ލެނީ ޔޯރޯ
ކުޅިވަރު
19 Jul 2024 | 04:32
ރެއާލް މެޑްރިޑުން ހޯދަން މަސައްކަތްކުރި ޔޯރޯ ޔުނައިޓެޑަށް ސޮއިކޮށްފި

ޔޫރަޕްގެ ޗެންޕިއަން ރެއާލް މެޑްރިޑުން ހޯދަން މަސައްކަތްކުރި ފްރާންސްގެ ޒުވާން ފޯވާޑް ލެނީ ޔޯރޯ އިގިރޭސި ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ފުރާންސް ލީގުގެ ލިލްއަށް ކުޅެމުން އަންނަ އުމުރުން 18 އަހަރުގެ ޑިފެންޑަރު މެންޗެސްޓާ ޔުނައިޓެޑާއި ގުޅިފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މިއެއްބަސްވުން 2029 އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، މިއެއްބަސްވުމުގައި ވާގޮތުން އިތުރު އެއް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

އުމުރުން 16 އަހަރުން ފެށިގެން ލިލްއަށް ކުޅެމުން އަންނަ ޔޯރޯ ވަނީ، 2022 ވަނަ އަހަރުން ފެށިގެން މިދިޔަ ސީޒަނުގެ ނިޔަލަށް އެޓީމަށް 42 މެޗު ކުޅެ ދެލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިދިޔަ ސީޒަނުގައި ލިލް އިން ލީގުގެ ހަތަރުވަނަ ހޯދުމުގައި ޔޯރޯ މުހިންމު ދައުރެއް އަދާކޮށްފައިވާއިރު، ލީގުގައި އެޓީމުން ކުޅުނު 34 މެޗުގެ ތެރެއިން 32 މެޗުގައި އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނި އޭނާ ވަނީ ކުޅެފައެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ޔުނައިޓެޑުން ވަނީ ނެދަލެންޑްސްގެ ފޯވާޑު ޖޯޝުއާ ޒިރްކްޒީގެ ސޮއި ހޯދާފައެވެ. އުމުރުން 23 އަހަރުގެ ޖޯޝުއާ އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.

މީގެ އިތުރުން އެވަޓަންއަށް ކުޅެމުން އަންނަ ޖެރާޑް ބްރެންތްވައިޓް ހޯދުމަށް ދެ ފަހަރެއްގެ މަތިން މެންޗެސްޓާ ޔުނައިޓެޑުން ހުށައެޅި ނަމަވެސް އެވަޓަން އިން މި ދެ ފަހަރުވެސް އެ ހުށައެޅުން ބަލައިގަނެފައެއް ނުވެއެވެ. މީގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކް އަށް ކުޅެމުން އަންނަ މެތިއަސް ޑިލައިޓް ހޯދުމަށް ވެސް މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ ބަޔާން މިއުނިކްއާ އެކު މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.