އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން، ފައްޔާޒު ނަޝީދާއި ސަލާމް ކުރައްވަނީ: ފޮޓޯ / މިހާރު
ހަބަރު
16 Jul 2024 | 11:13
ރާއްޖޭގެ ކަންކަން ގޯހަށް ދިޔަނުދީ ރަނގަޅު ކުރުމަށް ރައީސް ނަޝީދަކީ ވަރަށް މުހިންމު ބޭފުޅެއް: ފައްޔާޒު

ދިވެހި ރާއްޖޭގެ ކަންކަން ގޯހަށް ދިޔަޔަނުދީ ރަނގަޅު ކުރަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް މުހިންމު ބޭފުޅެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެސްއެސް ޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، 2019 ވަނައަހަރުގެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް ނަމަވެސް، ސަރުކާރަށް އިދިކޮޅު ފަރާތްތަކުން ފާޑު ވުދާޅުވާ މިންވަރަށް އެމްޑީޕީގެ މެންބަރުން ފާދުވިދާޅުވަމުން އައި ކަމަށެވެ. އެއާއެކު ޕާޓީގެ އެތެރޭގައި ހަމަނުޖެހުންތައް އުފެދި ބައިބައިވި ކަމަށް އޭނާ ވިދާޅުވުއެވެ. 

އަޅުގަނޑުމެންގެ ޕާޓީ ސްޕްލިޓް ވެގެން ދިޔަ ދިޔުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންނަށް އިންތިޚާބު ގެއްލުނު ސަބަބަކީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

އެމްޑީޕީ ބައިބައިވެ، އެޕާޓީގެ ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވައި، ވަކި ޕާޓީއެއް އުފައްދަވާފައިވާއިރު، އަލުން އެމަނިކުފާނާއިއެކު މަސައްކަތް ކުރައްވަން އެމްޑީޕީ ބޭނުންވާކަން ޕާޓީގެ ޅިޑަޝިޕްގެ ބޭފުޅުން ދައްކަވަމުންދާކަން ފާހަގަކޮށް ނަޝީދަކީ އެމްޑީޕީއަށް މުހިންމު ބޭފުޅެއްތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީ އުފެދުނީއްސުރެ ސިފަވެފައި އޮންނަނީ އެ ޕާޓީއަކީ ރައީސް ނަޝީދު ގޮތުގައި ކަމަށެވެ.

މިވީހާ ޒަމާނުގައި މި ޕާޓީއަކީ ރައީސް ނަޝީދު. އެގޮތަށް މި ސިފަވެފައި އޮންނަނީ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

ކަންމިހެން ހުރި ނަމަވެސް، އެމްޑީޕީ އުފެދުނީ އެފަދައިން ނޫން ކަމަށާ އެ ޕާޓީ އުފެދުނީ ސިޔާސީ ވަކި މަގުސަދުތަކެއް ވަކި ފިލޯސޮފީއެއްގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެކަން ބަދަލުވަމުންގޮސް ވަކި ލީޑަރަކާ ޕާޓީ ގުޅިފައި އޮތް ކަމަށާ އަދި ނަޝީދަކީ އަނިޔާވެރި ވެރިކަމެއް ނައްތާލުމަށް މަސައްކަތް ކުރެއްވި ލީޑަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ ކަންކަން އަދިވެސް ގޯހަށް ދިޔަނުދީ ރަނގަޅު ކުރުމަށްޓަކާ ރައީސް ނަޝީދަކީ ވަރަށް ވަރަށް މުހިންމު ބޭފުޅެއް،ވަރަށް ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ލިބިފައިހުރި ބޭފުޅެއް. މިހާރު އެމްޑީޕީން ވަކިވެވަޑައިގެން ހުންނެވި ނަމަވެސް، އަޅުގަނޑުމެންނަށް ޚިޔާލަށް ގެނުވުނު ކަމެއްވެސް ނޫން އެއީ ނަޝީދު އެމްޑީޕީއާ ވަކިވެވަޑައިގަންނަވާކަމަށް. 

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

އޭނާ ވިދާޅުވީ، ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުންނަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގައި މުހިންމު ހިއްސާއެއް އޮތް ބޭފުޅުންތަކެއް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން މިދިޔަ އަހަރު ގެއްލުނީ ޕާޓީގެ އެތެރޭގައި ޖެހުނު މައްސަލަތައް ޒާތީ މައްސަލަތަކަކަށް ވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ހަމަ މަރުހަބާ ކިޔާނަން އެބޭފުޅުންނަށް އަޅުގަނޑުމެންނާ އެއްކޮށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި، ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާ މިނިވަން ރައްޔިތަކު އުޅޭތަނެއްގެ ގޮތުގައި ހިފެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި، އެއީ ވަރަށް ބޮޑަށް އެދޭކަމެއް،"

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

ކަންމިހެން ހުރިނަމަވެސް، ޑިމޮކްރެޓްސްގެ ލީޑާޝިޕާއެކު މަސައްކަތް ކުރުމުގެ މަޝްވަރާތައް ރަސްމީކޮށް އަދި ނުފަށާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ރައީސް ނަޝީދާވެސް ގުޅުއްވައިގެން ވެސް އެނޫން ގޮތްތުންވެސް ވާހަކަ ދެކެވޭ ކަމަށާ، އެމަނިކުފާނާ އެއްވެސް ރުޅިވެރިކަމެއް ނޯންނަ ކަމަށް ފައްޔާޒު ވިދާޅުވުއެވެ. އަދު، ނަޝީދަކީ އޭނާ އަބަދު ވެސް ވަރަށް އިހުތިރާމު ކުރާ، ގާތް ބޭފުޅެއް ކަމަށްވެސް ވިދާޅުވުއެވެ. 

"ދެ ފިކުރެއް ނޫން މީކީ ދެ ޕާޓީއެއްގައި ތިއްބަސް. ދެޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް، އަޅުގަނޑަށް ގަބޫލުކުރެވެނީ ކުރިއަށް އޮތް މުސްތަގުބަލުގައި، މިހާރު ދިމާވެފައި އޮތް ކަންކަމުގެ ރަހަ މަޑުވެގެންގޮސް ކެންޑެމުން ގޮސް އަޅުގަނޑުމެންނަށް އެކުގައި މަސައްކަތް ނުކުރެވޭނެތަނެއް އަޅުގަނޑަކަށް ނުފެނޭ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މުސްތަގުބަލުގައި ފެންނަނީ ދެޕާޓީ އެކުގައި މަސައްކަތް ކުރާތަން ކަމަށެވެ.

ކޮމެންޓް
ބަހޫބަލީ
އަސްލު ރާއްޖެ ހަލާކުކުރި މީހަކީ ނަޝީދު
16 Jul 2024
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.