ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ދަނީ:
ހަބަރު
15 Jul 2024 | 22:38
ފެނަކަ އަށް ކުރިއަށް ނުގެންދެވި ހުއްޓިފައި ހުރި މަޝްރޫޢުތައް އެމްޑަބްލިޔުއެސްސީއާ ހަވާލު ކުރަނީ!

ކުރީ ސަރުކާރުން ފެނަކައާއި ހަވާލުކޮށް، އެކުންފުންޏަށް ކުރިއަށް ނުގެންދެވި ހުއްޓިފައި ހުރި މަޝްރޫޢުތައް އެމްޑަބްލިޔުއެސްސީ އާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމާރާތް ކުރުމާއި، ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު މުއްޠަލިބާއި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ގިނަ މެންބަރުންތަކެއް ވަނީ އެ ދާއިރާ ތަކުގައި ހުއްޓިފައި ހުރި މަޝްރޫއުތައް ފެށޭނެ އިރަކާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ. 

އެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، މިހާރު ރާައްޖޭގެ އެކި ކަންކޮޅުތަކުގައި 80 އަށްވުރެ ގިނަ ފެނާއި ނަރުދަމާގެ މަޝްރޫޢު ކުރިއަށްދާ ކަމަށެވެ. 

އޭގެ ތެރެއިން ހުއްޓިފައި ހުރި މަޝްރޫޢު ތަކަކީ ފެނަކަ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުތައް ކަމަށާ، އެ މަޝްރޫއުތައް ހުއްޓިފައި ހުރުމުން، ފެނަކަ އާއިއެކު ހަދާފައި އޮތް އެއްބަސްވުން ބާތިލްކޮށް، މަޝްރޫއުތައް އެމްޑަބްލިޔުއެސްސީއާ ހަވާލު ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އިމާރާތް ކުރުމާއި، ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުالله މުއްޠަލިބު

އެއްކޮށް ހުއްޓިފައި، ނުވަތަ ކުރިއަށް ނުގޮސް ހުރި (ފެނާއި ނަރުދަމާގެ) މަޝްރޫޢު ތަކަކީ ފެނަކައާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ (މަޝްރޫޢު). ފެނަކަ އަކީ ކުރިން އެފަދަ މަސައްކަތް ކުރި ބައެއް ނޫން. ކުރީ ސަރުކާރުގައި އެބައޮތް 16 ރަށަކާއި އިތުރު ތިން ރަށެއްގެ މަރާމާތުގެ މަސައްކަތް ހަވާލުކޮށްފައި. ދެން އެބޭފުޅުން ސަބްކޮންޓްރެކްޓް ކޮށްގެން ކުރިއަށް ގެންދަނީ. އެހެންވެ އެއްވެސް ވަރަކަށް ކުރިއަށް ނުދާތީ މިހާރު އަޅުގަނޑުމެންވާނެ އެ އެއްޗެހި ޓާމިނޭޓް ކޮށްފައި. ޓާމިނޭޓް ކޮށްފައި، އެމްޑަބްލިޔުއެސްސީ ލައްވާ ސާވޭ ހަދާފައި، އަގު ހޯދާފައި، މިހާރު އެ މަޝްރޫޢުތައް ޓެންޑަރ ބޯޑަށް ހަވާލުކޮށްފައިވާނީ އެމްޑަބްލިޔުއެސްސީއާ ހަވާލު ކުރުމަށް. 

ވަޒީރު މުއްޠަލިބު

ފެނަކައިގެ މަޝްރޫޢުތައް ހުއްޓޭ މައްސަލަ ދިމާވާއިރު، ނިމިދިޔަ ސަރުކާރު ނިމުނުއިރު، އެ ކުންފުނީގެ ދަރަނި 4 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ކަމަށާ، އެކުންފުނިން ފައިސާ ދޭންޖެހި ނުދީ ހުރި އަމިއްލަ ވިޔަފާރިތަކުގެ އަދަދު 1،149 އަަށް އަރާކަމުގައި މި ސަރުކާރުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.