މަރިޔަމް ލަހުފާ ޚަލީލް-- ފޮޓޯ: އިމިގްރޭޝަން
ހަބަރު
18 Jul 2024 | 17:04
ދައުލަތުގެ ރައްކާތެރިކަމުން ހަވާސާވެފައި ތިބި ފަރާތްތަކެއް "ހާލު ކިހިނެއް" ގެ ތެރެއިން ދެނެގަނެވިއްޖެ: ލަހުފާ

ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި ތިބި ފަރާތްތަކެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވިފައިވާކަމަށް އެ ވުޒާރާގެ ނައިބު ވަޒީރު މަރިޔަމް ލަހުފާ ޚަލީލް ވިދާޅުވެއްޖެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ލަހުފާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ހިމެނޭ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ. 

މިގޮތުން ލަހުފާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަކީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން ދައުލަތުގެ އެހީތެރިކަން އެންމެނަށް ފޯރުކޮށްދިނުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށާއި، މިހާރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ މަޢުލޫމާތު އެކި އިދާރާތަކުން އެކި މިންވަރަށް ރައްކާކުރަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިއީ ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ބަޔަކު ހަވާސާވެ، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްނުދެވި، އިހުމާލުވުމުގެ ފުރުޞަތު އޮތް ކަމަށް ލަހުފާ ވިދާޅުވިއެވެ.

ލަހުފާ ވަނީ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ވެސް އެފަދަ ބައެއް މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި، އަދި އެ ފަރާތްތައް އެންސްޕާގައި ރަޖިސްޓްރީކޮށް، ދައުލަތުގެ ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވިފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

އެ ވުޒާރާގެ މަސައްކަތްތައް މިހާރު ބައްޓަންކޮށްފައިވަނީ އާއިލީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެ މަސައްކަތް ހަރުދަނާ ކުރުމުގެ މައްޗަށް ކަމަށާއި، އޭގެ ތެރެއިން އެ ވުޒާރާއިން ކުރިއަށް ގެންދާ އިބަމަ އަދި ހާލު ކިހިނެއް ޕްރޮގްރާމަކީ ވެސް ޢާއިލާތަކާއެކު ގާތުން މަސައްކަތްކޮށް، ޢާއިލާތަކުގެ ހާލަތު ވަޒަންކޮށް، ރައްކާތެރިކަން ފޯރުކޮށްދިނުމާއެކު އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދުރާލާ މަސައްކަތް ކުރުމަށް އެކަށައަޅާ ކުރިއަށް ގެންދާ ޕްރޮގްރާމުތަކެއްކަމަށް ވެސް ލަހުފާ ވަނީ ވިދާޅުވެފައެވެ.

ލަހުފާ އިތުރަށް ވިދާޅުވީ، މިހާރު ވުޒާރާއިން ފަށާފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ގައުމީ ދަފްތަރު އެކުލަވާލެވިގެންދާ ހިނދު ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި އެއްވެސް ފަރުދަކު ނުހުންނާނެކަމަށާއި، އެމީހުންނަށް ދައުލަތުން އެކި މަރުހަލާތަކުގައި ފޯރުކޮށްދޭން ޖެހޭ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދެވޭކަން މޮނިޓާވެސް ކުރެވިގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.