ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Jul 2024 | 11:34
3،000 މީހުންނަށްވުރެ ގިނަ ނޫން ރަށްރަށުގައި 3 ކައުންސިލަރުން ފުދޭނެ: ރައީސް ޑރ.މުޢިއްޒު

އާބާދީގައި 3،000 މީހުންނަށްވުރެ ގިނަ ނޫން ރަށްރަށުގައި ކައުންސިލަރުންގެ ގޮތުގައި 3 ބޭފުޅަކު އިންތިހާބު ކުރުމުން ފުދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ޑރ.މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނާރެސް" ޕޯޓަލް އިފްތިތާޙްކުރުމަށާއި، އޮޕަރޭޝަން "ކުރަނގި" ފޭސް 2 ފެށުމަށް ރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު މިހާރު ތަންފީޒްވެފައި އޮތީ ވަރަށް ބޮޑު އަދި ބުރަހެލިކޮށްކަމަށާއި ކައުންސިލްތަކުގެ ސައިޒު ބޮޑުވެ އެންމެ ރަނގަޅަށް އެ ނިޒާމު ނުހިނގާކަމަށެވެ. އަދި ކައުންސިލްގެ ގެ އަދަދު ކުޑަކުރިނަމަވެސް ރައްޔިތުންނަށް އެންމެ ދެމެހެއްޓެނިވި ގޮތުގައި ހިދުމަތް ދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރާއްޖޭގައި މި ނިޒާމް ތަންފީޒު ކުރުމުގައި ވަރަށް ބޮޑު ބުރަހެލި ގޮތަކަށް ރޭވިފައި ވަަނީ، ކައުންުސިލްތަކުގެ ސައިޒް އަދަދު، ކަނޑައެޅުމާއި މި ދެންނެވި ގޮތުން ސްޓްރީމް ލައިން ކުރެވުނީމަ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އެންމެ އެފެޓިވްކޮށް އެންމެ އެފިޝެންޓްކޮށް ހިދުމަތް ދިނުމުގައި ދެމެހެއްޓެނިވިކޮށް ކުރިއަށް ގެންދެވޭނެ،". 

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މުޅި ދައުލަތުގެ ކަންކަން ނިންމަން ގައުމުގެ އިސްވެރިޔާގެ ގޮތުގައި އެންމެ މީހަކު ހޮވާއިރު، 300 އިން 1000 އެއްހާ ދެމެދުގެ އާބާދީ އޮންނަ ރަށަކަށް ފަހެއް ނުވަތަ ހަތް މީހުން ހޮވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއްކަމަށެވެ.

އެގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިކަމާއި ގުޅޭ ފަންނީ ދިރާސާތައް ކުރެވެމުންދާ ކަމަށާއި، 3،000 މީހުންނަށްވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށްރާށުގައި 3 މީހަކު އިންތިހާބު ކުރުމުން ފުދޭނެކަމަށެވެ. އެއީ ކައުންސިލްގެ ރައީސަކާއި ޒުވާނުންގެ ތެރެއިން އިންތިހާބު ކުރެވޭ މެމްބަރެއްގެ އިތުރުން އަންހެން މެމްބަރަކު ކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އޭގެ ތެރެއިން ކައުންސިލްގެ ރައީސްގެ ގޮތުގައި ހޮވާ މީހާގެ އިތުރަށް ދެން ހޮވާ ދެ މީހުން ގެ ތެރެއިން ވޯޓަކުން ނައިބު ރައީސް އިހްތިޔާރު ކުރުމުން، ކައުންސިލްގެ ރައީސް އަކާއި ނައިބް ރައީސަކު ހުރެ އަދި އިތުރު މީހަކު އަންނާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލަށް ވެސް ހޮވަނީ 5،000 މީހުންގެ އާބާދީއެއް ތަމްސީލުކުރަން އެކަކު ކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، 3،000 މީހުންގެ ތެރެއިން ތިން މީހުންގެ ކައުންސިލެއް އޮވެގެން ރައްޔިތުންގެ ފަރާތުން ދުވަހުން ދުވަހުގެ މަސައްކަތް ކޮށް، ލިބޭ ބަޖެޓްގެ ބޮޑު ބައެއް ކައުންސިލްގައި މަސައްކަތް ކުރާ ސިވިލް ސާވެންޓުންނަށް ރަނގަޅު މުސާރައެއް ދެވޭ ގޮތަށް ބައްޓަން ކުރުމުން ރަނގަޅު ހިދުމަތެއް ދެވޭނެ ކަމަށެވެ.

މީގެ އިތުރުންވެސް، ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، 3،000 އިން 10،000 އާ ދޭތެރޭގެ އާބާދީ އެއް އޮންނަ ރަށްތަކަށް ޖުމްލަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ބައްޓަން ކުރުމަކީ ރަނގަޅުގޮތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ސިޓީތަކުގައި މިހާރު ތިބި ކައުންސިލް މެމްބަރުންގެ އަދަދަށް ވުރެ އިތުރުނުވާނެހެން މަދުކުރެވޭނަމަ އެފަދައިން އަމަލުކުރެވޭނެ ފޯމިއުލާއެއް ގެންގުޅެވިދާނެ ކަމަށް ވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

"މިސާލަކަށް 3،000 އިން 10،000 އާ ދޭތެރޭގައި ޖުމްލަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ބައްޓަން ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅު ގޮަތަކަށް ވާނެ، އަދި ސިޓީތަކުގައި އެ ނޫން ފޯމިއުލާއެއް ގެންގުޅެވިދާނެ، މިހާރަށް ވުރެ ގިނަ ނުވާނެ ގޮތަކަށް، ކުރެވެންޏާ މަދުކޮށްގެން."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ކައުންސިލްތަކުން ހިދުމަތް ދިނުމަށް އަދަދު އިތުރު ކުރަން ނުޖެހޭކަމަށާއި، އެކަމުގައި އިޚްލާސްތެރިވެ ތެދުވެރިވާން ޖެހޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.