ރާއްޖޭގެ އިމާމުން ބްރުނާއީގައި--
ހަބަރު
17 Jul 2024 | 15:53
ބްރޫނާއީގައި ތަމްރީނުވުމަށް ރާއްޖޭގެ 20 އިމާމަކު ގޮސްފި

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިމާމުންނާއި ޚަތީބުންނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމް ގެ ދަށުން، ބްރޫނާއީގައި ތަމްރީނުވުމަށް ރާއްޖޭގެ 20 އިމާމަކު ގޮސްފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިމާމުން ތަމްރީނު ޕްރޮގްރާމެއްގައި ބުރޫނާއީއަށް ގޮސްފައިވާކަމަށާއި، އިމާމުންނަށް އިސްތިޤުބާލުކުރެއްވީ ބުރުނާއި އިސްލާމިކް ޔުނިވަރސިޓީގެ ރައީސް ޑރ ނޫރު އިރްފާން ކަމަށެވެ.

މީގެ އިތުރުންވެސް ވަޒީރު ޝަހީމް ވިދާޅުވީ، މިއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުންދާ 3 ވަނަ ފަހަރުކަމަށާއި، މިގޮތުން މިއަހަރު 60 އިމާމުން ރާއްޖެއިން ބޭރަށް އިތުރު ތަމްރީނަށް ފޮނުވާފައިވާ ކަމަށެވެ.

ރާއްޖޭގެ 20 އިމާމަކު އިތުރު ތަމްރީނު ހޯދުމަށް ބުރޫނާއިއަށް ފޮނުވުމަށް ހަމަޖެހިފައިވާކަން ވަޒީރު ހާމަކުރެއްވީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

މީގެ ކުރިން މި ޕްރޮގްރާމްގެ ދަށުން އިމާމުން މައްކާއަށްވެސް ފޮނުވާފައިވާއިރު، ވަޒީރު ޑރ. ޝަހީމް ވިދާޅުވިގޮތުގައި ޕްރޮގްރާމްގެ ދަށުން ބައިވެރިން ސައުދީގެ އިތުރުން މިޞްރު، މެލޭޝިޔާ، ބުރޫނާއި އަދި އިންޑޮނޭޝިޔާއަށްވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުތައް ކުރާނެއެވެ.

ހަމައެއާއިއެކު، މިފަދަ ތަމްރީނު ޕްރޮގްރާމެއް މިއަހަރުގެ ފެބްރުއަރީ މަހު ގއ. ގެމަނަފުށީގައި ވެސް ކުރިއަށްގެންދިޔައިރު،  އެ ޕްރޮގްރާމްގައި ދެކުނުގެ ރަށްރަށުން 77 އިމާމުން ބައިވެރިވެފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ މިސްކިތްތަކުގައި ތިބި އިމާމުންނަކީ އިލްމީގޮތުން ފުދުންތެރި، ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.