އައިޔޫއެމްގެ ދަރިވަރުން މެލޭޝިޔާއަށް ފުރުން: ފޮޓޯ/ އައިޔޫއެމް
ހަބަރު
19 Jul 2024 | 15:21
ޢިލްމީ ތަޖުރިބާ ހޯދުމުގެ ދަތުރަކަށް އައިޔޫއެމްގެ ދަރިވަރުން މެލޭޝިޔާގެ ތިން ޔުނިވާސިޓީއަކަށް

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ދަރިވަރުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މެލޭޝިޔާގެ ތިން ޔުނިވާސިޓީއަކަށް ދިޔުމަށް ރޭ މެލޭޝިޔާއަށް ހިނގައްޖެއެވެ.

މި ދަތުރުގައި ބައިވެރިވަނީ އައިޔޫއެމްގެ ސްޓޫޑެންޓް ޔޫނިއަންގެ ދަރިވަރުންނާއި އެކި ކެމްޕަސްތަކުގެ ރެޕްރެޒެންޓޭޓިވުން ހިމެނޭހެން 10 ދަރިވަރުންނެވެ. 

އައިޔޫއެމްގެ ސްޓޫޑެންޓް ޔޫނިއަންގެ ފަރާތުން “ވޮއިސް” އަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ދަތުރުގެ މަޤްޞަދަކީ މެލޭޝިޔާގެ ޔުނިވަރސިޓީތަކުގެ ސްޓޫޑެންޓް ޔޫނިއަންތަކާ ބައްދަލުކޮށް، ތަޖުރިބާ ހޯދުމާއި އައިޔޫއެމްގެ ދަރިވަރުންގެ ތަޖުރިބާ ހިއްސާކުރުމެވެ.

އަދި މެލޭޝިޔާގެ ޔުނިވަރސިޓީތަކުގެ ސްޓޫޑެންޓް ޔޫނިއަންތަކާ ގުޅުން ބަދަހިކުރުމާއި، އެ ޔޫނިއަންތަކުން ހިންގާ ހަރަކާތްތަކާއި އެބޭފުޅުން ކަންކުރާ ގޮތުގެ މަޢުލޫމާތު ހޯދުމުގެ އިތުރުން މެލޭޝިޔާގެ ޔުނިވަރސިޓީތަކުގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ހޯދުމަކީވެސް މި ދަތުރުގެ މަޤްޞަދެއް ކަމަށް ބުނެފައިވެއެވެ.

އައިޔޫއެމްގެ ދަރިވަރުންނަށް މެލޭޝިޔާއިން މަރުހަބާ ކިޔުން: ފޮޓޯ/ އައިޔޫއެމް

6 ދުވަހުގެ މި ދަތުރުގައި މެލޭޝިޔާގެ 3 ޔުނިވަރސިޓީއަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އައިޔޫއެމް ސްޓޫޑެންޓް ޔޫނިއަނުން ބުނެއެވެ.

އެއީ؛

1) ޔުނިވަރސިޓީ ކެބަންސާން މެލޭޝިޔާ،

2) އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ 

3) ޔުނިވަރސިޓީ އޮފް ސައިންސް އިސްލާމް މެލޭޝިޔާ

އައިޔޫއެމްއަކީ އެ ޔުނިވާސިޓީގެ ދަރިވަރުންނަށް މިފަދަ ފުރުޞަތުތައް އަބަދުވެސް ހޯދައިދޭ ޔުނިވާސިޓީއެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ދަރިވަރުންނާއި ބައިނަލްއަގުވާމީ އެކިއެކި ފަރާތްތަކާއި ގުޅުންތައް ގާއިމްކޮށްދީ، ބައިނަލްއަޤްވާމީ އެކި އެކަޑެމިކް އިވެންޓްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެ ޔުނިވާސިޓީން ހޯދައިދެމުންދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.