މިނިވަންމުވައްސަސާ ތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
19 Jul 2024 | 12:27
ކުރިއަށް އޮތްތަނުގައި، އިންތިޚާބު ތަކުގައި ބޮޑަށް ބޭނުންކުރާނީ އީ-ފާސް: ފުއާދު

އިންތިޚާބު ތަކުގައި މިހާރުވެސް އީ-ފާސް ނުވަތަ އީ-އައިޑީ ކާޑު ބޭނުންކުރަމުންދާ ކަމަށާ، ކުރިއަށް އޮތް ތަނުގައިވެސް ބޮޑަށް ބޭނުން ކުރާނީ އީފާސް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ވަނީ އިންތިޚާބު ތަކުގައި އަތުގައި އޮންނަ އައިޑީ ކާޑުގެ ބަދަލުގައި، އީފާސް މެދުވެރިކޮށް ވޯޓުލާ މީހުންނަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެމްދިޔުމާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން، އީސީގެ ރައީސް ފުއާދު ވިދާޅުވީ، ރީ ރެޖިސްޓްރޭޝަންގެ މަސައްކަތުގައި މިހާރުވެސް އީފާސް ބޭނުންކުރަމުންދާ ކަމަށެވެ. 

އީފާސް މިހާރުވެސް އަޅުގަނޑުމެން ބޭނުން ކުރަމުން މިދަނީ ރީ ރެޖިސްޓްރޭޝަންގެ ކަންކަމުގައި. ޚާއްސަކޮށް ރާްއްޖެއިން ބޭރުގައި ތިބި މީހުން ރީ ރެޖިސްޓަރ ކުރުމަށްޓަކައި. އެހެންވީމާ އީފާސް އަކީ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ބޮޑަށް ބޭނުންކުރާނެ އެއްޗެއް. އެއީ އިތުބާރު ހުރި ރެޖިސްޓަރޭޝަން ސިސްޓަމަކަށް ވާތީވެ.  

ފުއާދު ތައުފީގު

އީފާހަކީ 2012 އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ، ސަރުކާރާއި ދައުލަތުގެ އޮންލައިން 61 ޕޯޓަލެއް މެދުވެރިކޮށް ފޯރުކޮށްދޭ 460ށްވުރެ ގިނަ ޚިދުމަތް ލިބިގަތުމަށް، 137،000ށްވުރެ ގިނަ މީހުން ބޭނުންކުރަމުންދާ، ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ. 2022ގައި 5.1 މިލިއަން ފަހަރު އެކިއެކި ޚިދުމަތްތައް ހޯދުމަށް މި ނިޒާމް ވަނީ ބޭނުންކޮށްފައެވެ. 

އެއީ ސަރުކާރާއި ދައުލަތުގެ ބައެއް މުއައްސަސާތަކުން އޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ހިދުމަތް ހޯދާފަރާތް ޑިޖިޓަލްކޮށް ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ
09 Aug 2026
އެފްޑީސީގެ އަމާން ޓަވަރުތައް ކައިރިން 670 ޓަނުގެ ކުނި ނަގައިފި
ކުނިތައް ނެގުމުގެ މަސައްކަތް އަދި ނުނިމޭކަން ފާހަގަކުރައްވަމުން މަލްޝާ ވިދާޅުވީ މިއަދުވެސް ކުނިތައް ނެގުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށެވެ
09 Aug 2026
އެމެރިކާގެ ކުރީގެ ރައީސް ބައިޑެން ކެންސަރު ބަލީގެ ތަހައްމަލުކުރަން އުނދަގޫ ވޭނެއްގައި
ހަންޓާ ބައިޑެން ބުނީ "ކެންސަރު ވަނީ ފެތުރި ކަށިތަކުގެ ތެރެއަށާއި އެއަށް ވުރެ ދުރަށް ފެތުރިފައި ކަމަށެވެ.
09 Aug 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރިމެޗް އެއްވަރު
މި ސީޒަނުގައި އެސްޓަން ވިލާ ދޫކޮށް ޔުނައިޓެޑާ ގުޅުނު ޔޫރީ ޓީލެމަންސް، އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އުންމީދީ ކުޅުމެއް ދެއްކިއިރު، ޔުނައިޓެޑްގެ މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ އަނިޔާވެފައެވެ
09 Aug 2026
ހޮރްމުޒް ކަނޑުއޮޅި މައްސަލާގައި އިރާން އާއި އެމެރިކާ އަނެއްކާ މަޝްވަރާތައް ފަށަނީ
ނަމަވެސް މިކަމުގައި ކުރިއަށް ދެވެން އަންނަނީ ނުވަތަ އީރާނުން އެއްބަސްވުމަކަށް ދީލާލާނީ އެޤައުމުން އެދޭ ލުއިތަކެއް އެމެރިކާއިން ދިނުމުންކަމަށް އީރާނުގެ އޮފިޝަލުން ބުނެފައިވާކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ