ރައީސް ޑރ.މުޙައްމަދު މުޢިއްޒު، "ނާރެސް" ޕޯޓަލް އިފްތިތާހްކޮށްދެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Jul 2024 | 11:14
ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެއްދޭ "ނާރެސް" ޕޯޓަލް އިފްތިތާހްކޮށްފި

ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެއްދޭ "ނާރެސް" ޕޯޓަލް އިފްތިތާހްކޮށްފިއެވެ.

މިކަމަށްޓަކައި ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިހާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ދާޚިލީ ވުޒާރާއިން ބުނިގޮތުގައި، މިޕޯޓަލްގެ ބޭނުމަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އާއި ކައުންސިލްތަކާ އެއް ވިއުގައަކުން ގުޅުވާލުމެވެ. މި ޕޯޓަލް މެދުވެރިކޮށް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑްގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީ ކާޑް ދޫކުރުން އަދި އެޕްލިކޭޝަންތައް ބަލައިގަތުމަށް ފުރުޞަތު ލިބިގެންދާނެކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ޕޯޓަލްއާއިއެކު، ކޮންމެ ކައުންސިލަކަށް 10 އިނގިލީގެ ނިޝާން އެއްފަހަރާ ނަގާ ފިންގާ ޕްރިންޓް ޑިވައިސްތަކެއްވެސް ހަވާލުކުރެވިގެންދާނެކަމަށާއި، އޭގެ ސަބަބުން ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ ކުރަނގި އޮޕަރޭޝަން ވެސް ރަށްރަށުގައި ހިންގުމަށް ފަސޭހަވެގެންދާނެ ކަން އެ ވުޒާރާއިން ފާހަގަކުރިއެވެ.

މި ޕޯޓަލް އިފްތިހާހް ކުރުމަށް ރޭގައި ބޭއްވި ރަސްމިއްޔާތުގައި ނާރެސް ޕޯޓަލްއަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ޕޯޓަލްއެއްކަން ފާހަގަކުރަމުން ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ މިހާރު 24 ގަޑިއިރަށްވުރެ ގިނަ އިރުވަންދެން ޕެންޑިންގައި އައޑީކާޑެއް ނޯންނާނެކަމަށެވެ.

"އަޅުގަނޑުމެން މި ދޭން ފަށާ ޚިދުމަތުގެ ޒަރިއްޔާއިން އައިޑީ ކާޑަށް އެޕްލައިކުރާ މީހަކަށް މި ޕޯޓަލް މެދުވެރިކޮށް އޭގެ ސްޓޭޓަސް ބަލާލެވޭނެ. މާލެ އިން ޕްރިންޓްކޮށް އެ ރަށަކާހިސާބަށް ދެވެންދެން އޭގެ ސްޓޭޓަސް ބަލާލެވޭނެ."

ވަޒީރު އިހުސާން ވިދާޅުވިއެވެ.

ފުރަތަމަ ފަހަރަށް އޮންލައިކޮށް އައިޑީ ކާޑު ހެދުމުގެ މަސައްކަތް ރާއްޖޭގައި ފަށާފައިވަނީ 2021 ވަނަ އަހަރުގައެވެ. އަދި މިދިޔަ އަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހު ކުރިން ބޭނުން ކުރަމުންއައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ސީދާ ކޮންމެ ރައްޔިތަކު އަމިއްލައަށް ކާޑަށް އެދި ހުށަހެޅޭނެގޮތް ހަމަޖައްސައި، ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ޤާއިމްކުރުމާއިއެކު، ކުރިން ކައުންސިލް އިދާރާތަކުން ރައްޔިތުންނަށް ދެމުންގެންދިޔަ ކާޑުގެ ޚިދުމަތް މެދުކެނޑިގެން ދިޔައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.