ނަރުދަމާ ޕަމްޕް ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވަން ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފެށުން-- ފޮޓޯ: އެމްޑަބްލިއުއެސްސީ
ހަބަރު
18 Jul 2024 | 17:08
ނަރުދަމާ ޕަމްޕް ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވަން ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފަށައިފި

އެމްޑަބްލިއުއެސްސީގެ ނަރުދަމާ ޕަމްޕް ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވަން ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފަށައިފި އެވެ.

މިކަމާއި ގުޅޭގޮތުން އެމްޑަބްލިއުއެސްސީ އިން ބުނީ،  އެ ކުންފުނީގެ ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތައް ގާއިމުކުރެވިފައިވާ ސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން އާންމު ރައްޔިތުންނަށް އުނދަގޫވުން ނިމުމަކަށް ގެނައުމަށް އަމާޒުކޮށް އެ ސަރަހައްދުތަކުން ވަސްދުވުން ހުއްޓުވުމަށް ޒަމާނީ ވަސީލަތްތައް ގާއިމުކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

"މި ޒަމާނީ އައު ނިޒާމުގެ ބޭނުމަކީ، ޕަމްޕު ސްޓޭޝަންތައް ހުންނަ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން ތަހައްމަލު ކުރާ އުނދަގޫތަކަށް ދާއިމީ ޙައްލެއް ފޯރުކޮށްދިނުން."

މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ފުރަތަމަ އޮޑާ ކޮންޓްރޯލް ސިސްޓަމް ބަހައްޓާ ބޭނުންކުރަން ފަށާފައިވަނީ އައިޖީއެމްއެޗް ސަރަހައްދުގައި ހުންނަ 4 ނަމްބަރު ޕަމްޕް ސްޓޭޝަންގައެވެ.

ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންގެ ވެންޓިލޭޝަނަށް މި ގެނެވުނު ބަދަލުގެ ތެރެއިން ޕަމްޕް ސްޓޭޝަންތަކުގައި މިހާރު ހުންނަ ވަސްހޮޅި ނަގައި، ޒަމާނީ އާ ނިޒާމެއް ޕަމްޕު ސްޓޭޝަންތަކުގައި ބެހެއްޓުމަށް ނިންމާފައިވާއިރު، ވައިސާފުކުރާ މި ނިޒާމުގެ ސަބަބުން ޕަމްޕް ސްޓޭޝަނުން ޖައްވުގެ ތެރެއަށްދާ ވައިގައި ހުންނަ ނޭދެވޭ ވަހުގެ މިންވަރު 99 އިންސައްތައަށް ދަށް ކުރެވޭނެ ކަމަށް އެ ކުންފުނިން އަންދާޒާ ކުރެއެވެ.

އެއަށްފަހު މި ވަސީލަތްތައް މާލޭގެ ޕަމްޕު ސްޓޭޝަން 2 ގައިއާއި، މާލޭގައި ގާއިމްކޮށްފައިވާ 9 ޕަމްޕު ސްޓޭޝަންގައި މި ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް 1 އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ޖާގަލިބޭ ތަންތަނުގައި މި ވަސީލަތްތަކަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ސޯލާޕެނަލް ހަރުކުރުމަށް ވެސް އެމްޑަބްލިއުއެސްސީ އިން ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
ޓާޓާގެ ޑޭޓާ ލީކުން އައިފޯން 18 ޕްރޯގެ ސިއްރު ކޮމްޕޯނެންޓް ލިސްޓު ހާމަވެއްޖެ
ލީކުވި ފައިލްތަކުގެ ތެރޭގައި އެޕަލްގެ "ކޮންފިޑެންޝަލް" ވޯޓާމާކް ޖެހި ފައިލްތައް ހިމެނޭ ކަމަށާއި އައިފޯން 18 ޕްރޯ ޖީލާ ދިމާވާ އެޕަލްގެ އިންޓާނަލް ކޯޑް ނަންތައް ވެސް ހުރި ކަމަށް މި ކަމާ ބެހޭ މައުލޫމާތު އެނގޭ ފަރާތުން ބުނެފައިވެއެވެ. އައިފޯން 18 ޕްރޯ ފައިލްތަކުގެ ފޯލްޑަރުގައި 2026 ގެ ކުރީކޮޅުގެ ތާރީޚު ޖެހި ޓާޓާގެ ޕްލާންޓެއްގައި ޑްރޮޕް ޓެސްޓް ހަދަމުންދާ އައިފޯންތަކުގެ ފޮޓޯ ވެސް ހިމެނެއެވެ. އެ ފޮޓޯތަކުން ފެންނަނީ ތިން ފަހަތު ކެމެރާ ސެޓަޕެއް ހިމެނޭ އެޕަލް ލޯގޯ ޖެހި އާދައިގެ ސްލެބް ބައްޓަމެއްގެ ގްރޭ ކުލައިގެ ހެންޑްސެޓެއް ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.
30 Jun 2026
ވަޓްސްއެޕްގައި ޔޫޒާނޭމް ފީޗާ ތަޢާރަފު ކުރަނީ
ވަޓްސްއެޕުން ފޯނު ނަންބަރު ހިއްސާ ނުކޮށް ޔޫޒާނޭމް މެދުވެރިކޮށް ޗެޓް ކުރެވޭ ފީޗާއެއް ތަޢާރަފު ކުރަމުން އަންނައިރު، މި ފީޗާ މަދު މަސްތަކެއްގެ ތެރޭގައި ތިން ބިލިއަން ޔޫޒަރުންނަށް ލިބޭނެއެވެ.
30 Jun 2026
ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށް ޕަރަގުއޭ އަނެއްބުރަށް
މިއީ ވޯރލްޑް ކަޕްގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޕެނަލްޓީ ޖަހައިގެން ޖަރުމަން ބަލި ފުރަތަމަ ފަހަރެވެ
30 Jun 2026
ފަހަތުން އަރައި ޖަޕާނު ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
މެޗުން ބްރެޒިލް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި މާޓިނެލީއެވެ. މި މުބާރާތުގައި ދެން ބްރެޒިލް ނިކުންނާނީ، އައިވަރީ ކޯސްޓާއި ނޯވޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ
29 Jun 2026
ދެ އަހަރާ ބައިގެ ތެރޭގައި ކަސްޓަމުން ވަނީ 324 ކިލޯގެ ޑްރަގް އަތުލައިގެންފައި
އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަދަދު ކުރީ ދައުރުގެ ދެ އަހަރާއި ބަޔަށް ވުރެ 31 އިންސައްތަ އިތުރެވެ.
29 Jun 2026
ކަޓަރަކުން މީހެއްގެ ކުޑަވައި އިނގިލި ބުރިކޮށްލި މައްސަލަ: ތިން މީހަކު ދިގު މުއްދަތަށް ޖަލަށް
މި މީހުންގެ ތެރެއިން ސާއިފް ވަހީދު 15 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި ނައުޝާދު އާއި އަލީ ސާމީ 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
29 Jun 2026
ޖަނަވަރީގެ ކުރީން މުޅި ރާއްޖޭގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން ނިންމައިފި
ސަރުކާރުން ޢާންމުންނަށް ދެއްވާ ޚިދުމަތްތައް ހަރުދަނާކުރައްވައި، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަޤުޞަދުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމަވައިފަ އެވެ.
29 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްބޭނި ލަންކާގެ މަސްބޯޓް ދައުލަތަށް ނަގައި ބޮޑު ޖޫރިމަނާއެއް
މި ހުކުމްގައި ވަނީ ލަންކާގެ އެ މަސްބޯޓު ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައިވާތީވެ، ބޯޓުގެ ވެރިފަރާތް އޭޖޭވީޑީ ސިލްވާ 600،000 ރުފިޔާއިން ޖޫރިމަނާކޮށް މިއަދުގެ ދޭއް ޖެހުމުގެ ކުރިން މަސްވެރިކަމާ ބެހޭ ވުޒާރާއަށް އެ ފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ