ޚުތުބާ އަޑު އަހަނީ: ފޮޓޯ/ މިނިސްޓްރީ
ދީން
19 Jul 2024 | 12:59
ކުރާ ޢަމަލުތަކުގައި ޝިރުކު ހިމެނިއްޖެ ނަމަ، ހުރިހާ ޢަމަލުތަކެއް ބާޠިލުވެ، ގެއްލެނިވެގެން ހިނގައިދާނެ: ޚުތުބާ

ކުރާ ޢަމަލުތަކުގައި ޝިރުކު ހިމެނިއްޖެ ނަމަ، ހުރިހާ ޢަމަލުތަކެއް ބާޠިލުވެ، ގެއްލެނިވެގެން ހިނގައިދާނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

ތައުޙީދު މައުޟޫއަށް މިއަދު އިއްވުނު ޚުތުބާގައި ތައުޙީދުގެ މުހިންމުކަމާއި، ޝިރުކުގެ ނުރައްކާތެރިކަމާ ބެހޭގޮތުން މުހިންމު ނުކުތާތަކެއް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، ޚުތުބާގައި ބަޔާންކުރެވުނު ގޮތުގައި އިސްލާމްދީނުގެ އަސާސަކީ ތައުޙީދެވެ. އަދި މިއީ الله سُبْحَانَهُ وَتَعَالَى އެންމެ ފުރަތަމަ އެކަލާނގެ އަޅުތަކުންނަށް އީމާންވުމަށް އަމުރުކުރެއްވި ކަމެވެ.

ޚުތުބާގައި އިތުރަށް ބަޔާންކުރެވުނު ގޮތުގައި، ތައުޙީދަކީ الله سُبْحَانَهُ وَتَعَالَىގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ޝިރުކުގެ އެންމެހައި ޢަމަލަކުން ދުރުހެލިވެ ރައްކައުތެރިވުމެވެ. އަދި ތައުޙީދުގެ ތިން ބައިގައި ވެސް އެކަލާނގެ އެއްކައުވަންތަކޮށްގެން މެނުވީ މި މަތިވެރި ޢަޤީދާ ޙާޞިލެއް ނުކުރެވޭނެކަމަށް ބަޔާންކުރެވުނެވެ.

އަޅުތަކުންގެ މައްޗަށްވާ الله سُبْحَانَهُ وَتَعَالَى ގެ އެންމެ މަތިވެރި ޙައްޤަކީ އެކަލާނގެއަށް ޝަރީކު ނުކޮށް ހުރިހައި މާނައެއްގައި އެކަލާނގެ އެއްކައުވަންތަކުރުންކަމަށް ޚުތުބާގައި ފާހަގަކުރެވުނެވެ. މީގެ އިތުރުން، ތައުޙީދުގެ ފުރަތަމަ ބައި ކަމުގައިވާ ރުބޫބިއްޔަތުގައި އެކަލާނގެ އެއްކައުވަންތަ ކުރުމުގެ މާނަ ވެސް ތަފްސީލުކޮށް ބަޔާންކުރެވުނެވެ.

ރުބޫބިއްޔަތަކީ، الله سُبْحَانَهُ وَتَعَالَى އަށް ޚާއްޞަވެގެންވާ ކަންކަމުގައި އެކަލާނގެއަށް ޝަރީކުކުރުމުން ދުރުހެލިވުމެވެ. ޚަލްޤުކުރެއްވުމާއި، ދިރުއްވުމާއި، މަރުގެންނެވުމާއި، ރިޒުޤުދެއްވުމާއި، ކައުނުގައިވާ ކަންކަން ތަދުބީރުކުރައްވައި ހިންގެވުމާއި މި އެންމެހައި ކަންކަން މިލްކުވެވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަމާއި، މިކަންކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވާކަމަށް ޝައްކެއްނެތި ޤަބޫލުކުރުމެވެ. 

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، ތައުޙީދުގެ ދެވަނަ ބައި، ތައުޙީދުލްއުލޫހިއްޔާއަކީ އަޅުކަމުގެ ގޮތުން ކުރެވޭ ހުރިހައި ކަމެއް اللهއަށް ޚާލިޞްކުރުމާއެކު އަޅުކަމުގެ އެއްވެސް ކަމެއްގައި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ބައިވެރިކުރުމަކާނުލައި އަޅުކަންކުރުން ކަމަށެވެ.

ނަމާދުކުރުމާއި، ރޯދަހިފުމާއި، ދުޢާކުރުމާއި، ނަދުރުބުނުމާއި، ޤުރުބާންކުރުމާއި، ބިރުވެތިވުމާއި، ކަންކަމުގައި ވާތްގަށް އެދި ދެންނެވުމާއި، އަޅުކަމުގެ ގޮތުން ކުރާ މި ފަދަ ހުރިހައި ޢަމަލެއް ހަމައެކަނި އެކަލާނގެއަށް ޚާލިޞްކުރުމެވެ. الله سُبْحَانَهُ وَتَعَالَى ފޮނުއްވި އެންމެހައި ނަބީ ބޭކަލުންނާއި ރަސޫލުބޭކަލުން، އެބޭކަލުންގެ ޤައުމުގެ މީސްތަކުންނަށް އެންމެ ބޮޑަށް ގޮވައިލައްވާން ޖެހިވަޑައިގަތީ ތައުޙީދުގެ މި ބަޔަށެވެ.

ޚުތުބާ

ތައުޙީދުގެ ތިންވަނަ ބައި، ތައުޙީދުލްއަސްމާއި ވައްޞިފާތި އަކީ މާތް اللهގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކުރުން ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އެއީ އެންމެ ފުރިހަމަވެގެންވާ، މަތިވެރި ނަންފުޅުތަކާއި ސިފަފުޅުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަން ޤަބޫލުކުރުން ކަމަށް ބުނެފައިވެއެވެ.

ތައުޙީދުގެ މި ބަޔަށް އީމާންވުމުގައި ވަރަށް މުހިންމު ދެ އަސާސެއް ހިމެނެއެވެ. ފުރަތަމަ އަސާސަކީ الله سُبْحَانَهُ وَتَعَالَى އެކަލާނގެ ޛާތުފުޅަށް ނިސްބަތްކުރައްވައިފައިވާ ސިފަފުޅުތަކާއި، އަދި ނަބިއްޔާ zގެ ޙަދީޘް ބަސްފުޅުތަކުގައި އައިސްފައިވާ އެކަލާނގެ ސިފަފުޅުތަކަށް އީމާންވުމެވެ. އެ ނަންފުޅުތަކާއި ސިފަފުޅުތައް ސާބިތުކުރާންވާނީ އެކަލާނގެ މަތިވެރިވަންތަކަމާއި ފުރިހަމަވަންތަކަމާ ލާއިޤުވެގެންވާ ގޮތުގެ މަތީންނެވެ. ދެވަނަ އަސާސަކީ އެންމެހައި މަޚުލޫޤުންގެ އުނިސިފަތަކާއި އެއް ވައްތަރުވުމުން އެކަލާނގެ ހުސްދުރުވެވޮޑިގެންވާކަން ޤަބޫލުކުރުމެވެ.

ޚުތުބާގައި އިތުރަށް ބުނީ، އަޅާ، ތައުޙީދުގެ މި ތިން ބައިގައި ވަރުގަދަޔަށް ހިފަހައްޓައިގެން މެނުވީ، އެންމެ ފުރިހަމަ ގޮތުގައި الله އެއްކައުވަންތަކުރާ މީހަކަށް ނުވާނެ ކަމަށާ، މައްކާގެ މުޝްރިކުން ވެސް މައްކާގެ މުޝްރިކުން ވެސް ﷲ سُبْحَانَهُ وَتَعَالَى ވޮޑިގެންވާކަމަށް އީމާންވިއެވެ. سُبْحَانَهُ وَتَعَالَى ވޮޑިގެންވާކަމަށް އީމާންވި ކަމަށެވެ. 

މާތް اللهވަޙީކުރައްވައިފައިބަސްފުޅެއްގެ މާނައީ: "ހަމަކަށަވަރުން، އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު ސުވާލުކުރައްވައިފި ނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللهއެވެ." ނަމަވެސް ހަމައެކަނި الله ވޮޑިގެންވާކަން ޤަބޫލުކުރުމަކުން އެބައިމީހުންނަކަށް މަންފާއެއް ނުކުރިއެވެ. އެހެނީ އެއުރެން އަޅުކަން ކުރުމުގައި الله سُبْحَانَهُ وَتَعَالَى އެއްކައުވަންތައެއް ނުކުރެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އަދި އެއުރެންކުރެ ގިނަ މީހުން، ޝަރީކުކުރާ ބަޔަކު ކަމުގައިވާ ޙާލުގައި މެނުވީ، اللهއަށް އީމާނެއް ނުވެތެވެ." ޚުތުބާގައި ބުނެފައި ވެއެވެ. 

މިއާއެކު ޚުތުބާގައި ބުނީ، އިސްލާމްދީން އެ އަސާސެއްގެ މައްޗަށް ބިނާވެފައިވާ އަސާސަކީ ތައުޙީދު ކަމަށެވެ. ކީރިތި ރަސޫލާ ޞޢވ މައްކާގައި ހޭދަކުރެއްވި ތޭރަ އަހަރުގެ ދިގު މުއްދަތުގައި ދަޢުވަތުގެ، އެންމެ މުހިންމު ބަޔަކީ، އެބައިމީހުންގެ މެދުގައި ފެތުރިފައިވާ اللهގެ އެއްކައުވަންތަކަމާ ޚިލާފު، ޝިރުކުގެ ޢަމަލުތަކުން އެއްކިބާވާން ގޮވައިލެއްވުން ކަމަށެވެ. އަދި ތައުޙީދުގެ މަތިވެރި އަސާސުގައި ހިފަހައްޓައިފި ނަމަ، އަހުރެމެންނަކީ ކާމިޔާބުވެފައިވާ ބަޔަކަށްވާނެ ކަމަށްވެސް ބުންޏެވެ. 

“މިއާ ޚިލާފަށް ބާޠިލު ޢަޤީދާތަކަށް ތަބާވެ، الله سُبْحَانَهُوَتَعَالَىގެ މަގަށް ފުރަގަސްދީ، ކުރާ ޢަމަލުތަކުގައި ޝިރުކު ހިމެނިއްޖެ ނަމަ، ހުރިހާ ޢަމަލުތަކެއް ބާޠިލުވެ، ގެއްލެނިވެގެން ހިނގައިދާނެއެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ކަލޭގެފާނާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަޙީކުރައްވައިފައި ވެއެވެ. ކަލޭގެފާނު ޝަރީކު ކުރައްވައިފި ނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލު ވެއްޖައީސްކަން ކަށަވަރެވެ. އޭރުން ކަލޭގެފާނުވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. އަދި ކިއެއްތަ! ހަމައެކަނި اللهއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ޝުކުރުކުރާ މީހުންގެ ތެރެއިން ވެވަޑައިގަންނަވާށެވެ!"ޚުތުބާގައި ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ