އިމްރާން ޚާން، ޕީޓީއައިގެ އެއްވުމެއްގެ ތެރެއިން-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
17 Jul 2024 | 13:07
ޕާކިސްތާނުގެ ސަރުކާރުން އިމްރާން ޚާންގެ ޕާޓީ އުވާލަން މަސައްކަތްކުރަނީ

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ގެ ސިޔާސީ ޕާޓީ  ތަހްރީކް-އެ-އިންސާފް (ޕީޓީއައި) އުވާލަން ނިންމާފައިވާކަމަށް ޕާކިސްތާނުގެ ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވަމުން އެގައުމުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު ވިދާޅުވީ، އެ ޕާޓީ އުވާލުމުގެ އިތުރުން، އިމްރާން ޚާންގެ މައްޗަށް ޣައްދާރުވިކަމުގެ ދައުވާކުރުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާކަމަށެވެ.

ޕީޓީއައި އުވާލަން ނިންމާފައިވަނީ ޕާކިސްތާނުގައި ބޭރުގެ މީހުންގެ އަތުން ފައިސާ ހޯދުމަކީ ޤާނޫނީގޮތުން މަނާކަމެއް ކަމަށްވާއިރު، އެޕާޓީއަށް ބޭރު ފަރާތްތަކުގެ ފަރާތުން ފައިސާ ލިބިފައިވާކަން "ސާބިތުވެފައިވާތީ" އާއި، ފާއިތުވި އަހަރު އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ކަމަށް އަތާއުﷲ ތަރާރު ވިދާޅުވިއެވެ.

މި ނިންމުން އެގައުމުގެ ސަރުކާރުން ކެބިނެޓަށް ހުށަހަޅާނެ ކަމަށާއި، މި މައްސަލައާއި މެދު ގޮތެއް ނިންމުމުގެ ބާރު ކެބިނެޓަށް ލިބިގެންވާ ކަމަށް ވެސް އަތާއުﷲ ތަރާރު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އިމްރާން ޚާންގެ ގާނޫނީ ވަކީލު ވިދާޅުވީ، ކޯޓުތަކަށް ބިރުދެއްކުމާއި ޕްރެޝަރުކުރުމުގެ ފުރުސަތު ނެތްކަން އެގައުމުގެ ސަރުކާރަށް ދޭހަވުމުން ގޮތްހުސްވެ، އަޅާ ފިޔަވަޅެއް ކަމަށެވެ.

މި ނިންމުމާއި ގުޅިގެން އެމެރިކާ އާއި އެނޫންވެސް ބައިނަލްއަގުވާމީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕާކިސްތާނުގެ ސަރުކާރުން މިފަދައިން އިއުލާނުކޮށްފައިމިވަނީ ޕީޓީއައި އަށް ޕާލިމެންޓުގައި 20 އަށްވުރެ ގިނަ އިތުރު ރިޒާވް ގޮނޑި ލިބެންޖެހޭ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ވޭތުވެދިޔަ ހަފްތާގައި ނިންމާފައިވަނިކޮށެވެ. ކޯޓުގެ މި ނިންމުމާއިއެކު، މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރާ މެންބަރުންގެ ޢަދަދު 100 އަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.