އެމްއެމްއޭ ގެ ގަވަރުނަރު އަލީ ހާޝިމް-- ފޮޓޯ: ސަން
ހަބަރު
16 Jul 2024 | 16:24
މާދަމާގެ ކޮމިޓީއަށް ގަވަރުނަރު ހާޒިރު ނުވެއްޖެނަމަ, ޣައިރު ހާޒިރުގައި ގޮތެއް ނިންމަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުމްޖުމްހޫރިއްޔާ އަށް ލަފާ ދިނުމާއިގުޅޭ މައްސަލައަށް ޖަވާބުދާރީވާން މިއަދުވެސް ހާޒިރުވެވަޑައިގެންފައި ނުވާތީ، މާދަމާ ކޮމިޓީއަށް ހާޒިރު ނުވެއްޖެނަމަ ރިޕޯޓަށް ބަލައި، މައްސަލައާއި ގުޅޭ ގޮތުން ގޮތެއް ނިންމަން ކޮމިޓީން ފާސްކޮށްފިއެވެ.

މި މައްސަލައަށް ޖަވާބުދާރީވާން ކޮމިޓީގެ ދެ ބައްދަލުވުމަށް ވެސް ގަވަރުނަރު އާލާސްކަންފުޅާއި އުޅުއްވާތީ ހާޒިރުވެފައެއް ނުވެއެވެ.

އެކަމާއި ގުޅިގެން މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ބައްދަލުވުމަށް ވެސް ވަޑައިނުގެންނެވޭ ކަން އަލީ ހާޝިމް އަންގަވާފައިވާ ކަމަށެވެ. އަދި މާދަމާ އަކީ އެންމެ ފަހު ދުވަސްކަމަށް ބަލައި، މާދަމާ ހާޝިމް ކޮމިޓީއަށް ހާޒިރުވެވަޑައިނުގަންނަވައިފި ނަމަ ގަވަރުނަރު ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން އިތުބާރު ނެތް ކަމުގެ ވޯޓާ މެދު ގޮތެއް ނިންމާނެކަމަށް ގާސިމް ވިދާޅުވިއެވެ.

"މާދަމާ ވެސް އަނެއްކާ އެ މައްސަލަ މިޖަހަނީ. އެންމެ ފަހު ދުވަސް ކަމަށް މި ބަލަނީ. މާދަމާ ގަވަރުނަރު ވަޑައިގަތަސް ނުގަތަސް އެމަނިކުފާނު ފޮނުވާފައިވާ ސިޓީއަށް ބަލައި ގޮތެއް ނިންމުމަށް ކޮމިޓީން ވަނީ ނިންމާފައި,"

ގާސިމް ވިދާޅުވިއެވެ.

އެ ހުށަހެޅުމަށް ތާއީދުކޮށް، ކޮމެޓީން ވަނީ މާދަމާ 11 ޖަހާއިރު ކޮމެޓީއަށް ހާޒިރުވާން ގަވަރުނަރަށް އެންގުމަށް ނިންމާފައެވެ.

ގަވަރުނަރު ކަމުގެ މަގާމުން ހާޝިމް ވަކިކުރުމަށް ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ.

މިފަދައިން ނާޒިމް ހުށަހެޅުއްވީ، ގަވަރުނަރުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާ ޒިންމާތައް އޭގެ އެންމެ އެދެވޭ ގޮތުގައި އަދާކުރަމުންދާތަން ނުފެންނަ ކަމަށް ވިދާޅުވެއެވެ.

އޭގެ ތެރޭގައި، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރަށް ލަފާދިނުމާއި އަދި އެމްއެމްއޭއަށް ޤާނޫނުން މަތިކޮށްފައިވާ މަޤްސަދުތައް ހާސިލުކުރުމަށް ގަވަރުނަރު ޢަމަލީގޮތުން މަސައްކަތްނުކުރާކަމަށާއި، ގައުމުގެ މާލީ ހާލަތު ގޯސްވެ، އިޤްތިސާދީ ކާރިސާއަކުން ގައުމު ސަލާމަތްކުރަން ހާޝިމް މަސައްކަތް އެއްވެސް ވަރަކަށް މަސައްކަތްނުކުރާ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މިއާއިއެކު، ހާޝިމް ވަކި ކުރުމާއި ގުޅޭގޮތުން ކޮމިޓީއަށް ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ، ބެންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުންނަށް ލޯނު ދޫކުރާވަރު ނުސީދާކޮށް ހިފަހައްޓައި ބެންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ބާރު އަޅާތީ، އެކަމުގެ ސަބަބުން އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހެމުންދާކަމަށެވެ.

ރައީސް ޑރ.މުޢިއްޒުގެ ސަރުކާރު ވެރިކަމަށް ހަވާލުވިފަހުން 7 މަސް ވެފައިވާއިރު، މިހާތަނަށް ގަވަރުނަރުގެ ފަރާތުން ސަރުކާރާއި މަޖިލީހަށް އެއްވެސް ލަފައެއް ލިބިފައި ނުވާކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމަށް ހާޝިމް އައްޔަނުކުރެވުނީ 2019 ވަނަ އަހަރުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.