އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ސައީދު-- ފޮޓޯ: މިނިސްޓްރީ އޮތް ހަޔަރ އެޑިއުކޭޝަން
ހަބަރު
18 Jul 2024 | 16:58
ހުއްދަ ނެތި އޮންލައިން ކޯސްތައް ހިންގާނަމަ ފިޔަވަޅު އަޅާނެ: އެމްކިޔުއޭ

ހުއްދަ ނެތި އޮންލައިން ކޯސްތައް ހިންގާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ބުނެފިއެވެ.

އީ-ލާރނިންގ ހުއްދަ ނުހޯދާ ޕްރޮގްރާމް ހިންގުމާ ގުޅޭގޮތުން އެ އިދާރާއިން ގެޒެޓުގައި ޝާއިއު ކުރި ބަޔާނެއްގައި ބުނީ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން އީ-ލާރނިންގ ހުއްދަ ނުހޯދާ ޕްރޮގްރާމްތައް އިސްތިހާރުކޮށް، ހިންގާ ކަމުގެ ޝަކުވާތަކެއް އެ އޮތޯރިޓީއަށް ލިބެމުން އަންނަ ކަމަށެވެ.

މިކަމާއި ގުޅިގެން އެމްކިއުއޭއިން ބުނީ، 28 އޭޕްރިލް 2022 ގައި އެ އޮތޯރިޓީން ނެރުނު ސަރކިއުލަރ އަކުން، ކޮވިޑް-19 ގެ ވަބާ ގެ ތެރޭގައި ދިވެހިރާއްޖޭގެ ހުރިހާ މަތީ ތަޢުލީމެދޭ މަރުކަޒުތަކަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ޕްރޮގްރާމްތައް ހިންގުމަށް ދެވުނު ހުއްދަ ބާޠިލްކޮށް ޢާއްމުކޮށް ޢިއުލާން ކުރެވިފައިވާ ކަމަށެވެ.

ހަމައެއާއިއެކު، 16 މޭ 2022 ގައި 'ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު' އަދި 24 އޮގަސްޓް 2022 ގައި 'ގައިޑްލައިންސް ފޯ އީ-ލާރނިންގ' ގެޒެޓްގައި ޝާއިއު ކުރެވުމާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން އެ ގަވާއިދާ އެއްގޮތަށް، ޕްރޮގްރާމްތައް ހުށަހަޅާ ހުއްދަ ހޯދުމަށް އެންގިފައިވާކަމަށާއި، މި ގަވާއިދުތަކާ އެއްގޮތަށް ގިނަ މަރުކަޒުތަކުން ޕްރޮގްރާމް ހުށަހަޅާ ހުއްދަ ހޯދައިގެން ކުރިއަށް ގެންދާކަން ފާހަގަކުރެވޭ ކަމަށް ވެސް އެމްކިއުއޭއިން ބުނެއެވެ.

ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ގައި ރަޖިސްޓަރީކޮށްފައިވާ ތަނެއްކަން ކަށަވަރު ކުރުމުގެ އިތުރުން، އެ މަރުކަޒަކުން ހިންގާ ޕްރޮގްރާމަކީ އެމްކިއުއޭ އިން ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަމާއި، އެ ޕްރޮގްރާމެއްގެ 'ޑެލިވަރީ މޮޑަލިޓީ' އެ އޮތޯރިޓީގެ ވެބްސައިޓްގެ ކޮލިފިކޭޝަންސް ރަޖިސްޓްރީއިން ކަށަވަރު ކުރުމަށްފަހުގައި ކިޔެވުން ކުރިއަށް ގެންދިޔުމަށް އެމްކިއުއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއިއެކު، އެކްރެޑިޓް ކޮށްފައިނުވާ ޕްރޮގްރާމަކުން ޙާސިލްކުރާ ސަނަދެއް  އޮތޯރިޓީން ޤަބޫލު ނުކުރާނެ ކަމާއި އެކަމުގެ ޒިންމާ ނުނަގާނެ ކަން ފާހަގަކުރަމުން އެމްކިއުއޭއިން ބުނީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޙިލާފަށް މަރުކަޒުތަކުން ޕްރޮގްރާމްތައް އިސްތިހާރުކޮށް، ހިންގާ ކަމަށް ވާނަމަ 'ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު' ގެ ދަށުން އެ މަރުކަޒަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.