އޭސީސީ މެމްބަރުން ކޮމިޓީގައި-- ފޮޓޯ: މަޖިލިސް
ހަބަރު
15 Jul 2024 | 16:22
ފެނަކައިގެ ކުރީގެ ވެރިންނަށް ތުހުމަތުކުރެވޭ ބޮޑު 6 މައްސަލައެއް ދަނީ ބަލަމުން: އޭސީސީ

ކުރީ ސަރުކާރުގައި ފެނަކައިގެ އިސްވެރިންގެ މައްޗަށް ތުހުމަތުކުރެވޭ ބޮޑު 6 މައްސަލައެއް ބަލަމުންދާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ފެނަކައިގެ އިސްވެރިންގެ ގޮތުގައި ތިއްވެވި ބައެއް ބޭފުޅުންނާއި މެދު އާދަޔާ ޚިލާފަށް ގިނައިން ޝަކުވާ ލިބިފައިވާ ކަމަށެވެ.

"ޖުމްލަކޮށް ދަންނަވާކަމަށްވަންޏާ އަޅުގަނޑުމެންނަށް ފެނަކަ ކޯޕަރޭޝަން މިދިޔަ މެނޭޖްމަންޓާއި ގުޅޭ ގޮތުން ހަމަ ޝަކުވާ އާދަޔާ ޚިލާފަށް ގިނައިން، ލިބިފައި އެބަހުރި."

ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ، އޭގެ ތެރެއިން އޭރުގައި ފެނަކައިގައި ތިބި ވެރިންނަށް ތުހުމަތުކުރެވޭ 6 މައްސަލައެއް ބަލަމުންދާކަމަށާއި، އެ މައްސަލަތައް ހުށަހަޅާއިރު އެ ހިމެނޭ މައުލޫމާތަށް ބަލާލުމުން އެ 6 މައްސަލައަކީ ހަޤީގަތުގައި ވަރަށް ބޮޑެތި މައްސަލަތައް ކަމަށެވެ.

މި މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވަނީ ފެނަކައިން ނޫންކަމަށާއި، ޝަކުވާތައް ލިބުނުއިރުވެސް އެ މައްސަލަތައް އޭސީސީއަށް މީޑިޔާތަކުން ނަގައިގަނެވުނު ކަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ، އެކަމާއި ގުޅޭ މައުލޫމާތު ފެނަކައިން ލިބުން ލަސްވުމުން ފެނަކައަށް ވަދެ ބަލާ ފާސްކޮށް ކޮމިޝަނަށް ބޭނުންވާ ހުރިހާ މައުލޫމާތު މިހާރު ހޯދާފައިވާ ކަމަށާއި މިކަމާއި ގުޅޭ މައުލޫމާތު ފެނަކައިން އެކޮމިޝަނަށް ފޯރުކޮށްދިނުމުގައި ވަރަށް ލަސްވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
އިމްތިޙާނު ހޯލަށް ވަނުމުގެ ކުރިން ވިސްނުން ބަހައްޓަންވީ ކޮންކަމަކަށް؟
އިމްތިޙާނުގެ ކާމިޔާބީއަކީ ހަމައެކަނި ފިލާވަޅު ދަސްކުރުން އެކަންޏެއް ނޫނެވެ. އެއީ ސިކުނޑިއާއި، ހަށިގަނޑާއި، ހިތް އެކަމަށް ތައްޔާރުކުރުމެވެ
30 Jun 2026
ފްރާންސުން ފާސްޓް ފެޝަން ޖޫރިމަނާ ކުރަނީ
ޝީން ޓީމޫ އެލިއެކްސްޕްރެސް ފަދަ އޮންލައިން ފާސްޓް ފެޝަން ކުންފުނިތަކުން ކޮންމެ ޕްރޮޑަކްޓަކަށް 10 ޔޫރޯއާ ހަމައަށް ޖޫރިމަނާ ދައްކަން ޖެހޭނެ ޤާނޫނެއް ފްރާންސް ސެނެޓުން ފާސްކޮށް އިޝްތިހާރު ކުރުން މަނާކޮށްފި
30 Jun 2026
މައްޗަންގޯޅި ގެއެއްގައި އަލިފާނުގެ ހާދިސާއެއް
އެމްއެންޑީއެފުން ބުނީ، ރޯވީ އެގޭގެ ބަދިގެއާ ސިޓިންރޫމް ހިމެނޭ ބައިގައިހުރި ކަބަޑެއްގެ ތިރީގައި ކަމަށެވެ.
30 Jun 2026
މޮރޯކޯއިން ނެދަލޭންޑްސްގެ މައްޗަށް ކުރި ހޯދައި ގަދަ 16 އަށް
މުބާރާތުގައި މޮރޯކޯ ދެން ނިކުންނާނީ، އަންނަ ހޮނިހިރުދުވަހު، ކެނެޑާ އާ ދެކޮޅަށެވެ.
30 Jun 2026
ޓާޓާގެ ޑޭޓާ ލީކުން އައިފޯން 18 ޕްރޯގެ ސިއްރު ކޮމްޕޯނެންޓް ލިސްޓު ހާމަވެއްޖެ
ލީކުވި ފައިލްތަކުގެ ތެރޭގައި އެޕަލްގެ "ކޮންފިޑެންޝަލް" ވޯޓާމާކް ޖެހި ފައިލްތައް ހިމެނޭ ކަމަށާއި އައިފޯން 18 ޕްރޯ ޖީލާ ދިމާވާ އެޕަލްގެ އިންޓާނަލް ކޯޑް ނަންތައް ވެސް ހުރި ކަމަށް މި ކަމާ ބެހޭ މައުލޫމާތު އެނގޭ ފަރާތުން ބުނެފައިވެއެވެ. އައިފޯން 18 ޕްރޯ ފައިލްތަކުގެ ފޯލްޑަރުގައި 2026 ގެ ކުރީކޮޅުގެ ތާރީޚު ޖެހި ޓާޓާގެ ޕްލާންޓެއްގައި ޑްރޮޕް ޓެސްޓް ހަދަމުންދާ އައިފޯންތަކުގެ ފޮޓޯ ވެސް ހިމެނެއެވެ. އެ ފޮޓޯތަކުން ފެންނަނީ ތިން ފަހަތު ކެމެރާ ސެޓަޕެއް ހިމެނޭ އެޕަލް ލޯގޯ ޖެހި އާދައިގެ ސްލެބް ބައްޓަމެއްގެ ގްރޭ ކުލައިގެ ހެންޑްސެޓެއް ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.
30 Jun 2026
ވަޓްސްއެޕްގައި ޔޫޒާނޭމް ފީޗާ ތަޢާރަފު ކުރަނީ
ވަޓްސްއެޕުން ފޯނު ނަންބަރު ހިއްސާ ނުކޮށް ޔޫޒާނޭމް މެދުވެރިކޮށް ޗެޓް ކުރެވޭ ފީޗާއެއް ތަޢާރަފު ކުރަމުން އަންނައިރު، މި ފީޗާ މަދު މަސްތަކެއްގެ ތެރޭގައި ތިން ބިލިއަން ޔޫޒަރުންނަށް ލިބޭނެއެވެ.
30 Jun 2026
ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށް ޕަރަގުއޭ އަނެއްބުރަށް
މިއީ ވޯރލްޑް ކަޕްގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޕެނަލްޓީ ޖަހައިގެން ޖަރުމަން ބަލި ފުރަތަމަ ފަހަރެވެ
30 Jun 2026
ފަހަތުން އަރައި ޖަޕާނު ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
މެޗުން ބްރެޒިލް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި މާޓިނެލީއެވެ. މި މުބާރާތުގައި ދެން ބްރެޒިލް ނިކުންނާނީ، އައިވަރީ ކޯސްޓާއި ނޯވޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ