޕް ބާއްވާ އެންމެ ފަހު ރެލީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.