ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Jul 2024 | 12:19
ޓޫރިޒަމް އާމްދަނީގެ އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރުން ލަސްތަކެއްނުވެ ފެށޭނެ: ރައީސް ޑރ.މުޢިއްޒު

ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީގެ އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރަން ނިންމެވި ނިންމެވުން ލަސްތަކެއް ނުވެ ތަންފީޒު ކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނާރެސް ޕޯޓަލް އާއި ކުރަނގި އެޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާޙުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ކައުންސިލްތަކުގައި އެދޭ ކަންކަން ކުރުމުގައި ކައުންސިލްތައް ބާރުވެރިކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތަކަށްވާއިރު، ރައްޔިތުން ހޮވާފަ ތިބޭ ބަޔަކު ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތްކުރުމުގެ ޒިންމާ އަދާކުރެވޭނީ ޚިދުމަތް ދިނުމަށް ބޭނުންވާ ބާރުވެރިކަން ސަރުކާރުން ދީގެންކަމަށެވެ.

މިހާރު އަމަލު ކުރަން ފަށާފައިވާ ގަވާއިދުގެ ތެރެއިން އެކިއެކި ފަޅު ރަށްތައް ހޯދައިގެން މެދު ރާސްތާގެ ޕްލޭނެއްގެ ތެރެއިން ކަނޑައެޅޭ މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދުުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އަދިވެސް ބައެއް ރަށްރަށުގެ ކައުންސިލްގެ އިހްތިޞާސް ތެރޭގައި ބައެއް ފަޅުތަކާއި ބައެއް ތަންތަން ހިމެނުމުގެ ފުރުސަތުވެސް ގާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ މިނެއްގައި ދެމުންދާ ކަމަށެވެ.

"އަޅުގަނޑު އިޢުލާންކޮށްފައިވާ ގޮތަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލާއި މިކަންކަން ކުރުމާއި އެކީގައި ރާއްޖެއަށް ޓޫރިޒަމްގެ ދާއިރާއިން މިލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާވާގޮތައް އެނިންމި ނިންމުންވެސް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އަޅުގަނޑުމެން ތަންފީޒުކުރަން ފަށާނަން"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިފަދައިން ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވާއިރު، މިދިޔަ މާޗު މަހު، ވ. ކެޔޮދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވަނީ ރަށްރަށުގައި ހިންގާ ގެސްޓްހައުސް ތަކާއި، އެނޫންވެސް އެކިއެކި ދާއިރާތަކުން، ދައުލަތަށް ނެގޭ ޓެކްސް ފައިސާގެ ވަކި އިންސައްތައެއް އެ ރަށެއްގެ ކައުންސިލަށް ދިނުމަށް ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.