ޖޯ ބައިޑެން-- ފޮޓޯ: ޕީއެމް ނިއުސް
ދުނިޔެ
18 Jul 2024 | 13:17
ބައިޑެން ކޮވިޑަށް ފައްސިވެ، ކެމްޕެއިން އިވެންޓް ކެންސަލް ކޮށްލައިފި

އެމެރިކާގެ ރައީސް އަދި އެގައުމުގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ޖޯ ބައިޑަން ކޮވިޑް 19 އަށް ފައްސިވެ، އިންތިޚާބުގެ ނާޒުކު ދަނޑިވަޅެއްގައި ލެޓިނޯ ވޯޓަރުންގެ ތާއީދު ހޯދުމަށް ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު ކެމްޕޭން އިވެންޓެއް ކެންސަލް ކޮށްލަން ޖެހިއްޖެއެވެ.

ބައިޑެންގެ ޑޮކްޓަރު ބުނީ، އުމުރުން 81 އަހަރުގެ ބައިޑެންގެ ކިބައިން މި ބަލީގެ އަލާމާތްތައް މަޑުމަޑުން ފެންނަމުންދާ ކަމަށާއި، އޭނާއަށް އެންޓިވައިރަލް ބޭސް ޕެކްސްލޮވިޑްގެ ފުރަތަމަ ޑޯޒް ދެވިފައިވާކަމަށެވެ.

ބައިޑެންގެ ޑޮކްޓަރު މިފަދައިން ބުނެފައިވާއިރު، ޑެލަވެއަރ ހުންނަ ގެއަށް ދިޔުމަށްޓަކައި އެއަރ ފޯސް ވަން އަށް އަރަން ތައްޔާރުވަމުން ބައިޑެން ވަނީ އޭނާގެ ހާލު ރަނގަޅުކަމަށް ބުނެފައެވެ. މި ބައްޔަށް ފައްސި ވުމާއިއެކު، އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އިރުޝާދާ އެއްގޮތަށް ބައިޑެން ކަރަންޓީނު ވާނެއެވެ.

މީގެކުރިންވެސް ބައިޑަން ވަނީ ދެފަހަރު ކޮވިޑަށް ފައްސިވެފައެވެ. އަދި އޭނާ އަށް ވެކްސިންގެ އިތުރުން ބޫސްޓަރ ޑޯޒްވެސް ދެވިފައިވާކަމަށް ބައިޑެންގެ ޑޮކްޓަރު މައުލޫމާތުދެއެވެ.

ބައިޑެން އަށް ކޮވިޑް ޖެހިފައިވާކަން ހާމަކޮށްފައިވާއިރު، އޭނައާއިއެކު މި އިންތިހާބުގައި ވާދަކުރައްވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަޔަށް ބަޑި ޖަހައި އޭނާ މަރާލަން ވަނީ މަސައްކަތްކޮށްފައެވެ. ކެމްޕޭން ހަރަކާތެއްގެ ތެރެއިބް  އޭނާގެ ކަނާއަތު ކަންފަތަށް މީހަކު ބަޑި ޖަހައިފައިވާއިރު، ޓްރަމްޕް ކެމްޕޭން އޮފީހުން ބުނީ އޭނާގެ ހާލު ރަނގަޅުކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ވެރީން ސަރުކާރާ މަޝްވަރާކޮށްފި
އެ މަޝްވަރާތައް ބޭއްވީ މުޒާހަރާތަކަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނެވި އެކްޓިވިސްޓް ސޯނަމް ވާންގްޗުކް ހަޅުތާލު ހުއްޓައިލިތާ ގަޑިތަކެއް ފަހުގައެވެ. ނަމަވެސް ސީޖޭޕީން ބުނީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައި ވިޔަސް މުޅި ޤައުމުގައި ކުރަމުންދާ އިޙުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. ބައްދަލުވުމަށް ފަހު ސީޖޭޕީގެ ލީޑަރުން ބުނީ ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ޖަވާބު ދެއްވަން ވަގުތު ބޭނުންވާ ކަމަށް އެންގި ކަމަށެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.