މިފްކޯ އަކީ މިހާރު 100 ޕަސެންޓް ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއް--
ހަބަރު
20 Jul 2024 | 13:43
ޚަރަދުތައް ކުޑަކުރުމަށް މިފްކޯގެ ސިނީއަރ މެނޭޖްމަންޓުގެ މުސާރަ ކުޑަކުރަނީ

މިފްކޯގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ޚަރަދުތައް ކުޑަކުރުމަށްޓަކައިއެކުންފުނީގެ ސިނީއަރ މެނޭޖްމަންޓުގެ މުސާރަތައް ކުޑަކުރުމަށް ނިންމައިފިއެވެ.

މިފްކޯގެ ބޯޑުން މި ބަދަލުތައް ގެންނަން ނިންމާފައިވާކަން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މެމޯއަކުން އަންގައިފައިވާއިރު، މި މެމޯގައި ބުނެފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ އަދި މިފްކޯ ގުޅިގެން މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށް ގެންދާ "މިފްކޯ އެފިޝިއަންސީ އެކްސައިޒް"ގެ ދަށުން މުވައްޒަފުންނާގުޅޭ ކަންކަން ކުރުމަށް ޖުލައި 17 ވަނަ ދުވަހު ބޭއްވި މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.  

މި މެމޯގައިވާ ގޮތުން، ކުންފުނީގެ ސީނިއަރ އަދި މިޑްލް މެނޭޖްމަންޓުގެ ވެރިންގެ އަސާސީ މުސާރައިން 20 އިންސައްތަ ކުޑަކުރުން ހިމެނޭއިރު، މީގެތެރޭގައި ސީ.އީ.އޯ އިން ފެށިގެން ސީނިއަރ މެނޭޖަރ ރޭންކުގައި ތިބި ފަރާތްތައް ހިމެނެއެވެ. އަދި މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ފަރަގުތައް ކުޑަކުރުމުގެ ގޮތުން ހުރިހާ ޑިޕާޓްމަންޓްތަކެއްގެ މުސާރައިގެ އޮނިގަނޑު އެއް ހަމަކުރުމާއިއެކު މުވައްޒަފުންގެ ތެރެއިން މަސައްކަތުގެ ޕާފޯމަންސްއަށް ބަލާ ވަޒީފާއިން ވަކި ކުރަންޖެހޭ މުވައްޒަފުން އުސޫލުތަކާއި އެއްގޮތަށް ވަޒީފާއިން ވަކި ކުރުން ވެސް މި މެމޯގައި ހިމެނެއެވެ.

މީގެ އިތުރުންވެސް، ޕްރޮބޭޝަންގައި ތިބި މުވައްޒަފުންގެ ޕަރފޯމަންސަށް ބެލުމަށްފަހު ކޮންމެހެން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ފިޔަވާ އެހެން މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި،  މިހާރު ދެމުންދާ އެލަވަންސްތައް މުރާޖާކޮށް، ޑެޕިއުޓީ ހެޑް އެލަވަންސް އާއި، އިންޖީނިއަރިން އެލަވަންސާއި، ކޭން ޕްރޮޑަކްޝަން އެލަވަންސާއި، ރިސްކް އެލަވަންސާއި، ނޮން ޕްރެކްޓިސް އެލަވަންސް ދިނުން ހުއްޓާލައި، އިތުރު ގަޑީގައި މަސައްކަތްކުރަން ކޮންމެހެން ޖެހޭ ފަރާތްތައް ފިޔަވާ އިތުރުގަޑީގައި މަސައްކަތް ނުކުރުން ހިމެނެއެވެ.

މިކަމާއި ގުޅިގެން މިފްކޯއިން ބުނީ އެލަވަންސްތަކަކީ އޭގެ އެންމެ ޙައްޤުވެރި މުވައްޒަފުންނަށް ލިބެން ޖެހޭ އެއްޗެއްގެ ގޮތުގައި ދެކޭ ކަމަށާއި، މި ގެނެވޭ ބަދަލުތަކާއެކު އެކަން ހާސިލްކުރެވިގެންދާނެކަމަށެވެ.

ކޮމެންޓް
ޢަބުދުﷲމުގާބޭ
ކަޑަ އެޅިގެން ދޮގެއް ތަންފުކެއްބޮޑުވަރު ތިއައީ ދޮގުހަދަން.
20 Jul 2024
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.