26 Mar 2019 | 14:54
ޕީޕީއެމްގެ ތުޅާދޫ ދާއިރާގެ ކެނޑިޑޭޓް އަތީފަށް ކުރި ތާއިދު ނަގައިފި

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްއިން ބ.ތުޅާދޫ ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓްކަމުގައިވާ މުހައްމަދު އަތީފަށް ޕްރޮގްރެސިވް ކޯލިޝަނުން ކުރި ތާއިދު އަނބުރާ ގެންގޮސްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަަވަމުން ޕީއެންސީގެ ވަގުތީ ރައީސް އަދި ފޮަނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ތުޅާދޫ ދާއިރާއަށް އެކޯލިޝަނުން ތާއިދުކުރި ކެނޑިޑޭޓްކަމުގައިވާ އަތީފަށް ކުރަމުންދިޔަ ތާއިދު އަނބުރާ ނަގައި، އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ މުހައްމަދު ޒަހީނަށް ތާއިދުކުރަން ނިންމާފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ އަތީފްގެ މައްސަލައެއް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ބަލަމުންދާ ކަމަށެވެ. އެގޮތުން ޕާޓީގެ އިސްފަރާތްތަކުން ޕީޕީއެމްގެ އޮފީހަށް ވަނުމަށް އަތީފް ހުރަސްއަޅުއްވާފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އަތީފާއި ޒަހީންގެ އިތުރުން ތުޅާދޫ ދާއިރާއަށް ދެން ކުރިމަތިލައްވަނީ ރައީސް މައުމޫނުގެ ތާއީދާއެކު ކުރިމަތިލައްވާ އަމިއްލަ ކެންޑިޑޭޓު އިބްރާހިމް އަފީފު، އަދި އެމްޑީޕީގެ ކެންޑިޑޭޓު ހިސާން ހުސައިނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Jun 2026
ޕީއެންސީގެ މަތީމަޖިލިސް ސެޕްޓެންބަރު 15ގައި
ވެރިކަންކުރާ ޕީއެންސީގެ މަތީ މަޖިލިސް (ކޮންގްރެސް) ސެޕްޓެންބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ނިންމައިފިއެވެ.
15 Jun 2026
ހިޔާ ޓަވަރު ތަކުގައި އިތުރު ލިފްޓު ހުޅުވައިފި
ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފި އެވެ. ކޮންމެ ޓަވަރެއްގައި ހަރުކުރީ ސްޓްރެޗާ އެރުވޭވަރުގެ 21 މީހުންގެ ޖާގަ ހުންނަ ބޮޑެތި ލިފްޓުތަކެވެ.
15 Jun 2026
ޕޭޕަލް ރާއްޖެއަށް ތަޢާރަފް ކުރުމަކީ ނުވާނެ ކަމެއް ކަމަށް ބުނި
ދިވެހިރާއްޖޭގައި ޕޭޕަލް ގެ ޚިދުމަތް ތަޢާރަފްކުރަން މަސައްކަތް ކުރުމުން އެއީ ނުވާނެ ކަމެއް ކަމުގައި ބުނެ ބައެއް ފަރާތްތަކުން ވާހަކަދެއްކި ކަމަށާ، ނަމަވެސް އެކަން ހާސިލް ކުރެވުނީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ހިކުމަތްތެރިކަމުގެ ސަބަބުން ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
15 Jun 2026
ޔޫއޭއީ ސަފީރަކަށް ޠާރިޤް، ޤަތަރަށް އާދަމް އައްޔަނުކުރަން ރުހުން ދީފި
އެ ދެ ބޭފުޅުން ސަފީރު ކަމަށް އައްޔަނުކުރަން ފެނޭތޯ މިއަދު ނެގި ވޯޓްގައި 57 މެންބަރުން ވަނީ ފެންނަ ކަމަށް ވޯޓް ދެއްވާފަ އެވެ.
15 Jun 2026
އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ
މި ސަރުކާރުން ދަނީ އާރުސީސީއާ ހަވާލުކޮށްގެން އަރަބިއްޔާ ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކުރީގެ އެއްނަންބަރު ކުނިކޮށި ހުރި ބިމުގައި އެ ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް އާރުސީސީން ދަނީ ބާރު ސްޕީޑްގައި ކުރަމުންނެވެ.
15 Jun 2026
ޝަކީލް އީސީ މެމްބަރު ކަމަށް އައްޔަނުކުރަން މަޖިލީހަށް
އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އައްޔަން ކުރުމަށްޓަކައި މަޖިލީހަށް ފޮނުވައިފި އެވެ.
15 Jun 2026
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން އަލުން ކަނޑައަޅައިފި
މި ލިސްޓް އަލުން އެކުލާވާލީ ކުރީގެ ލިސްޓްގައި ހިމެނިވަޑައިގަންނަވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް, މަޖިލީހުގެ ނާއިބު ރައީސް ކަމަށް އިންތިހާބު ކުރުމާއި ގުޅިގެންނެވެ.
15 Jun 2026
އަމަޑްގެ ގޯލުން އައިވަރީ ކޯސްޓައް މޮޅެއް
މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް އަމަޑް ޑިއާލޯ ވޯލްޑް ކަޕްގައި އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި 90 ވަނަ މިނެޓުގައި ޖެހި ގޯލުން އައިވަރީ ކޯސްޓް 1-0 އިން މޮޅުވެ ނޮކައުޓް ބުރުގެ އުންމީދު ބޮޑުކުރުވައިދިނެވެ.