އޭސީސީގެ ރައީސް އާދަމް ޝާމިލް-- ފޮޓޯ: އޭސީސީ
ހަބަރު
15 Jul 2024 | 15:07
ސަރުކާރުގެ ކުންފުނިތަކާ ގުޅުންހުރި 896 މައްސަލައެއް ދަނީ ބަލަމުން: އޭސީސީ

ސަރުކާރުގެ ކުންފުނިތަކާ ގުޅުންހުރި 896 މައްސަލައެއް ބަލަމުން އަންނަކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެ ކޮމިޝަނުން ދެ މަރުހަލާއަކަށް ބަހާލައިގެން މައްސަލަތައް ބަލާކަމަށާއި، އެއީ ޕްރިމިލަނީ މަރުހަލާއާއި، ތަހުގީގު ކުރާ މަރުހަލާ ކަމަށެވެ.

ޝާމިލް ވިދާޅުވީ، މިމަރުހަލާތަކުގެ ތެރެއިން ޕްރިމިލަނީ މަރުހަލާގައި ސަރުކާރުގެ ކުންފުނިތަކާ ގުޅުންހުރި 316 މައްސަލައެއް އޮތް ކަމަށާއި ތަހުގީގު ކުރާ މަރުހަލާގައި 580 މައްސަލަ އެބަ އޮތް ކަމަށެވެ.

މިއީ ކަންބޮޑުވާން ޖެހޭ ވަރުގެ އަދަދެއްކަން ފާހަގަކުރައްވާ ޝާމިލް ވިދާޅުވީ، މީގެ ތެރެއިން ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި، އޭސީސީއަށް ވަރަށް ހައްސާސީ ދެ ވަގުތެއް އައިސްފައިވާ ކަމަށެވެ. އެއީ ނިމިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބޭއްވުންކަމަށާއި، އެދުވަސްވަރު އެހެން އިންތިހާބުތަކެކޭވެސް އެއްފަދައިން އެ ދުވަސްވަރު އޭސީސީއަށް ވަރަށް ގިނަ މައްސަލަތައް ހުށަހެޅުނު ކަމަށެވެ.

"މިއީ ކަންބޮޑުވާން ޖެހޭ ވަރުގެ އަދަދެއް. މީގެ ތެރެއިން އަދި އަޅުގަނޑު ޚާއްސަކޮށް ފާހަގަކޮށްލަން ފާއިތުވެ މިދިޔަ ފަސް އަހަރު ތެރޭގައި އަޅުގަނޑުމެންނަށް، ވަކިން ޚާއްސަކޮށް އަޅުގަނޑުމެން މި މަސައްކަތާ ހަވާލުވި ފަހުން މި ހޭދަވި ވަގުތުގައި އެބައޮތް ވަރަށް ހައްސާސީ ދެ ވަގުތެއް އައިސްފައި،"

ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ، އެދުވަސްވަރު އޭސީސީއަށް ފަސޭހައިން މައްސަލަތައް ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުމާއިއެކު، ހުށަހެޅުނު މައްސަލަތައް އިތުރުވި ކަމަށެވެ.

އޭސީސީގެ މައިގަނޑު ދައުރަކީ މައްސަލަތައް ތަހުގީގުކުރުން ކަމަށްވާއިރު، ދައުވާ ކުރާ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
އިމްތިޙާނު ހޯލަށް ވަނުމުގެ ކުރިން ވިސްނުން ބަހައްޓަންވީ ކޮންކަމަކަށް؟
އިމްތިޙާނުގެ ކާމިޔާބީއަކީ ހަމައެކަނި ފިލާވަޅު ދަސްކުރުން އެކަންޏެއް ނޫނެވެ. އެއީ ސިކުނޑިއާއި، ހަށިގަނޑާއި، ހިތް އެކަމަށް ތައްޔާރުކުރުމެވެ
30 Jun 2026
ފްރާންސުން ފާސްޓް ފެޝަން ޖޫރިމަނާ ކުރަނީ
ޝީން ޓީމޫ އެލިއެކްސްޕްރެސް ފަދަ އޮންލައިން ފާސްޓް ފެޝަން ކުންފުނިތަކުން ކޮންމެ ޕްރޮޑަކްޓަކަށް 10 ޔޫރޯއާ ހަމައަށް ޖޫރިމަނާ ދައްކަން ޖެހޭނެ ޤާނޫނެއް ފްރާންސް ސެނެޓުން ފާސްކޮށް އިޝްތިހާރު ކުރުން މަނާކޮށްފި
30 Jun 2026
މައްޗަންގޯޅި ގެއެއްގައި އަލިފާނުގެ ހާދިސާއެއް
އެމްއެންޑީއެފުން ބުނީ، ރޯވީ އެގޭގެ ބަދިގެއާ ސިޓިންރޫމް ހިމެނޭ ބައިގައިހުރި ކަބަޑެއްގެ ތިރީގައި ކަމަށެވެ.
30 Jun 2026
މޮރޯކޯއިން ނެދަލޭންޑްސްގެ މައްޗަށް ކުރި ހޯދައި ގަދަ 16 އަށް
މުބާރާތުގައި މޮރޯކޯ ދެން ނިކުންނާނީ، އަންނަ ހޮނިހިރުދުވަހު، ކެނެޑާ އާ ދެކޮޅަށެވެ.
30 Jun 2026
ޓާޓާގެ ޑޭޓާ ލީކުން އައިފޯން 18 ޕްރޯގެ ސިއްރު ކޮމްޕޯނެންޓް ލިސްޓު ހާމަވެއްޖެ
ލީކުވި ފައިލްތަކުގެ ތެރޭގައި އެޕަލްގެ "ކޮންފިޑެންޝަލް" ވޯޓާމާކް ޖެހި ފައިލްތައް ހިމެނޭ ކަމަށާއި އައިފޯން 18 ޕްރޯ ޖީލާ ދިމާވާ އެޕަލްގެ އިންޓާނަލް ކޯޑް ނަންތައް ވެސް ހުރި ކަމަށް މި ކަމާ ބެހޭ މައުލޫމާތު އެނގޭ ފަރާތުން ބުނެފައިވެއެވެ. އައިފޯން 18 ޕްރޯ ފައިލްތަކުގެ ފޯލްޑަރުގައި 2026 ގެ ކުރީކޮޅުގެ ތާރީޚު ޖެހި ޓާޓާގެ ޕްލާންޓެއްގައި ޑްރޮޕް ޓެސްޓް ހަދަމުންދާ އައިފޯންތަކުގެ ފޮޓޯ ވެސް ހިމެނެއެވެ. އެ ފޮޓޯތަކުން ފެންނަނީ ތިން ފަހަތު ކެމެރާ ސެޓަޕެއް ހިމެނޭ އެޕަލް ލޯގޯ ޖެހި އާދައިގެ ސްލެބް ބައްޓަމެއްގެ ގްރޭ ކުލައިގެ ހެންޑްސެޓެއް ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.
30 Jun 2026
ވަޓްސްއެޕްގައި ޔޫޒާނޭމް ފީޗާ ތަޢާރަފު ކުރަނީ
ވަޓްސްއެޕުން ފޯނު ނަންބަރު ހިއްސާ ނުކޮށް ޔޫޒާނޭމް މެދުވެރިކޮށް ޗެޓް ކުރެވޭ ފީޗާއެއް ތަޢާރަފު ކުރަމުން އަންނައިރު، މި ފީޗާ މަދު މަސްތަކެއްގެ ތެރޭގައި ތިން ބިލިއަން ޔޫޒަރުންނަށް ލިބޭނެއެވެ.
30 Jun 2026
ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށް ޕަރަގުއޭ އަނެއްބުރަށް
މިއީ ވޯރލްޑް ކަޕްގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޕެނަލްޓީ ޖަހައިގެން ޖަރުމަން ބަލި ފުރަތަމަ ފަހަރެވެ
30 Jun 2026
ފަހަތުން އަރައި ޖަޕާނު ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
މެޗުން ބްރެޒިލް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި މާޓިނެލީއެވެ. މި މުބާރާތުގައި ދެން ބްރެޒިލް ނިކުންނާނީ، އައިވަރީ ކޯސްޓާއި ނޯވޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ